Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަދަނީ ޖަމިއްޔާތަކަށް ދޭ އެހީ

މަދަނީ ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ދޭ އެހީ 12 ފަރާތަކަށް ދީފި

9 ޖޫން 2023 | ހުކުރު 02:15

މި އަހަރު 18 އަތޮޅަކުން ޖަމިއްޔާތައް ކުރިމަތިލާފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ޖޫން 2023 | ހުކުރު 02:15
މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ހަވާލުކުރުން

މަދަނީ ޖަމިއްޔާތަކުގެ ގްރާންޓް ހަވާލުކުރުން

މަދަނީ ޖަމިއްޔާތަކަށް ޔޫތު މިނިސްޓްރީން ދޭ އެހީ 12 ފަރާތަކަށް ދީފިއެވެ.

މަދަނީ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށް މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމަށް އެދުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި އަހަރު 18 އަތޮޅަކުން 52 ޖަމިއްޔާ ވަނީ ކުރިމަތިލާފައެވެ. މިއީ މުޖުތަމައުގެ ބަދަހިކަން އިތުރުކުރުމަށް ޖަމިއްޔާތަކަށް މާލީގޮތުން އެހީދޭ ޚާއްސަ ގްރާންޓް ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވައުދުފުޅުގެ ދަށުން އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމެކެވެ.

އެގޮތުން މި އަަހަރު 12 ފަރާތަކަށް ވަނީ މި އެހީ ދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ

1- ހއ.އިހަވަންދޫ، ހއ ކްލަބް ޕޯލްސްޓަރަށް ދިން ކާފަ މާމަ މައިޒާން ޕާކު ޤާއިމްކުރުމަށް 241،875 (ދެ ލައްކަ ސާޅީސް އެއް ހާސް އަށް ސަތޭކަ ހަތްދިހަ ފަސް) ރުފިޔާ އެވެ.

2- ނ.މާޅެންދޫ، ސޮސައިޓީ ފޯރ ލީޑަރސް އިނިޝިއޭޓިވް ޑިވެލޮޕްމަންޓަށް ރަށުގެ އެކުވެރިކަން ދެމެހެއްޓުމަށް ރަށުގެ ނޭޗަރ ޕާރކް ސަރަހައްދުގައި ސޯލާ ގާޑިޔާ ތަރައްޤީކުރުމަށް، 299،985.20 (ދެ ލައްކަ ނުވަދިހަ ނުވަ ހާސް ނުވަ ސަތޭކަ އަށްޑިހަ ފަސް ރުފިޔާ ވިހި ލާރި) އެވެ.

3- ނ. ޅޮހި، އައިލެންޑް ކޮންޒަވޭޝަން ޕްރޮޖެކްޓަށް، ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށާއި ރަށްފުށުގެ ދިރިއުޅުން ކުރިއެރުވުމަށް 300،000 (ތިން ލައްކަ) ރުފިޔާ އެވެ.

4- ބ.ފުޅަދޫ، ފުޅަދޫ ޔޫތު ޑިވެލޮޕްމަންޓަށް ކުޅިވަރުގެ ރޫހު އާލާކޮށް ރަށުގެ ގުޅުން ރަނގަޅުކުރުމަށް އައުޓް ޑޯ ޖިމެއް ހެދުމަށް 293،292.02 (ދެ ލައްކަ ނުވަދިހަ ތިން ހާސް ދުއިސައްތަ ނުވަދިހަ ދެ ރުފިޔާ ދެ ލާރި) އެވެ.

5- ގދ.ތިނަދޫ، ހުވަދޫ ރެކްރިއޭޝަންސް އަށް ސަރފިން ޕޮއިންޓު ހަޓެއް ހެދުމާއި ޓްރެއިނިން ޕްރޮގްރާމް ހިންގުމަށް 245،000 (ދެ ލައްކަ ސާޅީސް ފަސް ހާސް) ރުފިޔާ އެވެ.

6- ގދ.ރަތަފަންދޫ، ރަތަފަންދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ އަށް ރަށަށް ޒިޔާރަތްކުރާ މީހުންނާއި ރަށުގެ މީހުނަށް ޚާއްސަކޮށް "ރަތަފަންނު" ހެދުމަށް، 196،375 (އެއްލައްކަ ނުވަދިހަ ހަ ހާސް ތިން ސަތޭކަ ހަތްދިހަ ފަސް) ރުފިޔާ އެވެ.

7- އައްޑޫ ސިޓީ މީދޫ، މީދޫ އެކުވެރިންގެ ޗޭނަށް ދެކުނުގެ އަންހެނުންނަށް އަމާޒުކޮށް ހިންގާ "ދެކުނު އަށި" ހޭލުންތެރިކުރުމުގެ ޕްރޮގްރާމަށް، 166،526 (އެއް ލައްކަ ފަސްދޮޅަސް ހަ ހާސް ފަސް ސަތޭކަ ސައްބީސް) ރުފިޔާ އެވެ.

8- ފުވައްމުލައް ސިޓީ، ސިޓީ މާލެގަމި ޔޫތު ފައުންޑޭޝަނަށް ވަޒީފާ ނެތް ޒުވާނުންނަށް ދިވެހި އުފެއްދުންތައް އުފައްދަން ދަސްކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓަށް، 298،000 (ދެ ލައްކަ ނުވަދިހަ އަށް ހާސް) ރުފިޔާ އެވެ.

9- ފުވައްމުލައް ސިޓީ، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަނަށް ފިނި މައިޒާނެއް ހެދުމަށް 300،000 (ތިން ލައްކަ) ރުފިޔާ އެވެ.

10- މާލެ ސިޓީ، ވިމެން އިން ޓެކް އަށް ފިއުޗަރ އޮފް މޯލްޑިވިއަން ވިމެން މަޝްރޫޢު ހިންގުމަށް، 294،000 (ދެ ލައްކަ ނުވަދިހަ ހަތަރު ހާސް) ރުފިޔާ އެވެ.

11- މާލެ ސިޓީ، ބެނެފިޓަށް، ދިރާސާ އަދި ޗައިލްޑް ކެއަރ ހަރަކާތް ހިންގުމަށް 300،000 (ތިން ލައްކަ) ރުފިޔާ އެވެ.

12- މާލެ ސިޓީ، އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސް، އަލްޒައިމާ އާއި ޑިމެޝިއާ އަށް ހޭލުންތެރިކުރުމަށް 169،33.19 (އެއް ލައްކަ ފަސްދޮޅަށް ނުވަ ހާސް ތިން ސަތޭކަ ތިރީސް ނުވަ ރުފިޔާ ނަވާރަ ލާރި) އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
29 ޖެނުއަރީ 2017

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް