Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކްރިކެޓް ކޯޗުގެ މައްސަލަ

ކުރީގެ ކްރިކެޓް ކޯޗަށް 53 އަހަރުގެ ޖަލު ޙުކުމެއް

ޖިންސީ ގޯނާކުރުމުގެ ކުށުގެ 3 ދައުވާއާއި، އިތުރު 4 ދައުވާ ސާބިތުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2023 | އާދީއްތަ 08:13
ކްރިކެޓް ކޯޗު

ކްރިކެޓް ކޯޗު

ކޯޗުކަން ކޮށްދިން ކުދިންތަކަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކޯޗު އާސިފް އަމީން ޚާން 53 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.  

ސައުތު އެފްރިކާގެ ރައްޔިތެއްކަމަށްވާ މުހައްމަދު އާސިފް އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި, ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާއަކާއި، ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާއަކާއި، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ 3 ދައުވާއަކާއި، ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން މާއްދީ ގޮތުން ހުތުރު ހާލަތެއް އުފެއްދުމުގެ ކުށުގެ 2 ދައުވާއެއް ހިމެނެއެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް 9 ދައުވާއެއް އުފުލާފައިވާއިރު، އޭގެ ތެރެއިން 7 ދައުވާއެއް ވަނީ ސާބިތުވެފައެވެ. ސާބިތުވެފައި ނުވަނީ ޖާއިޒު މަޤްސަދެއް ޙާސިލު ނުވާނެ އަމަލަކުން، މާއްދީގޮތުން ހުތުރު ޙާލަތެއް އުފެއްދުމުގެ ކުށުގެ އެއް ދައުވާއާއި، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގަައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ އެއް ދައުވާއެވެ. ބާކީ ހުރި ދައުވާތައް އޭނާގެ މައްޗަށް ވަނީ ސާބިތުވެފައެވެ.

ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އަދަބު ކަނޑައަޅާފައިވަނީ ހޮނިހިރު ދުވަހު މި މައްސަލައިގައި ސިއްރުކޮށްގެން ކުރިއަށް ދިޔަ އަޑުއެހުމުގައެވެ.

އޭނާގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުތަކަށް ބަލާއިރު، ޖިންސީ ގޯނާކުރުމުގެ ކުށުގެ 3 ދައުވާވެސް ސާބިތުވެ، އެއިން ކޮންމެ ދައުވާއަކާއި ގުޅިގެން އޭނާ 7 އަހަރަށް ޖަލަށް ލާން (ޖުމުލަ 21 އަހަރު) ވަނީ ޙުކުމްކޮށްފައެވެ.

އޭގެ އިތުރުން، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގަައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ އެއް ދައުވާއާ ގުޅިގެން 17 އަހަރުގެ ޖަލު ޙުކުމެއްވެސް އައިސްފައިވާއިރު، އޭގެ ދެވަނަ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ޖާއިޒު މަޤްސަދެއް ޙާސިލު ނުވާނެ އަމަލަކުން، މާއްދީގޮތުން ހުތުރު ޙާލަތެއް އުފެއްދުމުގެ ކުށުގެ ދައުވާއާ ގުޅިގެން އައިސްފައިވަނީ 22 ދުވަހުގެ ޖަލު ޙުކުމެކެވެ.

އަދި ހަޑިހުތުރު އެއްޗެއް ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އައިސްފައިވަނީ 1 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެކެވެ.

ޖުމުލަ 53 އަހަރުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އާސިފް އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ކުރީ ކޮޅުގައެވެ. އޭރު އޭނާ ހައްޔަރުކުރީ ފުރަން އެއަރޕޯޓުގައި ހުއްޓައެވެ.

އެހެންނަމަވެސް މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން 24 ގަޑިއިރު ފާއިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ. އޭގެ ފަހުން ހައިކޯޓުން އަމުރެއް ނެރެ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކޮށްފައެވެ. އަދި އޭގެ ތެރޭގައި އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ 18 އަހަރު ނުފުރޭ ކުޅުންތެރިންވެސް ހިމެނޭ ކަމަށްވެއެވެ.

މީގެއިތުރުން އާސިފްގެ މައްސަލަ ފެންމަތިވެފައި އޮއްވައި، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަސައްކަތް ކުރި ކަމުގެ އަޑުތައް ވެސް އޭރު ފެތުރިގެން ދިޔައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު