Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް

"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް ބޭނުންތަ؟

މާސްކު ބޭނުން ކުރުން ހުއްޓާލި ކަމަށް ބުނެފައި ވަނީ އެންމެ 8 ޕަސެންޓް މީހުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 7 ޖޫން 2023 | ބުދަ 13:40
"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް ބޭނުންތަ؟

"ހޮލީވުޑް ފެންވަރުގެ" ހިނިތުންވުމެއް ބޭނުންތަ؟

މެންދުރު ފަހުގެ ވަޤުތެކެވެ. ޖަޕާނުގެ ވެރިކަން ކުރާ ޓޯކިޔޯގައި ފަންނުވެރިކަމަށް ޚާއްޞަކޮށްގެން ހިންގާ ކުލާހެއްގެ ތެރެއިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ކޮންމެ ދަރިވަރަކުވެސް ދިޔައީ އެ ދަރިވަރެއްގެ އަތުގައި އޮތް ކުޑަކުޑަ ލޯގަނޑަށް ބަލަން ތިބެ، އަނގައިގެ ދެމިޔަކަން، މައްޗަށް ވާ ގޮތަށް ކަސްރަތު ކުރަމުންނެވެ. މިއީ އެ ދަރިވަރުން ކިޔަވަމުންދާ އާންމު މަންޙަޖުން ބޭރުން ހިނގާ ކުލާހެކެވެ. މި ކުލާހަކީ ހިނިތުންވުމާ ބެހޭ ކުލާހެކެވެ.

"އެގައޮއިކޫ" ނުވަތަ "ހިނިތުންވުމުގެ ޢިލްމު" އުނގަންނައިދިނުމަށް ކެއިކޯ ކަވާނޯ ހިންގާ ކުލާހުން ޚިދުމަތް ހޯދާ ކަސްޓަމަރުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި އެއް ބަޔަކީ ސޯކޭއީ އެކަޑަމީ އޮފް އަރޓް އެންޑް ޑިޒައިންގެ ދަރިވަރުންނެވެ. "އެގައޮއިކޫ"ގެ ޚިދުމަތް ހޯދަން އަންނަ މީހުންގެ ޢަދަދު، މި ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ. ސަބަބަކަށް ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ބޭނުން ކުރި މާސްކުތައް ދޫކޮށް، އާންމު ދިރިއުޅުމަށް ބަދަލުވަމުން ދިއުމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކުރިންވެސް، މޫސުމީ ރޯގާތަކާ ދިމާކޮށް، މާސްކު އެޅުމަކީ ޖަޕާނުގައި އާންމު ކަމެކެވެ. ޙަޔާތުގައި އަންނަ މުހިންމު މުނާސަބަތުތަކާ ދިމާކޮށްވެސް ގިނަ މީހުން ފޭސް މާސްކު ބޭނުން ކުރެއެވެ. ބޮޑެތި އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންވެސް، އިމްތިޙާނުގެ ދުވަސްވަރަށް ބަލިވެދާނެ ކަމަށް ބަލާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޮވިޑް-19ގެ ކުރިންވެސް ޖަޕާނުގައި ފޭސް މާސްކު ބޭނުން ކުރެއެވެ.

ކޮވިޑް-19އާ ގުޅިގެން މާސްކު އެޅުމަށް މަޖުބޫރު ކުރި ކުރުމަށް ބަދަލު ގެނެސް، މާސްކު އެޅުމުގައި ލުއިތަކެއް ދީ، ޖަޕާނުގެ ސަރުކާރުން އެކަން އިޢުލާން ކުރީ މަރޗް މަހުގެ ތެރޭގައެވެ. ނަމަވެސް، އޭގެ ފަހުންވެސް ގިނަ ބަޔަކު އުޅެމުން ދަނީ ފޭސް މާސްކު އަޅައިގެންނެވެ.

ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓަރ (އެންއެޗްކޭ) އިން  މެއި މަހު ކުރިއަށް ގެންދިޔަ ސަރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، ޖަޕާނުގެ 55 ޕަސެންޓް މީހުންނަކީ، މީގެ 2 މަސްދުވަސް ކުރިންވެސް މާސްކު އަޅަމުން ދިޔަ ގޮތަށް މާސްކު އަޅަމުންދާ މީހުންނެވެ. އެކީ އެކައްޗަކަށް މާސްކު ބޭނުން ކުރުން ހުއްޓާލި ކަމަށް ބުނެފައި ވަނީ އެންމެ 8 ޕަސެންޓް މީހުންނެވެ.

ފޭސް މާސްކާއި ނުލާ، ދިރިއުޅުމަށް އަހުލުވެރިވުމަށް ޖަޕާނުގެ ޒުވާނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެފަދަ އެކަކީ ޢުމުރުން 20 އަހަރުގެ ޔޫނާ އިގަރާޝީއެވެ. ކަވާނޯގެ ކުލާށްތަކުން އިގަރާޝީގެ މޫނު މަތީގެ މަސްތައް ހޭލައްވާލަދީފިއެވެ.

ކަވާނޯއަކީ ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވިފައި އޮންނަ ބާރު ޤަބޫލު ކުރާ މީހެކެވެ. ރޭޑިޔޯ ހޮސްޓެއްގެ ގޮތުގައި އަދާ ކުރަމުން ދިޔަ ވަޒީފާ ދޫކޮށްލި ފަހުން، އޭނާގެ މޫނު މަތީގެ މަސްތަކުގެ ބާރު ދެރަވެފައި ވާކަމުގެ އިޙުސާސް ކުރެވޭ ކަމަށް ކަވާނޯ ބުނެއެވެ. ހިނިތުންވުމުގެ ހިސާބުކިތާބާއި އެކަމުގައި ނަފްސާނީ ނަޒަރިއްޔާ އުނގެނުމުގެ މަސައްކަތް، ކަވާނޯ ފެށިއެވެ. އަދި 2017 ވަނަ އަހަރުން ފަށައިގެން އޭނާ ދަނީ، އެހެން މީހުންނަށް އެކަންކަން ދަސްކޮށްދޭ ކުލާސްތައް ހިންގަމުންނެވެ.

ކަވާނޯ ދަސްކޮށްދޭ ހުނަރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ހުނަރަކީ "ހޮލީވުޑް ފެންވަރަށް" ހިނިތުންވާން ދަސްކޮށްދޭ ހުނަރު ހިމެނެއެވެ. އެ ގޮތަށް ހީނލާއިރު ލޯ ހުންނާނީ ހަނދުފަޅިއެއްގެ ބައްޓަމަށެވެ. ކޯ ވަށްވާނެއެވެ. މި ގޮތަށް ހިނިތުންވެލާފައި ހުންނައިރު، މަތީ ދަތްޕިލައިގެ 8 ދަތް ފެންނާނެއެވެ.

ކަވާނޯގެ ދަރިވަރުންގެ ހިނިތުންވުމުގެ ފެންވަރު ވަޒަން ކުރަނީ، މޫނުމަތީގެ ހަރަކާތްތައް ދެނެގަންނަ ޚާއްޞަ ސޮފްޓްވެއަރއެއްގެ އެހީގައެވެ. ކޮންމެ ދަރިވަރެއްގެ ހިނިތުންވުމަށްވެސް މާކްސް ދެނީ 100 އަކުންނެވެ. ފުރިހަމަ ހިނިތުންވުމެއް، 10 ވަރަކަށް ސިކުންތު ވަންދެން ހިފަހައްޓާލަން ޖެހޭ އިރު، 80 ޕޮއިންޓަށް ވުރެ މަތިން ލިބޭ ކޮންމެ މާކުހަކީ، ރަނގަޅު ހިނިތުންވުމެއް ކަމަށް ކަވާނޯ ބުނެއެވެ.

ކަވާނޯގެ ކުލާސްތަކުގައި ތިބި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި މުހިންމު އިމްތިޙާނުތަކާ ކުރިމަތިލާން ތައްޔާރު ވަމުންދާ ޒުވާނުންނެވެ. އޭގެ ތެރޭގައި، މަތީ ތަޢުލީމު ފުރިހަމަ ކުރުމަށްފަހު ވަޒީފާގެ މައިދާނުގައި ކާމިޔާބު ހޯދަން ތައްޔާރު ވަމުން ދާ ޒުވާނުން ހިމެނެއެވެ.

ކުންފުނިތަކުންވެސް ދަނީ ކަވާނޯގެ ޚިދުމަތް ހޯދަމުންނެވެ. ޚިދުމަތް ހޯދަން މީހުންނަށް ވީހާވެސް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ ކުންފުނީގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ގޮތުން، ޖަޕާނުގެ ކުންފުނިތަކާއި ސަރަޙައްދީ ސަރުކާރުތަކުން ދަނީ، ކަވާނޯގެ ކުލާސްތަކަށް މުވައްޒަފުން ފޮނުވަމުންނެވެ. ގަޑިއިރެއްގެ އިރަށް ދެމިގެންދާ ޕްރައިވެޓް ކުލާހެއްގެ އަގަކީ 7700 ޔެން ނުވަތަ، ގާތްގަނޑަކަށް 55.43 ޑޮލަރެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބްރެޑް ޕިޓާއި ލިއޮނާޑޯ ޑިކެޕްރިއޯ އެކީގައި 'ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް' އިން އަންނަ އަހަރު ފެނިގެން ދާނެ

ބްރެޑް ޕިޓާއި ލިއޮނާޑޯ ޑިކެޕްރިއޯ އެކީގައި 'ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް' އިން އަންނަ އަހަރު ފެނިގެން ދާނެ

28 ޖޫން 2018
ހޮލީވުޑް ފިލްމެއް ކުޅެލަން ޝައުގުވެރިވޭ: ކާޖޮލް

ހޮލީވުޑް ފިލްމެއް ކުޅެލަން ޝައުގުވެރިވޭ: ކާޖޮލް

14 ޖޫން 2018
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

16 އެޕްރީލު 2018
މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

މާޗް ފޯ އަވަރަ ލައިވްސް: ހަތިޔާރު ވިއްކުމާ ދެކޮޅަށް ދަރިވަރުންތަކެއް ފެށި މޫވްމަންޓަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ތަރުހީބެއް

25 މާރިޗު 2018
ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު