Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިޔަންކާ ޗޮޕްރާާ

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުގެ ޓްރެއިލާ ދައްކާލައިފި

މި ފިލްމުގައި ޕްރިޔަންކާ ފެންނާނީ ސަޕޯޓިން ރޯލަކުން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 އެޕްރީލު 2018 | ހޯމަ 06:08
އަ ކިޑް ލައިކް ޖޭކްގެ ޕޯސްޓަރ

އަ ކިޑް ލައިކް ޖޭކްގެ ޕޯސްޓަރ

އަންނަ ޖޫން މަހުގެ 8 ގައި ރިލީޒްކުރާ ޕްރިޔަންކާ ޗޮޕްޅާގެ ދެވަނަ ހޮލީވުޑްގެ ފިލްމު "އަ ކިޑް ލައިކް ޖޭކް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މި ފިލްމުގައި ޕްރިޔަންކާ ފެންނާނީ ސަޕޯޓިން ރޯލަކުންނެވެ. އެހެންކަމުން ޓްރެއިލާ އިން ވެސް އޭނާ ފެނިގެންދަނީ ތަންކޮޅެއްގައެވެ.

"އަ ކިޑް ލައިކް ޖޭކް"ގެ ޑައިރެކްޓަރަކީ ސިލާސް ހޮވާޑްއެވެ. އޭނާއަކީ އިނގިރޭސި ސީރީޒް ޓްރާންސްޕޭރެންޓް ވެސް ޑައިރެކްޓް ކުރި ފަރާތެވެ.

މި ފިލްމުން ޕްރިޔަންކާގެ އިތުރުން ފެނިގެންދާނީ ކްލެއަރ ޑޭންސް، ޖިމް ޕާސަންސް އަދި އޮކްޓަވިއާ ސްޕެންސާއެވެ.

ޕްރިޔަންކާގެ ހޮލީވުޑްގެ ތިންވަނަ ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިން މިހާރު ނިމިފައިވާއިރު އެ ފިލްމު ދައްކާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި މީގެ އިތުރުން އޭނާގެ ހޮލީވުޑް ސީރީޒް "ކުއަންޓިކޯ"ގެ ތިން ވަނަ ސީޒަން މި މަހުގެ 26 އިން ފެށިގެން ދައްކަން ފަށާނެއެވެ.

"އަ ކިޑް ލައިކް ޖޭކް"ގައި ފެންނަ އެކްޓަރ ޖިމް ޕާސަންއަކީ އިންޑިއާގައި ވަރަށް ތަރުހީބު ބޮޑު އެކްޓަރެކެވެ. ހާއްސަކޮށް އޭނާގެ ސީރީޒް "ދަ ބިގް ބޭންގް ތިއަރީ" އަކީ އިންޑިއާގައި ވަރަށް މަގުބޫލު ސީރީޒްއެކެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
15 މާރިޗު 2017

"މީ ލޯތްބަކީ" ގެ ޓްރެއިލާ ރިލީޒް ކޮށްފި

15 މާރިޗު 2017
 "މީ ލޯތްބަކީ" ގެ ޓްރެއިލާ ރިލީޒް ކޮށްފި
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
12 މާރިޗު 2017

ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި

12 މާރިޗު 2017
ވޮންޑަރ ވުމަންގެ ދެވަނަ ޓްރެއިލަރ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު