Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޯލާރ ހަރުކުރުމުގެ މަސައްކަތް

ސޯލާރ ހަރުކުރުމަށް ގޭގެ ފުރާޅު ސްޓެލްކޯއަށް ކުއްޔަށް ދޫކުރުމަށް އެދިއްޖެ

ހަރުކުރެވޭ ކޮންމެ 1 ކިލޯވޮޓްގެ ސޯލާރއަކަށް 180.69 ރުފިޔާ ކުލި މަހަކު ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 މެއި 2023 | އާދީއްތަ 11:18
ސްޓެލްކޯއިން ފުރާޅުގައި ސޯލާރ ޕެނަލް ހަރުކުރަނީ

ސްޓެލްކޯއިން ފުރާޅުގައި ސޯލާރ ޕެނަލް ހަރުކުރަނީ

ސޯލާރ ހަރުކުރުމަށް ގޭގެ ފުރާޅު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އަށް ކުއްޔަށް ދޫކުރުމަށް އެކުންފުނިން އެދިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، އިއާދަ ކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ސޯލާރ ޕެނަލް ހަރުކުރުމަށް ގޭގެ ފުރާޅު ކުއްޔަށް ހިފުމަށް ނިންމާފައިވާ ކަމަށާއި، އެފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ އަވިކަތަ ޕްރޮގްރާމަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ސަރުކާރުގެ ނެޓްޒީރޯގެ އަމާޒަށް ވާސިލްވުމަށް ހުޅުވުނު ދޮރެއް ކަމަށެވެ.

މިއީ ކަސްޓަމަރުންގެ ފުރާޅު ކުއްޔަށް ދީގެން ކޮންމެ މަހަކު އާމްދަނީއެއް ހޯދުމުގެ ފަހި ފުރުސަތެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނީ ކުންފުންޏާއި، ކަސްޓަމަރަށްވެސް ތިމާވެށި ހިމާޔަތްކުރުމުގައި ހިއްސާވެވޭނެ ކަމަށެވެ.

ސްޓެލްކޯއިން ބުނީ ހަރުކުރެވޭ ކޮންމެ 1 ކިލޯވޮޓްގެ ސޯލާރއަކަށް 180.69 ރުފިޔާ ކުލި މަހަކު ލިބޭނެކަމަށެވެ.

ސޯލާރ ހަރުކުރުމުގެ ހުރިހާ ޚަރަދެއް ކުރާނީ ސްޓެލްކޯއިންނެވެ.

މި ޕްރޮގްރާމުގެ ދަށުން ކުއްޔަށް ދޭ ފުރާޅު ވާންވާނީ ފަސޭހައިން އަވި ލިބުމާއި، ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުންނަ ފުރާޅަކަށެވެ.

އަވިކަތަ ޕްރޮގްރާމުގައި ބައިވެރިވާން ފޯމް ހުށައަޅާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ބެލުމަށްފަހު ލޮކޭޝަން ދިރާސާކޮށް އެކަމަށް ހުށަހަޅާ ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެއެވެ. އެއަށްފަހު ސޯލާރ ޕެނަލް ހަރުކޮށްދިީ، ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ސްޓެލްކޯއިން ކޮންމެ މަހަކުވެސް ކުލީގެ ފައިސާ ޖަމާކުރާނެއެވެ.

އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ސްޓެލްކޯއިން އަންނަނީ 2020 ވަނަ އަަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ.

ސޯލާ ހަކަތަ

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2023

މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ

29 ނޮވެމްބަރު 2023
މަގޭ ސޯލާ ޕްރޮގްރާމް: އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސޯލާތައް ލިބޭވަރުވާނެ
28 ނޮވެމްބަރު 2023

ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި

28 ނޮވެމްބަރު 2023
ސޯލާ ހަކަތައިން ކަރަންޓު އުފައްދައި ބޭނުންކުރުމަށް ގޭބިސީތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން "މަގޭ ސޯލާ" އިފްތިތާޙުކޮށްފި
11 މެއި 2023

20 ރަށެއްގައި 20 މެގަވޮޓުގެ، އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރަނީ

11 މެއި 2023
20 ރަށެއްގައި 20 މެގަވޮޓުގެ، އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރަނީ
06 ފެބުރުއަރީ 2023

މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް

06 ފެބުރުއަރީ 2023
މި 5 އަހަރުގެ ތެރޭ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ: ރައީސް
14 ޑިސެމްބަރު 2022

މި 4 އަހަރުތެރޭގައި އިއާދަކުރަނިވި ހަކަތަ 37 މެގަވޮޓަށް އިތުރު ކުރެވިއްޖެ - އެންވަޔަރމަންޓް މިނިސްޓްރީ

14 ޑިސެމްބަރު 2022
މި 4 އަހަރުތެރޭގައި އިއާދަކުރަނިވި ހަކަތަ 37 މެގަވޮޓަށް އިތުރު ކުރެވިއްޖެ - އެންވަޔަރމަންޓް މިނިސްޓްރީ
16 ސެޕްޓެމްބަރު 2022

އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި

16 ސެޕްޓެމްބަރު 2022
އެސްޓީއޯ ކާޑު ގުދަނުގައި ސޯލާ ޕީވީ ސިސްޓަމް ގާއިމްކޮށް، އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ފަށައިފި
04 ޖޫން 2022

ސޯލާ ހަކަތައިން ދުއްވާ، ކަޓަމަރާން ޕެސެންޖަރ ފެރީއެއް ބަންނާނެ ފަރާތެއް ހޯދަނީ

04 ޖޫން 2022
ސޯލާ ހަކަތައިން ދުއްވާ، ކަޓަމަރާން ޕެސެންޖަރ ފެރީއެއް ބަންނާނެ ފަރާތެއް ހޯދަނީ
03 ފެބުރުއަރީ 2022

މޫދުގައި ސޯލަރ ޕެނަލް ޤާއިމްކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއު މިއަހަރު ނޫނީ އަންނަ އަހަރު ފެށޭނެ: ޝައުނާ

03 ފެބުރުއަރީ 2022
މޫދުގައި ސޯލަރ ޕެނަލް ޤާއިމްކޮށްގެން ހަކަތަ އުފެއްދުމުގެ މަޝްރޫއު މިއަހަރު ނޫނީ އަންނަ އަހަރު ފެށޭނެ: ޝައުނާ
05 ޖެނުއަރީ 2022

މިދައުރު ނިމިގެންދާއިރު ސޯލާ އެނާޖީ ބޭނުންކުރެވޭ މިންވަރު 52 މެގަވޮޓަށް ބަދަލުވާނެ: ރައީސް ސާލިހު

05 ޖެނުއަރީ 2022
މިދައުރު ނިމިގެންދާއިރު ސޯލާ އެނާޖީ ބޭނުންކުރެވޭ މިންވަރު 52 މެގަވޮޓަށް ބަދަލުވާނެ: ރައީސް ސާލިހު
02 ޖެނުއަރީ 2022

ދުވާފަރުގައި ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފި

02 ޖެނުއަރީ 2022
ދުވާފަރުގައި ސޯލާ ޕަވަރ ސިސްޓަމެއް ހަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު