Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކޮނޮމިކް މިނިސްޓްރީ

ދޯނިތަކުގައި ލޮނުފެން ފިނިކުރާ ނިޒާމާއި ސޯލަރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް އެހީދޭން ހުޅުވާލައިފި

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2023 އާ ހަމައަށް ވަނީ ހުޅުވާލާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 12:30
މަސްދޯނިތަކެއް

މަސްދޯނިތަކެއް

މަސް ދޯނިތަކުގައި ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރްއެސްޑަބްލިއު) ނުވަތަ ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، ސޯލަރ ޕަވަރ ސިސްޓަމްތައް ގާއިމުކުރުމަށް ބޭނުންވާ ފައިނޭންސިންގއަށް އެދުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ. މިއީ މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުވާލާފައިވާ ފުރުސަތެކެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ މިއީ ސަރުކާރުގެ ނޫ އިގްތިސާދު ސިޔާސަތުގެ ދަށުން، މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ. މި ޕްރޮޖެކްޓުގެ ސަބަބުން މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން މަސްވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓު ހިންގުމަށް ފިޝަރީޒް މިނިސްޓްރީން އާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އާއެކުވަނީ ސޮއިކޮށްފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދޯނިތަކުގެ ވަތުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކޮށް އިއާދަކުރަނިވި ހަކަތަ އެ އުޅަނދުތަކުގައި ބޭނުން ކުރުމަށް ސޯލަރ ޕަވަރ ސިސްޓަމް ގާއިމް ކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭނެއެވެ. މި ފައިނޭންސިންގ ހަމަޖެހިގެންދާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސްޑީއެފްސީ)ން ހުޅުވާލާ ފައިނޭންސިންގ ސްކީމެއް މެދުވެރިކޮށެވެ.

މިޕްރޮޖެކްޓްގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު ގާއިމުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުންކުރުމަށް ސޯލާރ ޕަވަރ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ފައިނޭންސިންގ ފޯރުކޮށްދިނުމުގެ ޕްރޮގްރާމްގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.  

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް، އަދި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކަށާއި މިހާރުވެސް މަސްވެރިކަން ކުރުމަށް ބޭނުންކުރާ އުޅަނދުތަކަށެވެ. އަދި އެ އުޅަނދު ވާން ޖެހޭނީ 50 ފޫޓަށްވުރެ ދިގު، މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭ ކެޕޭސިޓީ ހުރި އުޅަނދަކަށް ކަމަށާއި އެ އުޅަނދުގައި ފެން ފިނިކުރާ ނިޒާމު ގާއިމުކުރެވޭނެ ޖާގަ ހުންނަންޖެހޭނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރިން ލޯނެއް ނަގާފައިވާނަމަ، އެ ލޯނު ދައްކަމުންދާ ގޮތާއި ދައްކާފައިވާ ގޮތަށް ރިއާޔަތްކުރާނެ ކަމަށްވެސް އެ މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

ފައިނޭންސިންގ ސްކީމްގައި ބައިވެރިވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސްޑީއެފްސީ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓުން ޚިޔާރު ކުރުމުގެ ފުރުސަތު ދޭނެއެވެ. ފައިނޭންސިންގ ފެސިލިޓީގެ އަގު ކަނޑައެޅޭނީ ޚިޔާރު ކުރާ ސިސްޓަމަށް ބިނާކޮށް ކަމަށާއި ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހުން ފެށިގެން 31 ޑިސެމްބަރު 2023 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީ) ގެ ޕޯޓަލް (https://portal.sdfc.mv) މެދުވެރިކޮށް އޮންލައިން ކޮށެވެ.

އެޕްލިކޭޝަންތައް ލިބޭ މިންވަރަކުން ޝަރުތުހަމަވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު