Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުގެވެށި އަނިޔާ

ބަހުގެ ހަމަލާއާއި ނަފްސާނީ އަނިޔާއަކީވެސް ގެވެށި އަނިޔާ!

1 ޖޫން 2023 | ބުރާސްފަތި 02:27

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ގޮތުގައި 17 ބާވަތެއްގެ އަމަލެއް ބަޔާންކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖޫން 2023 | ބުރާސްފަތި 02:27
އަނިޔާ ތަހައްމަލުކުރާ ގިނަ މީހުން އެކަނިވެރިކަމަށް އިސްކަންދޭ

އަނިޔާ ތަހައްމަލުކުރާ ގިނަ މީހުން އެކަނިވެރިކަމަށް އިސްކަންދޭ

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ހ ގައި ބަޔާންކޮށްފައިވާ ގޮތުގައި ގެވެށި އަނިޔާގެ އަމަލަކީ ގެވެށި ގުޅުމަކުން ގުޅިގެންވާ މީހުންގެ ތެރެއިން އެކަކު، އެގުޅުމުގައި ހިމެނޭ އަނެކާގެ ނުވަތަ އަނެކުންގެ މައްޗަށް ކުރިކަމަކުން، ގެވެށި އަނިޔާގެ ޝިކާރައަކަށްވީ މީހާގެ ރައްކާތެރިކަމަށް ނުވަތަ ސިއްހަތަށް ނުވަތަ ދުޅަހެޔޮ ކަމަށް ގެއްލުމެއް ލިބޭފަދަ ނުވަތަ އެފަދަ ގެއްލުމެއް ލިބިދާނެކަމުގެ ބިރު އިހްސާސްވާފަދަ އަމަލެއް ހިންގުމެވެ. ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ އަނިޔާގެ އަމަލުތަކަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ އާންމުކޮށް މީހުން ދޭނެ ޖަވާބަކީ ޖިސްމާނީ އަނިޔާ، ޖިންސީ އަނިޔާ އަދި މުދަލަށް ގެއްލުންދިނުން ފަދަ އަމަލުތަކެވެ. ނަމަވެސް ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގައި ގެވެށި އަނިޔާގެ ގޮތުގައި 17 ބާވަތެއްގެ އަމަލެއް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ގާނޫނުގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ބާވަތްތަކަށް އަހުލުވެރިވުމަކީ ގެވެށި އަނިޔާއާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބިދޭނެ ބާރެކެވެ. އެގޮތުން ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުމަކީ ގާނޫނު ބުނާގޮތުން ގެވެށި އަނިޔާގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު އެއީ ގެވެށި އަނިޔާގެ ގޮތުގައި އެއް ބަޔަކަށް ނުދެކުވުމަކީވެސް ވެދާނެކަމެކެވެ.

ބަހުގެ ހަމަލާ އަދި ނަފްސާނީ އަނިޔާ ކުރުމަކީ އަނިޔާ ކުރާ ފަރާތްތަކުން، އަނެކާގެ މައްޗަށް ބާރު އަދި ކޮންޓްރޯލު ފޯރުވުމުގެ ނިޔަތުގައި ބޭނުންކުރާ އުކުޅެކެވެ. މިއީ ވަކި ޖިންސަކަށް ނުވަތަ ވަކި ބާވަތެއްގެ ގެވެށި ގުޅުމަކަށް ހާއްސަ އަނިޔާއެއް ނޫންކަމަށްވާތީ، މިފަދަ އަނިޔާތައް ދެނެގަންނަން އެނގުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. މިފަދަ އަނިޔާ ކުރާފަރާތްތަކުގެ މަގްސަދަކަށް ވެފައިވަނީ ތަފާތު އެކި އުކުޅުތައް ބޭނުން ކޮށްގެން އަނިޔާ ލިބޭ ފަރާތް ބަލިކަށިކޮށްލާ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރުދަށްކޮށްލުމެވެ.

މީގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ ހިތްހަމަނުޖެހޭ ނަންނަމުން މުޚާތަބުކޮށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި ނަފްސާނީ ގޮތުން ބާރު ފޯރުވުމުވެ. މީގެއިތުރުން ނަފްސާނީ ގޮތުން ނުފޫޒު ފޯރުވައިގެން އަނިޔާ ލިބޭ ފަރާތުގެ އަމިއްލަ ހަމަބުއްދިއާމެދު ޝައްކުވާފަދަ ގޮތްތަކަށް އަމަލުތަކާއި ބަސް ބޭނުންކުރުމާއި އަނިޔާގެ އަމަލެއްކޮށްފާނެ ކަމުގެ ބިރު ދެއްކުންވެސް ފެތެނީ މިބާވަތުގެ އަނިޔާ އަށެވެ.

ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން ކުރާ އަނިޔާ ލިބެމުންދާ ނިޝާންތަކުގެ ގޮތުގައި ފާހަގަކުރެވޭނީ ހާސްވުމުގެ ބަލި ފެނުމާއި ސިއްހީ ބައްޔަކަށްނުވެ ދިގު ދެމިގެންދާ ގޮތެއްގައި ސްޓްރެސްވުމުގެ އަލާމާތްތައް އިހުސާސްވެ ތަހައްމަލުކުރުމާއި ދިގުދެމިގެންދާ ބިރުވެރިކަމެއްގެ ތެރޭގައި ހުރުމެވެ. މީގެއިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމާއި އެހެން މީހުންނަށް އިތުބާރު ކުރަން ފަސްޖެހުމަކީވެސް މިފަދަ އަނިޔާ ލިބެމުންދާކަމުގެ ނިޝާންތަކެވެ.

ގެވެށި އަނިޔާއަކީ އޭގެ ޒާތުގައި އެއަނިޔާ ތަހައްމަލުކުރާ ކޮންމެ މީހަކުވެސް ކޮންމެސް ވަރެއްގެ ނަފްސާނީ އަސަރުތަކެއް ކުރުވާކަމެކެވެ. ގިނަފަހަރަށް އަނިޔާ ލިބޭ މީހުން ނަފްސާނީ އަނިޔާއަކީ އާދައިގެ ކަމެއްގެ ގޮތުގައި ބަލައެވެ. ނަމަވެސް ގިނަދުވަސްވާވަރަކަށް ނަފްސާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ދިރިއުޅުން މަތި ފޫހިވެ އެކަހެރި ދިރިއުޅުމެއް އުޅެން ފެށެއެވެ. އެހެންކަމުން މިފަދަ އަނިޔާތައް ލިބޭ މީހުން އަނިޔާއިން އަރައިގަތުމަށް މަސަައްކަތްކުރަން ޖެހެއެވެ. އަދި އެފަދަ އަނިޔާއެއް މީހަކު ތަހައްމަލުކުރާކަން ތިމާއަށް އެނގޭނަމަ އެކަމަކުން އެމީހަކު ސަލާމަތްކުރުމަށް ތިމާއަށް ކުރެވުނު ކޮންމެ ކަމެއްކޮށްދީ އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.

ސޯސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2022

ހަމަހަމަކަމުގެ ވާހަކަތަކާއެކު އާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް

21 ފެބުރުއަރީ 2022
ހަމަހަމަކަމުގެ ވާހަކަތަކާއެކު އާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް
10 ސެޕްޓެމްބަރު 2021

ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

10 ސެޕްޓެމްބަރު 2021
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް
10 އޮކްޓޯބަރު 2020

ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަނީ އަގީދާ ބަލިކަށި ވެގެނެއް ނޫން، އެއީ ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމެއް!

10 އޮކްޓޯބަރު 2020
ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށް ވަނީ އަގީދާ ބަލިކަށި ވެގެނެއް ނޫން، އެއީ ހަމަ ކޮންމެ މީހަކުވެސް ތަހައްމަލު ކުރަން ޖެހިދާނެ ކަމެއް!
31 މެއި 2020

ކޮވިޑް-19 އާއެކު ނަފްސާނީ މައްސަލަތައް ތިން ގުނަ އަށް

31 މެއި 2020
ކޮވިޑް-19 އާއެކު ނަފްސާނީ މައްސަލަތައް ތިން ގުނަ އަށް
26 މާރިޗު 2020

ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!

26 މާރިޗު 2020
ގޭގައި މަޑުކޮށްލައިގެން ތިބޭއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް، ތިމާގެއުޅުން ތާވަލު ކޮށްލަމާ!
12 މާރިޗު 2020

ކޮވިޑް-19: އެންޒައިޓީ އާއި ކުރިމަތިލަމުންދާއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުން

12 މާރިޗު 2020
ކޮވިޑް-19: އެންޒައިޓީ އާއި ކުރިމަތިލަމުންދާއިރު ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުން
21 ފެބުރުއަރީ 2019

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

21 ފެބުރުއަރީ 2019
ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
14 ޖެނުއަރީ 2018

ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟

14 ޖެނުއަރީ 2018
ރައީސް ޓްރަމްޕް އަށް އެމަނިކުފާނުގެ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޓެސްޓެއް ހައްދަވަން ކެރިވަޑައިގަންނަވާނެބާ؟
04 ނޮވެމްބަރު 2017

ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !

04 ނޮވެމްބަރު 2017
ގެވެށި އަނިޔާ އަކީ ކޮބައިކަން ދެނެގަންނާނެ ގޮތްތައް !
24 ސެޕްޓެމްބަރު 2017

ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި

24 ސެޕްޓެމްބަރު 2017
ޓްރަމްޕްއާއި އެމެރިކާގެ އެތުލީޓުން: ބަހުގެ ހަމަލާ ތަކެއްގެ ތެރޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް