Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފީޗަރ ރިޕޯޓް

ސްކޭމް ކޯލުތަކުން ވާވެއްދެނީ ކީއްވެ؟

ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވާން ޖެހޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 31 މެއި 2023 | ބުދަ 05:43
ފިރިމީހާ

ފިރިމީހާ

ފޯނަށް ލިބުނީ މެސެޖެކެވެ. އާބަންކޯގެ ފަރާތުންނެވެ. ބުނެފައި އޮތީ މައި އޮފީހަށް ރޭގަނޑު 8:45 ގައި ދިއުމަށެވެ. އަދި ދާއިރު، ވެރިފިކޭޝަންއަށް ކާކުކަން އެނގޭނޭފަދަ ރަސްމީ ލިޔުމެއް ގެންދިއުމަށެވެ. އޭގެ ގަޑިއެއްހާއިރު ފަހެވެ. ނުދަންނަ މޮބައިލް ނަމްބަރަކުން ގުޅައިފިއެވެ. ނުލާހިކު އަދަބު އިހުތިރާމާއެކު ފަށުވި ގޮތަކަށް ވާހަކަ ފެށިއެވެ. ގުޅީ އާބަންކޯއިންނެވެ. ސަރުކާރުން މިހާރު ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެންމެ އަވަހަށް ނިމޭ ފްލެޓްތަކުން ފްލެޓެއް ލިބުނު ކަމަށް ބުނެއެވެ. ވާހަކައިގެ ޚުލާސާއަކީ ރައީސް އޮފީހުން (ފްލެޓް ކޮމެޓީން) ފޮނުވާފައި އޮތް ލިސްޓެއްގައި 19 ވަނައަށް އޮތީ އަޅުގަނޑުގެ ނަން ކަމެވެ. ފްލެޓަށް ދައްކަން ޖެހޭ ކުލި 6 މަސް ވަންދެން ދައްކަން ނުޖެހޭނެ ކަމަށާއި ފްލެޓް ވަނީ ޔަޤީންވެފައި ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި އޮންލައިންކޮށް އެކަން ކުރުމަށް ފޯނަށް މެސެޖެއްގެ ޒަރީއާއިން "އޯޓީޕީ" ލިބޭނެ ކަމަށެވެ. އަދި އެ އޯޓީޕީ ހިއްސާ ކުރުމަށެވެ. ވަރަށް ދިގުކޮށް އެދެއްކި ވާހަކަތަކަށް ފަހު ބޭއްވީ އޯޓީޕީ ލިބޭނެހާ ވުގުތު ދީފައި ގުޅާނެ ކަމަށް ބުނެއެވެ. ފޯނު ބޭއްވުމާއެކު އެބުނާ މެސެޖެއް ލިބުނެވެ. "ވަން ޓައިމް ޕާސް ވޯޑެއް. ނުވަތަ އޯޓީޕީ"އެކެވެ. އަނެއްކާވެސް ވަގުތުން ހަމަ އެނަންބަރުން ގުޅިއެވެ. އޯޓީޕީ ހިއްސާ ކޮށްދޭން އެދުނެވެ. ޖަވާބުގައި އެކަން ކުރެވެން ނެތްކަމަށާއި ތިއީ ކޮންބައެއްކަން އަދި ތިކުރަނީ ކީއްކަން އެނގޭކަމަށް ބުނެފީމެވެ. ވަގުތުން އެކޮޅުން ފޯނު ކަނޑާލިއެވެ. ހަމައެއާއެކު ލިބުނީ ކުރިން ލިބުނު އާބަންކޯގެ ނަމުގައި އައި ދެވަނަ މެސެޖެވެ. ފްލެޓް ކެންސަލްވި ވާހަކައެވެ.

ސްކޭމް ކޯލުތަކުން މީހުން ވާވައްދައިގެން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާ ވާހަކަ އަޑު އިވެއެވެ. ލިބިފައި ހުންނަ ބޮޑެތި ލަނޑުތަކުގެ ވާހަކަތަކެވެ.

އެކަމަކު އަޅުގަނޑަށް ފާހަގަވީ އެކޯލްތަކާމެދު ކުޑަކޮށް ވިސްނާލިއަސް އެކަމުން ސަލާމަތް ވެވިދާނެ ކަމެވެ. ކިތަންމެ ބޮޑަކަށް ކަމެއް ބޭނުންވިއަސް ވަކި އުސޫލުތަކެއް ކަންކަމުގައި ހުންނާނެކަން ދެނެގަންނަން ޖެހެއެވެ.

އަޅުގަނޑަށް ލިބުނު މެސެޖަށް ބަލާއިރު، ޤަބޫލު ނުކޮށް ދޫކޮށް ނުލެވޭވަރަށް "އާބަންކޯއިން ލިބުނު މެސެޖް" ފުރިހަމައެވެ. ފޮނުވި ފަރާތްވެސް އެނގޭ ގޮތަށް ސާފެވެ. ނޭނގޭ މީހަކަށް ނުގޮތަކަށް ވިސްނައިގަންނަން ދަތިވެދާނެއެވެ. އެކަމަކު ލިބުނު ކޯލު ފަށަމުން ދައްކަމުން ދިޔަ ވާހަކަތަކާއި ބަސްމަގު ހުރިގޮތާއި ދޫފަރިތަ ކަމާއި އެފަދަތާކުން މައުލޫމާތެއް ހިއްސާ ނުކުރާނެ މިންވަރަށް ހުރިކަން އެފޯނު ކޯލުން ފާހަގަ ވިއެވެ. އަދި ފްލެޓެއް ނުލިބިގެން އުޅޭ މި ޒަމާނުގައި އެކޯލުން ހީވީ ފްލެޓެއް ކޮންމެހެންވެސް ދޭން އުޅޭ ކަމެވެ. ކުރިމަތިވެސް ނުލަނީސް ފްލެޓެއް ލިބި ހަވާލު ނުކުރެވިގެން އުޅޭ ކަމެވެ. ބޭނުން ނެތަސް ދޭން އުޅޭ ފަދަ ގޮތަކަށެވެ. އެކަން ކުރުމަށް އެދެއްކިހާ ވާހަކަތައް، ކުޑައިކޮށް ނަމަވެސް ވިސްނުންތެރިކަމާއެކު އަޑުއަހާލައިފިނަމަ އެއީ ހަޤީގީ އެއްޗެއް ނޫންކަމަށް ކޮންމެ މީހަކަށްވެސް ފަހުމް ވާނެއެވެ. ގުޅި ނަމްބަރުންވެސް އެކަން ޔަޤީން ކުރެވިދާނެއެވެ. އޮފީހެއްގެ ރަސްމީ ކަމެއްގައި އެތަނުގެ މުވައްޒަފެއްގެ މޯބައިލް ފޯނުން އެތައް އިރަކު ގުޅައިގެން ހުންނާނެތޯވެސް ސުވާލު އުފެދޭނެތާއެވެ. ދެން އޮތީ އޯޓީޕީއެވެ. ބައްދަލުވުމުގައި ބައިވެރިވާނީ އޮފީހަށް ގޮސްގެން ކަމަށާއި އޮފީހަށްގޮސް ވެރިފައި ކުރާނެ ކަމަށް ތަކުރާރުކޮށް ބުނުމުންވެސް އޯޓީޕީއެއް ފޮނުވައިގެން އޮންލައިންކޮށް އެކަން ކުރަން ނުޖެހޭނެކަން ރޭކާލާން ޖެހޭނެތާއެވެ.

މިކަންކަމަށް ވިސްނާލުމަށްފަހު މިފަދަ ކޯލްތަކުން ސަލާމަތްވުމަށް ރަސްމީ އިދާރާތަކުން އެކިޔާއެއްޗެއް ކުޑަކޮށް އަޑުއަހާލިއަސް އެކޯލުތަކުގެ އަވައިގާ ނުޖެހި ސަލާމަތްވާނެއެވެ. އެފަދަ މެސެޖްތައް އެގޮތައް ނުފޮނުވާނެ ކަމަށާއި އެފަދަ އޯޓީޕީތައް ހިއްސާ ނުކުރުމަށް ތަކުރާރުކޮށް އެދަނީ ކެނޑިނޭޅި ގޮވަމުންނެވެ.

ކޮންމެއަކަސް އަޅުގަނޑުގެ ތަޖްރިބާއިން ފާހަގަވީ މިފަދަ ކޯލްތަކުގައި ޖެހި ބޮޑެތި ލަނޑު ލިބެނީ ކުޑަކޮށްވެސް ވިސްނާ ނުލެވިގެން ކަމެވެ. ކަންކަމުގައި ހުންނަ އެދުން ހިސާބަށްވުރެ ބޮޑު ވުމެވެ. ރަސްމީ އިދާރާތަކުން ދޭ އިރުޝާދުތަކަށް އެއްވެސް ވަރަކަށް  ސަމާލުކަން ނުދެވިގެންނެވެ. ކުރުކޮށް ބުނަންޏާ އެމީހުން އެކަން ކުރަން އަމިއްލަ މީހާވެސް ފުރުސަތު ދީގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

ރޮހިންޖާ އަންހެނެއްގެ ހިތުގެ ރިހުން: "އަހަރެން މިދަންވަރު ބޭރުގައި މީނީ ކީއްވެތޯ ނާހާ..."

07 ސެޕްޓެމްބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

އިސްތިގުލާލާއި ވެރިކަން ދޫކޮށްލުމަށް ސީލް ޖަހައި އުޅުނު މީހަކަށް ޑިފެންސް މިނިސްޓަރުކަން ދިނީ ކީއްވެ؟

07 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު