Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު"

ދިވެހިންގެ ނަމުގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ހަރުކަށި ފިޔަވަޅުތަކާއެކު ގަވާއިދެއް

ވިޔަފާރިގެ މަސްއޫލުވެރި ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 02:17
ބިދޭސީންތަކެއް

ބިދޭސީންތަކެއް

ދިވެހިންގެ ނަމުގައި ރަޖިސްޓްރީކޮށްގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކާއެކު އިކޮނޮމިކް މިނިސްޓްރީން ގަވާއިދެއް އެކުލަވައިލައި، އެ ގަވާއިދަށް އަމަލު ކުރަން ފަށައިފިއެވެ.

"އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގަވާއިދު"ގެ ނަމުގައި ހޯމަ ދުވަހު އަމަލުކުރަން ފަށާފައިވާ މި ގަވާއިދަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ބާތިލުކުރުމުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވައިލި ގަވާއިދެކެވެ. އެގޮތުން "އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު" ގެ ދަށުން ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް މަންފާ ލިބޭގޮތަށް، އެއްވެސް ފަރާތަކުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ޤަވާއިދުގައިވާގޮތުން، އަމިއްލަ ވިޔަފާރީގެ މުޢާމަލާތަކާ ގުޅިގެން ބިދޭސީއެއްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރާކަމުގެ ހެކި ހުރެއްޖެނަމަ، އެ ވިޔަފާރިއަކީ ސިދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީއަކަށް މަންފާ ލިބޭ ވިޔަފާރިއެއްކަމަށް ކަނޑައަޅައި، ފިޔަވަޅު އެޅުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާއަށް ލިބިގެންވެއެވެ. އެގޮތުން، އެފަދަ މައްސަލައެއް ސާބިތުވެއްޖެނަމަ، ވިޔަފާރިގެ މަސްއޫލުވެރި ފަރާތް 100،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މީގެ އިތުރުން ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށް، ފަސް އަހަރުގެ މުއްދަތަށް، "އަމިއްލަ ފަރުދުންގެ ވިޔަފާރީ"ގެ ގޮތުން ވިޔަފާރިއެއް ރަޖިސްޓްރީ ނުކުރެވޭ މީހެއްގެ ގޮތުގައި އެމީހަކު ކަނޑައެޅުމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މިފަދަ ކަމަކާއި ގުޅިގެން އެއްވެސް ވިޔަފާރިއެއްގެ ރެޖިސްޓްރީ ބާތިލުކޮށްފިނަމަ، އޭގެ ސަބަބު އާއްމުކޮށް އަންގާ އިއުލާންކުރާނެއެވެ.

މި ގަވާއިދުގެ ދަށުން ބިދޭސީއަކު އޭނާގެ ބޭންކު އެކައުންޓަށް ފައިސާ ޖަމާކުރާ އިރު އަދި ރާއްޖެއިން ބޭރަށް ފައިސާ ގެންދިއުމަށް އެދޭ ކޮންމެ ހާލަތެއްގައި، އެ ފަރާތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ޑިކްލެއާކޮށްފައިވާ އަދަދާ ނުބައްދަލު މުއާމަލާތްތައް ހުއްޓުވައި، އެފަދަ މުއާމަލާތްތަކަކީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މުއާމަލާތްތަކެއްގެ ގޮތުގައި ޝައްކުކުރެވޭނަމަ އެފަދަ މުއާމަލާތްތައް "މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު" ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް އެންގުމަކީ ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރި ބޭންކުތަކުގެ ޒިންމާއެކެވެ.

އިކޮނޮމިކް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025
ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

ޓްރޭޑްމާކުގެ ހައްޤުތަކާއި ގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރަނީ

05 މެއި 2024

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު