Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް

ހަމަހަމަކަމުގެ ވާހަކަތަކާއެކު އާޒިމްގެ ބަހުގެ ހަމަލާތަކެއް ސަރުކާރަށް

ބިލަށް، ސަރުކާރުގެ އެހީތެރިކަން ބޭނުންވާ މެމްބަރުން ގަބޫލުފުޅު ނޫންކަމަށް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ފެބުރުއަރީ 2022 | ހޯމަ 14:24
މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން އައްޔަނުކުރުމަށް އިންތިޚާބު ބާއްވާފައިވަނީ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އެއިންތިޚާބުގައި ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރުކަމަށް މެމްބަރަކު އިންތިޚާބުކޮށްފައެވެ. ޕީޖީ ލީޑަރުކަމަށް ވާދަކުރައްވާފައިވަނީ ޕީޖީ ގްރޫޕްގެ ލީޑަރުކަމުގައި އިންތިޚާބު ބޭއްވުމާ ހަމައަށް ހުންނެވި, މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމްއެވެ. 65 މެމްބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގްރޫޕްގައި އިންތިޚާބުން އަލީ އާޒިމްއަށް ލިބިވަޑައިގެންނެވީ 25 ވޯޓެވެ. ޕީޖީ ލީޑަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި އަސްލަމްއަށް ލިބިވަޑައިގެންނެވީ 40 ވޯޓެވެ. ބޮޑު ތަފާތަކުން މިއިންތިޚާބު އަސްލަމު ކުރިހޯއްދެވިއިރު, 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީ ގްރޫޕްގެ ލީޑަރުކަން ކަނޑައެޅުމަށް އެންމެ ފުރަތަމަ ބޭއްވި އިންތިޚާބުގައި ވާދަކުރައްވާފައިވަނީ އާޒިމް އެކަންޏެވެ. އެފަހަރު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ވޯޓު އާޒިމަށް ލިބިވަޑައިގެންފައިވެއެވެ. އެއީ 57 ވޯޓެވެ.

ޕީޖީ ގްރޫޕްގެ އިންތިޚާބަށްފަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިވަނީ ހޯމަ ދުވަހު ބާއްވާފައެވެ. މިޖަލްސާގައި ވާހަކަދެއްކެވުމަށް ފުރުސަތު ހޯއްދެވުމަށްފަހު އާޒިމް ވަނީ, އިންތިޚާބު ކާމިޔާބުކުރެއްވި, ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ޕީޖީ ލީޑަރުކަމުގައި ހުންނަވައި ފާއިތުވި ދުވަސްތަކުގައި މުހިންމު ބިލްތަކެއްގެ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ފާއިތުވި ދުވަސްތަކުގައި އެމްޑީޕީ ޕީޖީ ގްރޫޕުން 79 ބައްދަލުވުމެއް ބާއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަވެސް އެންމެފަހުން ޕީޖީން ބޭއްވި ބައްދަލުވުމުގައި ނިންމި އެއް ނިންމުމެއް ތަޅުމާ ހިސާބަށް އައިސްފައިނުވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ އެއީ ވަގުތުގެ ގޮތުންނާއި, އެކަމުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް މެމްބަރުންގެ މެދުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އެބިލަކީ ރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލެވެ. އާޒިމް ވިދާޅުވީ މިބިލަށް, ސަރުކާރުގެ އެހީތެރިކަން ބޭނުންވާ މެމްބަރުން ގަބޫލުފުޅުނޫންކަމަށެވެ.

ހުށަހެޅިފައިވާ, ފެނާއި ނަރުދަމާގެ ގާނޫނުގެ އިސްލާހުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ, ފެނާއި ނަރުދަމާއަކީ އަސާސީ ހައްގެއްކަމަށެވެ. ގާނޫނު އަސާސީން ރައްޔިތުންނަށް އެ ޚިދުމަތް ލިބެންޖެހޭކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ, މިއަދާ ހަމައަށް އައިއިރު 4 ރައީސުންނަށް އެކަން ނުވިކަމަށާއި, ނަމަވެސް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މިވަނީ މިހައްގު ގާތްގަނޑަކަށް ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާފައި ކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުތަކުގައި ސޮއިކޮށް, އަމަލީ ގޮތުން މަސައްކަތް ގާތްގަނޑަކަށް ފެށިފައިވާކަމަށް ވިދާޅުވިއެވެ.

އެއަށްފަހު ދެން އާޒިމް ފެއްޓެވީ ބޯހިޔާވަހިކަމުގެ ވާހަކައެވެ. ގާނޫނު އަސާސީގައި ތަފާތުކުރުން ނޯންނަކަމަށް ވިދާޅުވެ, ބޯހިޔާވަހިކަމުގައި ފެންނަމުންދަނީ އަތޮޅުތަކާ މާލެއާ ދެމެދު ތަފާތުކުރުންތަކެއް ގެންގުޅެމުންދާތަން ކަމަށާއި, ހުރިހާ ސަރުކާރެއްގައިވެސް ކަންކުރަމުން އައީ އެގޮތަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވާނެކަމަށް ރައީސް ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާނުގައިވެސް ވިދާޅުވާކަމަށެވެ. ނަމަވެސް އަދި މިހާތަނަށް އެކަން ވެފައި ނުވާކަމަށެވެ.

އާޒިމް ވިދާޅުވީ ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށްވެސް އެއްގޮތަަކަށް ކަންކަން ކުރަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއެމްޑީޕީރައީސް ސޯލިހު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު