Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު ބިދޭސީން

ޖޫރިމަނާ ކުރިޔަސް ގޮޅިތަކުގައި ހަމަ ބިދޭސީން

މާލޭ ސިޓީގައި ހުރި ކޮންމެ މާރުކޭޓަކަށް ވަދެ ބަލާލިނަމަވެސް ގިނައީ ބިދޭސީން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 28 މެއި 2023 | އާދީއްތަ 11:06
ދަތުރުވެރިންގެ މާރުކޭޓު

ދަތުރުވެރިންގެ މާރުކޭޓު

މިދިޔަ އަހަރުގެ ޖޫން މަހެވެ. ސިޓީ ކައުންސިލުން ބިދޭސީންތައް ތިބުމުން ބައެއް ގޮޅިތައް ބަންދުކޮށް، އެ ގޮޅިތަކުގެ ވެރިން ޖޫރިމަނާ ކުރިއެވެ. ޖޫރިމަނާ ދެއްކުމުން ބިދޭސީން ތިބުމުން ބަންދުކުރި ގޮޅިތައް ހުޅުވަން ހުއްދަ ވެސް ދިނެވެ. އެތަންތަން ހުޅުވަން ހުއްދަ ދިނީ ބިދޭސީން ނުބޭތިއްބުމަށް ޝަރުތުކޮށްފަ އެވެ. މިކަމަށް މިހާރު އަހަރެއްވާން ކައިރިވެފައިވާއިރު މަންޒަރު ވަކި ބަދަލެއް ނުވެއެވެ. މަންޒަރު ވަކި ތަފާތެއް ނުވެއެވެ. އަދިވެސް މާރުކޭޓު ގޮޅިތަކުގައި ތިބީ ބިދޭސީންނެވެ.

ދަތުރުވެރިންގެ މާރުކޭޓުން އެއްޗެއް ގަތުމަށް ވަދެ އަގު އަހާލިޔަސް ދިވެހިންނަށްވުރެން ނިސްބަތުން ބިދޭސީން ތިބޭ ގޮޅިތައް ގިނައެވެ. މިކަންތައްތައް ހައްލު ކުރާނެކަމަށް ކަމޭބެހޭ މުއައްސަސާތަކުން ބުނި ނަމަވެސް އެންމެ އެކަށީގެންވާ ފިޔަވަޅެއް ނޭޅެއެވެ. އެ ފިޔަވަޅު ނޭޅޭތީ މާލޭ ސިޓީގައި ހުރި ކޮންމެ މާރުކޭޓަކަށް ވަދެ ބަލާލިނަމަވެސް އެތަނުގައި ގިނައީ ބިދޭސީންނެވެ. ކަސްޓަމަރުންނާއި މުއާމަލާތްކޮށް، ފައިސާގެ މުއާމަލާތްތައް ވެސް ކުރަނީ އެމީހުންނެވެ.

ކަން މިހެން ހުރިއިރު ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން އުޅޭތީ އެތަނުގައި ތިބޭ ދިވެހީން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެއެވެ. ރާއްޖޭގައި ފައިސާ ލިބޭ ކޮންމެ ކަމެއްގައި ބިދޭސީންނަށް ހަރަކާތްތެރިވެވުމަކީ ނުހަނު ފަސޭހަކަމެކެވެ. އެއީ ކިތަންމެ ގިނަ ދިވެހިން ހަރަކާތްތެރިވާ ވިޔަފާރިއެއްނަމަވެސް އެފުރުސަތު ބިދޭސީން ނަށް އޮންނަނީ ފަހިވެފައެވެ. އޭގެ ފައިދާ ބިދޭސީން އަންނަނީ ނަގަމުންނެވެ. އެކަން މިއަންނަނީ ހުރިހާ ދާއިރާތަކެއްގައިވެސް ފެންނަމުންނެވެ. ރާއްޖޭގައި ބިދޭސީންގެ މައްސަލަ ބޮޑުވެފައިވާއިރު ޤަވާއިދާ ޙިލާފަށް ވެސް ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ދަނީ ދިރިއުޅެމުންނެވެ.

އެކި ކުށްތަކަށް އަރައިގަންނަ ބިދޭސީންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ރާއްޖޭގައި ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން ކަމަށާއި އެކަން ކުރަނީ ގިނަ ބަޔަކު ހިމެނޭ ގޮތަށް ކަމަށް މީގެކުރިން ފުލުހުން ވެސް ވަނީ ބުނެފައެވެ. ހަށިވިއްކުމުގެ އަމަލުތައް ހިންގުމަށް ދިވެހިންނާއި ގުޅިގެން ބިދޭސީން އެޕާޓްމެންޓްތައް ނަގާ އެތަންތަނަށް ޚަރަދުގައި، އެ އެޕާޓްމެންޓުގައި ތަންތަން ހިންގަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ކުށްކުރާ ބިދޭސީން ބަލަހައްޓާނެ ޑިޓެންޝަން ސެޓަރެއް ނެތުމުން އެ މީހުން ދޫކޮށްލަން ޖެހޭ ކަމަށް ފުލުހުން މިދިޔަ އަހަރު ވަނީ ހާމަކޮށްފައެވެ. އަދި މޮނިޓަރ ކުރަން ޖެހޭ ފަރާތްތަކަށް ބިދޭސީން މޮނިޓަރ ނުކުރެވުމުން ކުށްތައް ތަކުރާރުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި އިޖުތިމާއީ މިންގަނޑާއި ޚިލަފު އަމަލުތައް ހުއްޓުވުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން އިތުރު މައްސަލަތައް ފުލުހުންނަށް ފާހަގަކުރެވުނެވެ. އޭގެ ތެރޭގައި މަގުމަތީގައި މުދާ ބަހައްޓައިގެން ވިޔަފާރި ކުރުމާއި، ފައިސާގެ މައްސަލަ ޖެހޭ ބިދޭސީން ފިލައިގެން އުޅުމާއި، ފައިސާ އަށް ސަލާންޖެހުން ފަދަ މައްސަލަތައް ފާހަގަކުރެވޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. ބިދޭސީން ނެތް ތަނެއް މިހާރު ރާއްޖެއަކު ނެތެވެ. ކޮންމެ ތަނަކުން ޙިދުމަތް ހޯދި ނަމަވެސް އެންމެ ކުރީ ސަފުގައި އުޅެނީ ހަމަ ބިދޭސީންނެވެ. މިކަން ވިލިމާލެ ކަހަލަ ތަންތަނުން ވަރަށް ބޮޑަށް ފެނެއެވެ. މާރުކޭޓު ގޮޅި އެކަންޏެއް ނޫނެވެ. ފިހާރައެއް، ކެފޭ އެއް ރެސްޓޯރަންޓެއް ބޯކޮށާ ތަނެއް، ފަހާތަނެއް ގަރާޖެއް މިއިން ކޮންމެ ތަނަކަށް ބަލާލިއަސް ފެންނަނީ ހުސް ބިދޭސީންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މިއީ، ސީރިއަސް މައްސަލަ ތަކެއް އެކުލެވޭ، ވެރިކަމުގެ ފަރާތުން މިހާރަށް ވުރެ ސީރިއަސްކޮން ވިސްނަން ވެއްޖެ މައްސަލަ އެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު