Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ކަޕް

ވިދިވިދިގެން ދެވަނަ ފަހަރަށް ލައިޕްޒިގް އިން ޖަރުމަނު ކަޕު ކާމިޔާބުކޮށްފި

ލައިޕްޒިގް ވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ޖަރުމަނު ކަޕުގެ ފައިނަލް ހަތަރު ފަހަރު ކުޅެފައި

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 4 ޖޫން 2023 | އާދީއްތަ 05:40
ލައިޕްޒިގް އިން ޖަރުމަނު ކަޕް އުފުލާލަނީ

ލައިޕްޒިގް އިން ޖަރުމަނު ކަޕް އުފުލާލަނީ

ފައިނަލް މެޗުގައި އެއިންޓްރަކްޓް ފްރޭންކްފާޓް ބަލިކޮށް ވިދިވިދިގެން ދެވަނަ ފަހަރަށް ލައިޕްޒިގުން ޖަރުމަނު ކަޕު ކާމިޔާބުކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް މެޗުގެ 71 ވަނަ މިނެޓުގައި ލައިޕްޒިގްގެ ކްރިސްޓޮފާ އެންކުންކޫ ވަނީ ލަނޑެއް ޖަހާ، ޓީމަށް ކުރިހޯދަދީފައެވެ. އެ ލަނޑަކީ މި ސީޒަނުގައި އޭނާ ޖެހި 23 ވަނަ ލަނޑެވެ. 25 އަހަރުގެ ފޯވާޑު މި ސީޒަން ނިމުމަށްފަހު ޗެލްސީއާ ގުޅުން ގާތެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ލައިޕްޒިގް އަށް ލީޑު ފުޅާކޮށްދިނީ އެންކުންކޫ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޮމިނިކް ސްޒޮބޮސްޒްލައިއެވެ. އެ ލަނޑާއެކު ޖަރުމަނު ކަޕުގެ ޗެމްޕިއަންކަން ލައިޕްޒިގުން ހޯދީ 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެނެވެ.

މީގެ 14 އަހަރު ކުރިން އުފެދުނު ލައިޕްޒިގް ވަނީ ވޭތުވެދިޔަ ފަސް އަހަރު ތެރޭ ޖަރުމަނު ކަޕުގެ ފައިނަލް ހަތަރު ފަހަރު ކުޅެފައެވެ. 2019 އަދި 2021 ގައި ބަލިވި ނަމަވެސް، ޖެހިގެން އައި ދެ އަހަރު އެ ޓީމުން ވަނީ ޖަރުމަނު ކަޕު ކާމިޔާބުކޮށްފައެވެ.

ޖަރުމަން ކަޕް

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2024

ލެވަކޫސަން އަތުން ބަލިވެ، ޖަރުމަނު ކަޕުން ބަޔާން ކަޓައިފި

04 ޑިސެމްބަރު 2024
ލެވަކޫސަން އަތުން ބަލިވެ، ޖަރުމަނު ކަޕުން ބަޔާން ކަޓައިފި
05 އެޕްރީލު 2023

ފްރެއިބާގް އަތް ދަށުގެ ޖަރުމަނު ކަޕުން ބަޔާން ކަޓައިފި

05 އެޕްރީލު 2023
ފްރެއިބާގް އަތް ދަށުގެ ޖަރުމަނު ކަޕުން ބަޔާން ކަޓައިފި
01 ސެޕްޓެމްބަރު 2022

ވިކްޓޯރިއާގެ މައްޗަށް ބަޔާނުން ބޮޑު މޮޅެއް ހޯދައިފި

01 ސެޕްޓެމްބަރު 2022
ވިކްޓޯރިއާގެ މައްޗަށް ބަޔާނުން ބޮޑު މޮޅެއް ހޯދައިފި
31 އޯގަސްޓު 2022

ލެއިޕްޒިގުން ބޮޑު މޮޅެއް ހޯދިއިރު، ވާނާ އަށް ހެޓްރިކެއް

31 އޯގަސްޓު 2022
ލެއިޕްޒިގުން ބޮޑު މޮޅެއް ހޯދިއިރު، ވާނާ އަށް ހެޓްރިކެއް
31 ޖުލައި 2022

ލެއިޕްޒިގު ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

31 ޖުލައި 2022
ލެއިޕްޒިގު ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު