Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑު

ފިރްމީނޯ ހޯދުމަށް ރެއާލުން މަޝްވަރާ ކުރަނީ

ފިރްމީނޯ ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޖޫޑް ބެލިންހަމް ހޯދުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މެއި 2023 | އަންގާރަ 05:36
މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ފިރްމީނޯ

މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ފިރްމީނޯ

މި ސީޒަނަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ރޮބާޓޯ ފިރްމީނޯ ހޯދުމަށް ސްޕެއިންގެ ރެއާލް މެޑްރިޑުން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ފިރްމީނޯ ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން އެ ކުލަބު ދޫކޮށްލުމަށް އޭނާ ވަނީ ނިންމައިފަ އެވެ. އެހެންކަމުން އަންނަ ސީޒަނުގައި ފިރްމީނޯ ފެންނާނީ އެހެން ކުލަބަކުންނެވެ. ނަމަވެސް މިހާތަނަށް އޭނާ ބަދަލުވާނެ ސީދާ ވަކި ކުލަބެއް ހާމަކޮށްފައެއް ނުވެ އެވެ. ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ފިރްމީނޯ ހޯދުމަށް ރެއާލުން އަންނަނީ އެ ކުލަބުގެ އެތެރޭގައި މަޝްވަރާ ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން ފިރްމީނޯއާ ރަސްމީ ގޮތަކުން މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. ރެއާލުން އެ ކުލަބުގެ އެތެރޭގައި ފިރްމީނޯ ހޯދުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ނަމަވެސް، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ޖޫޑް ބެލިންހަމް ހޯދުމަށް ކަމަށް ވަނީ ބުނެފަ އެވެ. ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް، ބެލިންހަމް ރެއާލަށް ބަދަލުވުމުގެ ކަންކަން އޮތީ އެންމެ ފަހު މަރުހަލާގައި އެވެ.

އެއަށްފަހު ރެއާލުން އަންނަ ސީޒަަނަށް ހޯދަން ބޭނުންވާ ހަތަރެއް ނުވަތަ ފަަސް ސްޓައިކަރުންގެ ތެރޭގައި ފިރްމީނޯ ހިމެނޭ ކަމަށް ބުނެފައިވެ އެވެ. ފިރްމީނޯގެ އިތުރުން ބައެއް އެހެން ކުޅުންތެރިން ވެސް އެ ލިސްޓުގައި ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރެއާލުން އަންނަ ސީޒަނަށް އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް އައު ކުޅުންތެރިން ހޯދުމަށް ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

ފިރްމީނޯ ވަނީ ލިވަޕޫލަށް ކުޅެދިން 362 މެޗުގައި 111 ލަނޑު ޖަހައިފަ އެވެ. ނަމަވެސް މި ސީޒަނުގައި އަނިޔާގެ ސަބަބުން އޭނާ އަށް ވަނީ ގިނަ މެޗުތައް ގެއްލިފަ އެވެ. މި ސީޒަނުގައި ލިވަޕޫލަށް ކުޅެދިން 35 މެޗުގައި އޭނާ ވަނީ 13 ލަނޑު ޖަހައިފަ އެވެ. ފިރްމީނޯ ވަނީ ލިވަޕޫލާއެކު ކުލަބު ފުޓުބޯޅައިގެ ހުރިހާ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ ވަނީ އެ ޓީމާއެކު ހަތް ތަށި ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު