Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ކަޕް

ފްރެއިބާގް އަތް ދަށުގެ ޖަރުމަނު ކަޕުން ބަޔާން ކަޓައިފި

ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓިމު ބަލިވީ 2-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 އެޕްރީލު 2023 | ބުދަ 06:37
ބަޔާނާއި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން

ބަޔާނާއި ފްރެއިބާގް ކުޅުނު މެޗުގެ ތެރެއިން

ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި ފްރެއިބާގް އަތް ދަށުވެ ފަހު ވަގުތު ބަޔާން މިއުނިކް މުބާރާތުން ކަޓައިފި އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓިމު ބަލިވީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ބަޔާނުންނެވެ. މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ޔޯސުއާ ކިމިކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބަޔާނަށް ލީޑު ނަގައިދިނީ އުޕަމެކާނޯ އެވެ. ނަމަވެސް ބަޔާނަށް އެ ލީޑުގައި ހިފަހައްޓާލެވުނީ ހަތް މިނެޓެވެ. ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ފްރެއިބާގުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖެހީ ނިކޮލަސް ހޮފްލާ އެވެ. އޭގެ ފަހުން ވެސް ބަޔާނުން ވަނީ ލަނޑު ޖެހުމަށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. ބަޔާނުން ލީޑު ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގެ ފަސް ވަނަ މިނެޓުގައި ފްރެއިބާގަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް މެޗުން ފްރެއިބާގް މޮޅުކޮށްދިނީ ވެސް ހޮފްލާ އެވެ.

މިއީ ބަޔާންގެ ކޯޗުކަމާ ދާދި ފަހުން ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު ބަލިކޮށް އެ ޓީމުން ވަނީ އަލުން ޖަރުމަނު ލީގުގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. ނަމަވެސް ފްރެއިބާގް އަތް ދަށުގެ ޖަރުމަނު ކަޕުން ކެޓުމާއެކު އެ ޓީމުން ހާސިލް ކުރަން ބޭނުންވާ އެއް ތަށި ގެއްލުނީ އެވެ. ބަޔާނަށް ދެން އޮންނާނީ ޖަރުމަނު ލީގުގައި މި މަހުގެ އަށް ވަނަ ދުވަހު ފްރެއިބާގާ ދެކޮޅަށް ކުޅޭ މެޗެވެ.

ޖަރުމަން ކަޕްފްރެއިގާބްބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު