Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

ރައީސް ޞާލިހުގެ ސަރުކާރުގެ ރަނގަޅު ތަޖުރިބާ އަދި އެއްފަހަރު ލިބިގަންނަން ޖެހޭ: ނިޒާރު

ރައީސް ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 ޖޫން 2023 | ހޯމަ 02:14
ރައީސް ޞާލިހު އާއި އައްޑޫ ސިޓީގެ މޭޔަރު ނިޒާރު

ރައީސް ޞާލިހު އާއި އައްޑޫ ސިޓީގެ މޭޔަރު ނިޒާރު

ކުރީގެ ސަރުކާރުތަކާ އަޅާ ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ ތަޖުރިބާ ތަފާތު ކަމަށާއި އެ ރަނގަޅު ތަޖުރިބާ އަދި އެއްފަހަރު ލިބިގަންނަން ޖެހޭ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިފަދައިން ވިދާޅުވީ އައްޑޫ ސިޓީ ސްކޮޔަރގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން، ރައީސް މައުމޫންގެ ވެރިކަމުން ފެށިގެން ފަސް ވެރިންގެ ވެރިކަން ތަޖުރިބާ ކުރެވިއްޖެ ކަމަށާއި އެހެން ސަރުކާރުތަކާއި މި ސަރުކާރާ ހުރި ތަފާތު ވަރަށް ބޮޑަށް ފެނިގެންދާ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް ޞާލިހަކީ ހުރިހާ ގޮތަކުން ވެސް ކުރީގެ ރައީސުންނާ ތަފާތު ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ހުރިހާ ކަމެއް ވެސް ރައްޔިތުންނަށް ވެގެންދިޔައީ ރަނގަޅަށް ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ސުލްހަ މަސަލަސްކަން މި ސަރުކާރާއެކު ދެމެހެއްޓިއްޖެކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ވެރިކަމަށް ބޭނުންވަނީ ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ ހުނަރު ހުރި ސިޔާސީ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރެއް ދެވިއްޖެނަމަ އެމަނިކުފާނުގެ ވާދަވެރިން މިހާރު ފަތުރަމުންގެންދާ ފިތުނަވެރި މެސެޖުތައް ދޭން އުނދަގޫވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޞާލިހާ ގުޅުވައިގެން އެމަނިކުފާނުގެ ވާދަވެރިން ދޮގު ތުހުމަތުތައް ކުރައްވާކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަނީ ޤައުމު ހަލަބޮލި ކުރުމަށް ކަމަށެވެ. އަދި ފަސް އަހަރު ދުވަހު އެކީގައި މަސައްކަތް ކުރައްވާފައިވާތީ ރައީސް ރައްޔިތުންނަށް ޚިޔާނާތްތެރިވެވަޑައިނުގަންނަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑޫގެ ތަރައްގީވެސް ވަށައިގެން މިހާރު ފެންނަމުންދާ ކަމަށާއި އައްޑޫ ބިނާކުރުމަށް އޮތް ގޮތަކީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުން ކަމަށް ވެސް ނިޒާރު ފާހަގަކުރެއްވިއެވެ. އެކަން ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ އައްޑޫއިން ރައީސަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 80 އިންސައްތަ ޔަގީން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު