Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮލިޓީ ކޮންޓްރޯލް ވޯކްޝޮޕް

އެއަރޕޯޓުގައި ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕެއް ފަށައިފި

މިއީ 5 ދުވަހަށް ކުރިއަށްގެންދާ ވޯރކްޝޮޕެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 11:11
ކޮމްބައިން ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕްގެ ބައިވެރިން

ކޮމްބައިން ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕްގެ ބައިވެރިން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި "ކޮމްބައިން ކޮލިޓީ ކޮންޓްރޯލް ވޯރކްޝޮޕް" ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

މިއީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންއާއި އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ ރީޖަނަލް އޮފީސް ކަމުގައިވާ ކޯރޕަރޭޓް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމް– އޭޝިޔާ ޕެސިފިކް ގުޅިގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ

Advertisement - newsAdvertisement

05 ދުވަހުގެ މުއްދަތަށް، ޖުމްލަ 20 ބައިވެރިންނާއިއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓްރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އަދި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތައް އޮޕަރޭޓްކުރާ ފަރާތްތަކުގެ އިތުރުން ތައިލެންޑް، މެލޭޝިޔާ، އަދި ސިންގަޕޫރުގެ އޭވިއޭޝަން ސެކިއުރިޓީ ކޮލިޓީ ކޮންޓްރޯލާ ގުޅުންހުރި މަސައްކަތްކުރާ މުވައްޒަފުން ބައިވެރި ވެފައިވެއެވެ. 

މިޕްރޮގްރާމްގެ މަގުސަދަކީ، އެއަރޕޯރޓްތަކުގައި އެވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި ކަންކަން ތަންފީޒުކުރެވިގެންދަނީ ގައުމުތަކުގެ ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރާ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އިތުރު ކުރުމުވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން، ޑައިރެކްޓަރ ޖެނެރަލް އޮފް އޭވިއޭޝަން ސެކިއުރިޓީ ހުސައިން ނަޒީފް ވިދާޅުވީ، ގައުމީ ސަލާމަތުގެ ވިއުގައިގާ އޭވިއޭޝަން ސެކިއުރިޓީގެ މުހިއްމުކަމަށްޓަކައި، ދިވެހި ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ދެވޭ ސަލާމަތީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހަރުދަނާ ކުރުމަށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށާއި މި ވިއުގާގައި ހިމެނޭ އެންމެހައި ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ނުހަނު ބާރު އަޅުއްވާކަމަށެވެ.

މިޕްރޮގްރާމް ފަރުމާކޮށްފައިވަނީ ބައިވެރިން ތަމްސީލްކުރާ ގައުމުތަކުގައި އެވިއޭޝަން ސެކިއުރިޓީ ކޮލިޓީ ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭ ގޮތްތަކާއި އެ ގައުމުތަކުގެ ތަޖުރިބާ ޕްރޮގްރާމްގެ ބައިވެރިންނަށް ހިއްސާކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސް ބައިވެރިންނަށް ބުނެދެވިގެންދާނެ ގޮތަށެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މި ސިނާއަތުގައި ހަރަކާތްތެރިވާ އެއަރޕޯޓް، އެއަރލައިން، އަދި ޚިދުމަތް ހޯދާ އާއްމު ފަރާތްތަކަށް ސަލާމަތީގޮތުން އިތުބާރު ހިފޭ ޚިދުމަތެއް ލިބުމަށް މަގުފަހިވުމުގެ ނަތީޖާއެއްގެގޮތުން މި ސަރަހައްދުގެ ވައިގެ ދަތުރު ފަތުރުގެ ސިނާއަތް އިތުރު ހަލުވިމިނެއްގައި ތަރައްގީވުމަށް މަގުފަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ ފަންނީ ތަޖްރިބާކާރު މުދައްރިބުންނެވެ. ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި އިދާރާތަކާއި އެއަރޕޯޓް އޮޕަރޭޓް ކުރާފަރާތްތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން، ކުޑަ ޚަރަދަކުން ބައިނަލްއަގުވާމީ ފެންވަރަށް ތަމްރީނުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް މިނިސްޓްރީން ބުނެއެވެ.  

މިނިސްޓްރީ އޮފް ޑިފެންސްވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025
މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

މާލެ މަތިން އިވުނު ބާރުގަދަ އަޑުފަށްގަނޑު - އިޓަލީގެ އަސްކަރީ 5 އުޅަނދެއް ވީއައިއޭއަށް ޖައްސައިފި

02 ޖުލައި 2024
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

17 މެއި 2024
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި

ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފަކު ޝަރުތުތަކާއެކު ދޫކޮށްލައިފި

07 އެޕްރީލު 2024
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ހުޅުވައިފި

15 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު