Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިންޓަރ އޮފީސް ވޮލީ މުބާރާތް

ސެމީ ފައިނަލާއި ފައިނަލް މެޗު އިންޑޯ އަށް ބަދަލުކޮށްފި

މި ބަދަލު ގެންނަން ޖެހުނީ ވިއްސާރައިގެ ސަބަބުން، ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުދެވިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 01:51
އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި އެމްއެންޑީއެފް އަދި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން

އިންޓަރ އޮފީސް ވޮލީ ބޯޅަ މުބާރާތުގައި އެމްއެންޑީއެފް އަދި ވެމްކޯ ކުޅުނު މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ވޮލީބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި، ފައިނަލް މެޗު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅެން ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

މިހާތަނަށް މުބާރާތުގެ މެޗުތައް ކުޅެމުން އައި ހުޅުމާލޭ ވޮލީ ކޯޓުގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ މެޗުތަކެއް މީގެ ކުރިން ވެސް ވަނީ ވިއްސާރައިގެ ސަބަބުން ފަސްކޮށްފަ އެވެ. ސެމީ ފައިނަލާ ހަމަ އަށް މުބާރާތް އައިސްފައިވާއިރު، ސެމީ ފައިނަލް މެޗު އެންމެ ފުރަތަމަ ތާވަލްކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު އަދި ރޭގަނޑު ކުޅުމަށެވެ. ނަމަވެސް ވިއްސާރައިގެ ސަބަބުން ސެމީ ފައިނަލްގެ ދެ މެޗު ވަނީ ހުކުރު ދުވަހުގެ ހަވީރު އަދި ރޭގަނޑަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް ވިއްސާރައިގެ ސަބަބުން ހުކުރު ދުވަހު ވެސް މެޗުތައް ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.

އެހެންކަމުން މުބާރާތް ހިންގާ ކޮމެޓީން ނިންމީ ސެމީ ފައިނަލްގެ ތިން މެޗާއި، ފައިނަލް މެޗު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލަށް ބަދަލު ކުރުމަށެވެ. މުބާރާތް ކުރިއަށް ގެންދަނީ ތިން ސެމީ ކުޅޭ އުސޫލުންނެވެ. އެހެންކަމުން ދެ ވަނަ ސެމީ ފައިނަލް މެޗު އޮންނާނީ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވީރު އެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޕޮލިސް އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރެޝާން (ވެމްކޯ) އެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ރޭއެވެ. އެ މެޗުގައި ބައްދަލު ކުރާނީ އާބަންކޯ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ. ތިން ވަނަ ސެމީ ކުޅުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 18 ވަނަ ދުވަހުގެ ރޭއެވެ. އެ މެޗުގައި ބައްދަލު ކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުން ބަލިވާ ޓީމާއި، ދެ ވަނަ ސެމީ އިން މޮޅުވާ ޓީމެވެ. އެއަަށްފަހު މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މެއި މަހުގެ 20 ވަނަ ދުވަހުގެ ރޭ އެވެ.

އެކަމާ ގުޅިގެން ވީއޭއެމުން ބުނީ، މި ބަދަލު ގެންނަން ޖެހުނީ ވިއްސާރައިގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް، މި ބަދަލާއެކު މުބާރާތުގެ ފޯރި ގަދަވެ، ޓީމުތަކުގެ ސަޕޯޓަރުންގެ ސަޕޯޓު އިތުރަށް ފެނިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު