Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ފަހު މެޗުގައި މޮޅުވެ ލާޒިއޯއަށް ދެވަނަ، އިންޓަ މިލާންއަށް ތިންވަނަ

މިއީ 22 އަހަރު ތެރޭގައި ލާޒިއޯ ތިން ވަނައަށްވުރެ މަތިން ނިންމާލި ފުރަތަމަ ފަހަރު

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 ޖޫން 2023 | އާދީއްތަ 10:40
މެޗަށްފަހު ލާޒިއޯ ކުޅުންތެރިން އުފާ ފާޅުކުރަނީ

މެޗަށްފަހު ލާޒިއޯ ކުޅުންތެރިން އުފާ ފާޅުކުރަނީ

އިޓާލިއަން ލީގުގެ ފަހު މެޗުގައި ލާޒިއޯ މޮޅުވެ ދެވަނަ ހޯދިިރު، ޓޮރީނޯ ބަލިކޮށް އިންޓަ މިލާން ތިން ވަނައިގަ ސީޒަން ނިންމާލައިފިއެވެ.

އެމްޕޯލީ އާ ބައްދަލުކުރި މެޗު ލާޒިއޯ އިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލާޒިއޯގެ އެލެސިއޯ ރޮމަގްނޯލީ ވަނީ ލަނޑެއްޖަހާ އެ ޓީމަށް ކުރިހޯދައިދީފައެވެ. މެޗުގެ 89 ވަނަ މިނެޓުގައި އެމްޕޯލީގެ ނިކޮލޯ ކެމްބިއާގީއަށް ދެވަނަ ރީނދޫ ކާޑު ދެއްކުމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާ އެކުއެވެ. އޭގެ ތިން މިނެޓު ފަހުން ލާޒިއޯއަށް ލީޑު ފުޅާކޮށްދިނީ ލުއިސް އެލްބާޓޯއެވެ.

ހޮނިހިރު ދުވަހު ޓޮރީނޯގެ ދަނޑުގައި ކުޅުނު މެޗު އިންޓަ މިލާނުން ކާމިޔަބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު 37 ވަނަ މިނެޓުގައި ރޮމޭލޫ ލުކާކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކޮށްދިނީ މާސެލޯ ބްރޮޒޮވިޗެވެ.

ލީގު ޗެމްޕިއަންކަން ނަޕޯލީ އިން ހޯދިއިރު، ލާޒިއޯ އަށް ދެވަނަ ލިބުނީ 74 ޕޮއިންޓާއެކުއެވެ. އިންޓަމިލާން އަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. އޭގެ ފަހަތުން އޭސީ މިލާން އަށް ބާކީ އެއް މެޗު އޮތްނަމަވެސް އެ ޓީމަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. މިއީ 22 އަހަރުތެރޭގައި ލާޒިއޯ ތިން ވަނައަށްވުރެ މަތިން ނިންމާލި ފުރަތަމަ ފަހަރެވެ.

އިންޓަމިލާން އަށް މި ސީޒަނުގައި ބާކީ އޮތީ ފަހުގެ ތާރީހެއްގައި އެ ޓީމު ކުޅެން ޖެހޭ އެންމެ މުހިންމު މެޗެވެ. އެއީ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އާ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލް މެޗެވެ.

އިޓާލިއަން ލީގުއިންޓަރ މިލާންލާޒިއޯ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
01 ޖުލައި 2025

އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް

01 ޖުލައި 2025
އިންޓަރ މިލާން ކަޓުވާލައި، ފްލުމިނެންސޭ ކުއާޓާ ފައިނަލަށް
26 ޖޫން 2025

ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް

26 ޖޫން 2025
ރިވާ ޕްލޭޓް ބަލިކޮށް، އިންޓަރ މިލާން ގަދަ 16 އަށް
04 ޖޫން 2025

އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި

04 ޖޫން 2025
އިންޒާގީ، އިންޓަރ މިލާން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު