Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތިމާވެށީގެ ދުވަސް

ޕްލާސްޓިކް ކޮތަޅު އެތެރެކުރި މިންވަރު 50 އިންސައްތަ މަދުކުރެވިއްޖެ: ރައީސް

5 ޖޫން 2023 | ހޯމަ 17:32

13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ޖޫން 2023 | ހޯމަ 17:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުުފެއްދުން މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފެށިފަހުން އެއް އަހަރުދުވަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް 50 އިންސައްތަ މަދުކުރެވިފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް އއ. އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލަކަމަށްވާއިރު، ހައްލު ހޯދަންޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ ޕްލާސްޓިކް ކުނީގެ މައްސަލަކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކަކީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށްވެސް ނުރައްކާތެރި އެއްޗަކަށް ވާއިރު، ޕްލާސްޓިކުގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ރާއްޖޭގައި ބޭނުންކުރުން މަނާކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މި ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން އަހަރެއް ވެފައިވާއިރު، އަހަރެއްގެ ތެރޭގައި ރާއްޖެ އެތެރެކުރި ޕްލާސްޓިކް ކޮތަޅު ނިސްބަތުން 50 އިންސައްތަ މަދުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖު ނުކުރެވުމަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. މި މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ އަމާޒަކީ، ކޮންމެ ރަށެއްގައި އެރަށަކާ އެކަށީގެންވާ ސައިޒުގެ ޒަމާނީ ކުނި ކޮއްޓެއް ގާއިމްކޮށް، އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އަދި ރަށު ފެންވަރުގައި މެނޭޖްކުރެވޭ ކުނި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްކުރާ ސަރަހައްދީ މަރުކަޒުތަކަށް ގެންގޮސް ތަހުޒީބު މުޖުތަމައުތަކުގައި އެކަން ކުރާ އުސޫލުން ކުނި މެނޭޖްކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު ސަރުކާރުން ކުރިއަށްގެންދާ އެކި މަޝްރޫއުތަކުން މި އަމާޒަށް ވާސިލްވެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ

29 މެއި 2017
މި ސަރުކާރުގެ ތިން އަހަރު ސިއްހީ ދާއިރާއިން 100 އިންސައްތައިގެ ކުރިއެރުމެއް ހޯދިއްޖެ: ހެލްތު މިނިސްޓަރ
09 މެއި 2017

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
04 މެއި 2017

ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

04 މެއި 2017
ބާރުތައް އެއްކުރުމަށް ހުރަސްއަޅައި، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދުމަށް ނިކުތުުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
27 އެޕްރީލު 2017

މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

27 އެޕްރީލު 2017
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް