Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާދޭ، ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށްދޭ

13 މެއި 2023 | ހޮނިހިރު 05:44

ވެއިޓިންގ ލިސްޓް ވަނީ ކުޑަކުރެވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 މެއި 2023 | ހޮނިހިރު 05:44
ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގައި ޑޮކްޓަރަކު ބަލި މީހަކު ބައްލަވަނީ

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގައި ޑޮކްޓަރަކު ބަލި މީހަކު ބައްލަވަނީ

ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނަ ކަމަށާއި، މީހުން ބެލުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ސަރުކާރުން ބުނެފިއެވެ.

މިމަހުގެ 11 ވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ, ނަފްސާނީ ބަލިތަކަށް ޚާއްސަ ސަމާލުކަމެއްދީގެ ފަރުވާގެ ނިޒާމު ފުޅާކުރީ މިސަރުކާރުން ކަމަށެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާއަކީ މީގެކުރިން އަޅާލާފައިވާ ދާއިރާއެއް ނޫންކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، މާލޭގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ސަރަހައްދެއްގައި މި ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން ދާކަމަށެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ދާއިރާ ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި މިއުވާން ވިދާޅުވީ، މިދާއިރާއަށް މީހުން ތަމްރީން ކުރުމާއި، ޚިދުމަތްތައް ދިނުމަށް ބޭނުންވާ އާލަތްތައް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމުގައި އިންސާނީ ވަސީލަތް މުހިންމުކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއުވާން ވިދާޅުވީ އައިޖީއެމްއެޗްގައި ނަފްސާނީ ބައްޔަށް ޚާއްސަ ޑިޕާޓްމަންޓެއް ހުޅުވި، ފަރުވާ ދޭން ފެށުމާއެކު، ފަރުވާއަށް ބޭނުންވާ ގިނަ ބަޔަކު ލިސްޓުގައި ޖެހުނުކަމަށެވެ. އެއީ ދިގު ލިސްޓެއް ކަމަށާއި، މިހާރު ބަލި މީހުން ބަލަމުން ގޮސް، އެލިސްޓް ވަރަށް ބޮޑަށް ކުޑަ ކުރެވިފައިވާކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތުގައިވެސް ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް އެބަހުރިކަމަށެވެ. ނަމަވެސް މަސައްކަތްކުރަނީ ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންނަށް އެކަށީގެންވާ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި ނޭޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ހުޅުވީ 25 މާރޗް 2019ގައެވެ. މި ސެންޓަރަކީ ޓަރޝަރީ ފެންވަރުގައި ވަށާޖެހޭ ޚިދުމަތްތައް ފޯރުކޮށްދެވޭ، ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ޚާއްސަ ކުރެވިގެން ރާއްޖޭގައި ހުޅުވުނު ހަމައެކަނި ސެންޓަރެވެ. މަދު އަދަދެއްގެ ސިއްހީ މާހިރުންނާއެކު ފެށި އެ ސެންޓަރުން ފުރަތަމަ އަހަރު އެކަނިވެސް މުޅި ޖުމްލަ 7246 ކޮންސަލްޓޭޝަން ކުރިއަށް ގެންދިޔަކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ނަފްސާނީ ބަލި މީހުންނަށް އެނދުމަތިކޮށްގެން ޚިދުމަތް ދޭ އިންޕޭޝަންޓް ކެއަރ ޔުނިޓު، 2022 ވަނަ އަހަރުގެ ޖޫން މަހު ހުޅުވާފައިވާއިރު، އެ ޔުނިޓުން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 188 މީހުން އެޑްމިޓުކޮށްގެން ފަރުވާ ދީފައިވާކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި މި އަހަރުގެ މިހާތަނަށް 66 މީހުން އެޑްމިޓުކޮށްގެން ވަނީ ފަރުވާ ދީފައެވެ. އެޑްމިޓްކޮށްގެން ދެވޭ ނަފްސާނީ ފަރުވާތަކުގެ ތެރޭގައި؛ ޓެސްޓުކުރުމާއި ބަލި ދެނެގަތުން، ފަރުވާދިނުން، ސައިކޯއެޑިއުކޭޝަން އަދި ރީހެބިލިޓޭޓްކުރުން ފަދަ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ޖަމިއްޔާތައް, އަދި ކަމާބެހޭ އދ.ގެ ޖަމިއްޔާތަކާ ގުޅިގެން ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. މިގޮތުން، ނަފްސާނީ ބަލި ތަހައްމަލުކުރާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ބޭނުންވާ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެގޮތުން، އެންސީއެމްއެޗްގެ އިތުރުން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތައް ސަރަހައްދީ ފެންވަރުގައި ގާއިމުކޮށް، ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ޚިދުމަތްތައް އެކުލަވާލުމުގެ މުހިންމުކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
19 ޖެނުއަރީ 2017

ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!

19 ޖެނުއަރީ 2017
ބްރޯޑްކާސްޓިން ކޮމިޝަނުން އެންމެ މަގްބޫލް ޗެނަލާއި އެންމެ މަގްބޫލް ޕްރެސެންޓަރު ހޮވަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް