Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޮޑިޓް ރިޕޯޓް

އުކުޅަހު ކައުންސިލަށް ލިބެންޖެހޭ 2 މިލިއަން ރުފިޔާ ހޯދަން މަސައްކަތްކޮށްފައެއް ނެތް

2021 ވަނަ އަހަރުގެ ނިޔަލަށް 2،254،837 ރުފިޔާ އެކައުންސިލަށް ލިބެންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ޖޫން 2023 | ހުކުރު 07:45
އއ. އުކުޅަހު ކައުންސިލް އިދާރާ

އއ. އުކުޅަހު ކައުންސިލް އިދާރާ

އއ. އުކުޅަހު ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނޭއިރު އެ ފައިސާ ހޯދުމަށް ގަވާއިދާ އެއްގޮތަށް މަސައްކަތް ކޮށްފައިނުވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ވަނީ އުކުޅަހު ކައުންސިލް އިދާރާގެ 2021 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު ހާމަކޮށްފައެވެ. މި އޮޑިޓްގައި ބަލާފައިވާ ކަންކަމުގެ ތެރޭގައި އެކައުންސިލުން ޚަރަދުކޮށްފައިވަނީ 2021 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އެއްގޮތަށް ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް ބަޖެޓުގައި ޚަރަދުކުރުމަށް ކަނޑައެޅުނު ހުދޫދުގެ ތެރެއިންތޯ ބަލާފައިވެއެވެ. މިނޫންވެސް ފައިސާއާ ގުޅުންހުރި ކަންކަން ބަލާފައިވެއެވެ.

މި އޮޑިޓް ރިޕޯޓުގައިވާގޮތުން އެކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެދެވޭ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. 2021 ވަނަ އަހަރުގެ ނިޔަލަށް 2،254،837 (ދެ މިލިއަން ދެލައްކަ ފަންސާސް ހަތަރުހާސް އަށްދިހަ ތިރީސްހަތެއް) ރުފިޔާ އެކައުންސިލަށް ލިބެންޖެހެއެވެ.

އޮޑިޓް އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ހ) ގައި ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ދެއްކުމަށް ކަނޑައެޅިފައިވު މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކޮށް ފައިސާ ނުލިބިއްޖެނަމަ 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ހަނދާންކޮށްދީ، ފައިސާ ދައްކަންޖެހޭ ފަރާތަށް ލިޔުން ފޮނުވުމާއި، އަދި އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެނަމަ އިތުރު 7 ދުވަސް ދިނުމަށްފަހު އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމުން އެންގުމަށާއި، ފަހުން އިތުރުކުރެވޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދިޔުމަށާއި، އަދި ޝަރީއަތުން އެ ފައިސާ ދެއްކުމަށް އެންގުމުން ފައިސާ ނުދައްކާނަމަ، އެ މައްސަލަ މިނިސްޓަރ އޮފް ފިނޭންސަށް ހުށަހަޅައިގެން އެ ފައިސާއާމެދު ވަކިގޮތަކަށް ނިންމުމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އުކުޅަހު ކައުންސިލުން މި ގަވާއިދުގައިވާގޮތުގެ މަތިން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. އޮޑިޓް އޮފީހުން ވަނީ ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 5.21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްގެންދިއުމަށް ލަފާދީފައެވެ. އަދި ފައިސާ ހޯދުމަށްފަހު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު ހިސާބުތަކަށް ވައްދައި އެ ހިސާބުތައް ރިކޮންސައިލް ކުރުމަށްވެސް އަންގާފައިވެއެވެ.

މި މައްސަލައިގެ އިތުރުން އެކައުންޓުގެ ބާކީ ބަލަހައްޓާފައި ނުވުމާއި ބޭންކް ރިކޮންސިލިއޭޝަން ހަދާފައިނުވާކަން އޮޑިޓްގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން އެކައުންސިލުން ބޭނުންކުރަމުންދިޔަ 4 ބޭންކް އެކައުންޓުގެ ތެރެއިން އެއްވެސް އެކައުންޓެއްގެ ބާކީ އަދާހަމަކޮށް ބަލަހައްޓާފައިނުވާކަމަށާއި، އެކައުންޓްތަކުގެ ރިކޮންސިލިއޭޝަން ހަދާފައިނުވާކަމަށް އޮޑިޓްގައި ފާހަގަކޮށްފައިވެއެވެ. ކަން މިހެން އޮތްއިރު، 2021 ވަނަ އަހަރުގެ ނިޔަލަށް އެކައުންސިލްގެ އެކައުންޓުތަކުގައި ޖުމްލަ 499،663 ރުފިޔާ ހުރިކަމަށް ބޭންކް ސްޓޭޓްމެންޓުތަކުން ދައްކާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ހައްލުކުރުމަށް 3 ލަފައެއް އަރުވާފައެވެ.

މި މައްސަލައިގެ އިތުރުން ހަރުމުދަލާއި ގުޅޭ ކަންކަންވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ. މިކަމާއި ގުޅޭގޮތުންވެސް 3 ލަފައެއް އަރުވާފައިވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު