Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުނަވަރު ޕްރޮގްރާމް

އެމްޓީސީސީން ވެލްޑަރުން ތަމްރީން ކުރުމަށް 3 އަތޮޅެއްގައި އޯޕަންޑޭ ބާއްވަނީ

މި ޕްރޮގްރާމުގެ ދަށުން 15 ވެލްޑަރުން ތަމްރީން ކުރާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 މެއި 2023 | ބުދަ 07:47
އެމްޓީސީސީގެ ވެލްޑަރެއް

އެމްޓީސީސީގެ ވެލްޑަރެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިިން ހިންގަމުން އަންނަ "ހުނަވަރު" ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމަށް ތިން އަތޮޅެއްގައި އޯޕަންޑޭ ބާއްވަން ނިންމައިފިއެވެ.

މި މަހުގެ 18އިން 27 އަށް ބާއްވާ މި ސެޝަންތައް ކުރިއަށްދާނީ ލާމު އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި މި ޕްރޮގްރާމުގެ ދަށުން ތަމްރީން ކުރާ ބައިވެރިން ހޯދުމަށް ރާއްޖޭގެ އެހެން އަތޮޅުތަކުގައި އޯޕަންޑޭތަކެއް ކުރިއަށްގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement - newsAdvertisement

ހުނަވަރު ޕްރޮގްރާމުގެ ދަށުން ވެލްޑަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމަކީ އެމްޓީސީސީގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޝަނަށް ބޭނުންވާ ވެލްޑަރުން ހޯދަން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެހެންކަމުން މި ޕްރޮގްރާމުގެ ދަށުން 15 ވެލްޑަރުން ތަމްރީން ކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޝަނުގެ މަސައްކަތަތައް ވަރަށް ބޮޑަށް ފުޅާވެ، ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިން އެފަދަ ދާއިރާތަކުން ތަމްރީނުކޮށް ފަންނީ މަސައްކަތުގައި ބިދޭސީންނަށް އޮތް ބަރޯސާވުން ވީހާވެސް ކުޑަކުރަން ބޭނުންވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ތިން މަސްދުވަހުގެ މުއްދަކަށް ކުރިއަށްގެންދާ ވެލްޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމު ނިންމާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ތަމްރީނުވެ، ވަޒީފާއަށް ހޮވޭ ފަރާތްތައް ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީނުވުމުގެ ފުރުސަތު ވެސް ފަހިކޮށްދިނުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމުގައި ބޮޑަށް އަހައްމިޔަތުކަން ދޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު ތަރައްގީކުރުމަށް ކަމަށާއި އެގޮތުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގ މަސައްކަތުގެ ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދެ ޖިންސުގެ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ޖިސްމާނީ ގޮތުން ދުޅަހެޔޮ، ކަނޑުމައްޗަށް ފަރިތަ، 25 އަހަރުން ދަށުގެ ފަރާތްތަކަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެއެވެ.

މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ތަމްރީނުގެ މުއްދަތުގެ ތެރޭގައި 5000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވެންސާއި 3000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވެންސެއް ދޭނެއެވެ. މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓުޔާޑުގައެވެ.

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމަކީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 2022 ވަނަ އަހަރު ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ހުނަވަރު ލައިސެންސިންގ އަދި ޓެކްނިކަލް ސްކިލްސް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 122 ފަރާތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވެއެވެ. މީގެ ތެރޭގައި 13 އަންހެނުން ހިމެނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިފަދަ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދީ، ވީހާވެސް ގިނަ ޒުވާނުން ވަޒީފާގެ މައިދާނަށް ނެރުމެވެ. އަދި މަސައްކަތުގެ މައިދާނުގައި ބޭނުންވާ ފަންނާއި ހުނަރު ތަރައްގީކުރުމަކީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ދެކިގެން އެ ފުރުސަތުތައް ދިވެހި މުޖުތަމައަށް ފޯރުކޮށްދިނުމުގަިއ ރާއްޖޭގެ އެންމެ ކުރީ ސަފުގައި ތިބުމަކީ އަމާޒެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާގައި ރާއްޖެއިން އަސްކަރީ ތަމްރީންތަކެއް ހަދަނީ

އިންޑިއާގައި ރާއްޖެއިން އަސްކަރީ ތަމްރީންތަކެއް ހަދަނީ

14 ޑިސެމްބަރު 2017
އެފްބީއައިގެ ތަމްރީން ތަކެއްގައި ދެ ފުލުހަކު ބައިވެރިވަނީ

އެފްބީއައިގެ ތަމްރީން ތަކެއްގައި ދެ ފުލުހަކު ބައިވެރިވަނީ

28 ނޮވެމްބަރު 2017
އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

އިމްޕޯޓް، އެކްސްޕޯޓަށް ހޭދަވާ ވަގުތު ބެލުމަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

20 ނޮވެމްބަރު 2017
ޓިވެކް ކޯސްތަކުގެ އޯޕަންޑޭ މި މަހު 21 އަދި 28 ގައި

ޓިވެކް ކޯސްތަކުގެ އޯޕަންޑޭ މި މަހު 21 އަދި 28 ގައި

19 އޮކްޓޯބަރު 2017
ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި

ޑޮކްޓަރުން ތަމްރީން ކުރުމަށް ޒަކާތު ފަންޑުން ޚަރަދުކުރުމަށް މަޝްވަރާކޮށްފި

12 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު