Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މަސްރަހު

ސިޔާސީގޮތުން ބަލިވުމުން ސިމްޕަތީ ކާޑު ކުޅުމަކީ ފެއިލްވެފައިވާ އުކުޅެއް: އަލީ ޒާހިރު

މިއީ ރައްޔިތުންނަށް ފަރިތަ، ފެއިލްވެފައިވާ އުކުޅަކަށް ނޫނީ ނުވާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 24 މެއި 2023 | ބުދަ 06:54
އަލީ ޒާހިރު

އަލީ ޒާހިރު

ސިޔާސީ ގޮތުން ބަލިވުމުން ސިމްޕަތީ ކާޑު ކުޅުމަކީ މިހާރު ފެއިލްވެފައިވާ އުކުޅެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި އަލީ ޒާހިރު ވިދާޅުވީ ސިޔާސީ ގޮތުން ބަލިވެ، ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން ސިމްޕަތީ ކާޑު ކުޅެ، ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ، ފެއިލްވެފައިވާ އުކުޅަކަށް ނޫނީ ނުވާނެ ކަމަށް ވެސް އޭނާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އަލީ ޒާހިރުގެ ޓްވީޓުގައި ވަކި ބޭފުޅެއްގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީން ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބައެއް ބޭފުޅުން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އަދި ނަޝީދަށް އަމާޒުކޮށްގެން 6 މެއިގައި ދިން ހަމަލާއާ ގުޅިގެން ވެސް ސަރުކާރަށް އެތައް ތުހުމަތުތަކެއް އެފަރާތްތަކުން ދަނީ ކުރަމުންނެވެ.

ކުރީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބައެެއް ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެ، އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ފަށައިފައެވެ. "ދި ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް މިހާރު ވަނީ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފައެވެ. ނަމަވެސް ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.

އަލީ ޒާހިރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލީ ޒާހިރު ރައީސް ޔާމީނަށް: މަނިކުފާނާ މެދު ޝައުގެއް ނެތް

އަލީ ޒާހިރު ރައީސް ޔާމީނަށް: މަނިކުފާނާ މެދު ޝައުގެއް ނެތް

18 އޮކްޓޯބަރު 2022
މިސަރުކާރުން ޚިޔާނާތްތެރި ނުވާނެ، ނުފޫޒު ނުފޯރުވާނެ، އަނިޔާވެރި ނުވާނެ: ރައީސް އޮފީސް

މިސަރުކާރުން ޚިޔާނާތްތެރި ނުވާނެ، ނުފޫޒު ނުފޯރުވާނެ، އަނިޔާވެރި ނުވާނެ: ރައީސް އޮފީސް

26 އެޕްރީލު 2022
ހަޑިހުތުރު ބަހުން ކޮށްފައިވާ ޓްވީޓުތަކަކީ އެކައުންޓް ހެކް ކޮށްގެން ބަޔަކު ކުރި ޓްވީޓުތަކެއް: އަލީ ޒާހިރު

ހަޑިހުތުރު ބަހުން ކޮށްފައިވާ ޓްވީޓުތަކަކީ އެކައުންޓް ހެކް ކޮށްގެން ބަޔަކު ކުރި ޓްވީޓުތަކެއް: އަލީ ޒާހިރު

22 މާރިޗު 2022
އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޣައްދާރުވުމުގެ އަމަލަށް ފުރުސަތެއް ނުދެވޭނެ - އަލީ ޒާހިރު

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ޣައްދާރުވުމުގެ އަމަލަށް ފުރުސަތެއް ނުދެވޭނެ - އަލީ ޒާހިރު

22 ޑިސެމްބަރު 2021

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު