Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުވާރުމަތީގައި ވިޔަފާރި ހިންގުން

ދުވާރުމަތީގައި ގޮނޑިއާއި މޭޒު ޖަހައިގެން ވިޔަފާރިކުރުން ހުއްޓާލަން އަންގައިފި

7 މެއި 2023 | އާދީއްތަ 02:25

ހުޅުމާލޭގެ 34 މަގެއްގެ ދުވާރުމަތީގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 މެއި 2023 | އާދީއްތަ 02:25
ހުޅުމާލޭގެ މަގެއްގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒު

ހުޅުމާލޭގެ މަގެއްގެ ދުވާރުމަތީގައި ބަހައްޓާފައި ހުރި މޭޒު

ހުޅުމާލޭގައި ހިންގަމުންދާ ކެފޭތަކުން ދުވާރުމަތީގައި ގޮނޑިއާއި މޭޒު ޖަހައިގެން ވިޔަފާރިކުރާތީ އެކަން ހުއްޓާލުމަށް އާބަންކޯއިން އަންގައިފިއެވެ.

މިކަމާއި ގުޅިގެން އާބަންކޯއިން ބުނީ ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކް-އަވޭ ޝޮޕްތަކަށް އެ ކުންފުނިން ދީފައިވާ ހުއްދައާ ޚިލާފަށް އެ ފަރާތްތަކުން އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ބައެއް ކެފޭ އަދި ޓޭކް-އަވޭ ފިހާރަތަކުން މަގުގެ ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައި އެތަނުގައި ވެސް ކެފޭ ޚިދުމަތް ދެމުން އަންނަ މައްސަލަ ފާހަގަވެފައިވާކަމަށާއި، މިކަމުގެ އުނދަގޫ އާންމުންނަށް ވެސް ފޯރާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލާގައި އެ ކުންފުނިން ބެލި ބެލުމުން ހުޅުމާލޭގެ 34 މަގެއްގެ ދުވާރުމަތީގައި 183 މޭޒު ބަހައްޓައި ޚިދުމަތްދެމުން އަންނަކަން އެނގިފައިވާކަމަށް އާބަންކޯއިން ބުނެއެވެ. އަދި މިކަން ހައްލުކުރުމަށް ޓަކައި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންގާ ފަރާތްތަކަށް އަންގާފަައިވާކަމަށް އާބަންކޯއިން ބުނެއެވެ.

ދުވާރުމައްޗަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިފަދަ ކަންކަން ނުކުރުމަށް އާބަންކޯއިން ވަނީ އެދިފައެވެ.

އާބަންކޯއިން ބުނީ ޓޭކް-އަވޭ ވިޔަފާރިއާއި ކެފޭ ޚިދުމަތްތަކަށް ހުއްދަ ދެމުންދަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިތްހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ. އަދި މިފަދަ ޚިދުމަތްތައް ދިނުމަށް ހުސް ޖާގަތައް އާންމުންނަށް އަދިވެސް ބޭނުންވާކަން ފާހަގަވެފައިވާތީ، އެފަދަ ފުރުސަތު ވެސް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން އާބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

02 މާރިޗު 2018

ބައްޕަޔާއި ދަރިފުޅުގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިގެން ހޮސްޕިޓަލަށް

02 މާރިޗު 2018
ބައްޕަޔާއި ދަރިފުޅުގެ ގަޔަށް ޕެޕަރ ސްޕްރޭ ޖަހައިގެން ހޮސްޕިޓަލަށް
28 ޖެނުއަރީ 2018

މިފްކޯގެ އޮޑިޓްކުރުމަށްފަހު ދިން ރިޕޯޓްއޮތީ ރައީސްގެ މޭޒުކޮޅުމަތީކަމަށް ވިދާޅުވެ މެމްބަރު ސިނާންގެ ބަހުގެ ހަމަލާތައް ރައީސް ޔާމީނަށް!

28 ޖެނުއަރީ 2018
މިފްކޯގެ އޮޑިޓްކުރުމަށްފަހު ދިން ރިޕޯޓްއޮތީ ރައީސްގެ މޭޒުކޮޅުމަތީކަމަށް ވިދާޅުވެ މެމްބަރު ސިނާންގެ ބަހުގެ ހަމަލާތައް ރައީސް ޔާމީނަށް!
20 ނޮވެމްބަރު 2017

ދެން ރިޔާސަތު މޭޒު ކައިރިއަށް ވެސް ދާނަން، އަޅުގަނޑުމެން ދާން ފެށީމައި ބަދަލު ފެންނާނެ: ޝަރީފް

20 ނޮވެމްބަރު 2017
ދެން ރިޔާސަތު މޭޒު ކައިރިއަށް ވެސް ދާނަން، އަޅުގަނޑުމެން ދާން ފެށީމައި ބަދަލު ފެންނާނެ: ޝަރީފް
04 އޯގަސްޓު 2017

މަޖިލިސް ރައީސްގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހަނީ!؟

04 އޯގަސްޓު 2017
މަޖިލިސް ރައީސްގެ މޭޒުކޮޅު ވަށައިގެން ބިއްލޫރި ކޮށްޓެއް ޖަހަނީ!؟
29 ޖުލައި 2017

ބޮލަށް ވަޅިޖަހައިގެން ފަރުވާދެމުން ދިޔަ ޒުވާނާ މަރުވެއްޖެ!

29 ޖުލައި 2017
ބޮލަށް ވަޅިޖަހައިގެން ފަރުވާދެމުން ދިޔަ ޒުވާނާ މަރުވެއްޖެ!
28 ޖުލައި 2017

ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި

28 ޖުލައި 2017
ބަނޑަހަޖަހައިގެން ތިބުމަށް ފަހު ފުލުހުން ކުނޫޒު ދޫކޮށްލައިފި
24 ޖުލައި 2017

ގޮނޑިި ގެއްލުވާލި މެންބަރުންގެ ނަންބޯޑްތައް މޭޒުކޮޅުތައް މަތިން ނަގަން އަންގައިފި

24 ޖުލައި 2017
ގޮނޑިި ގެއްލުވާލި މެންބަރުންގެ ނަންބޯޑްތައް މޭޒުކޮޅުތައް މަތިން ނަގަން އަންގައިފި
06 އެޕްރީލު 2017

ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި

06 އެޕްރީލު 2017
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
05 މާރިޗު 2017

ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ

05 މާރިޗު 2017
ޕީޕީއެމުން ނޯތު ހާބަރުގައި ޓެންޓް ޖަހައިގެން ވޯޓް ރީރެޖިސްޓާކުރުން ކުރިއަށް ގެންދަނީ
03 މާރިޗު 2017

ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް

03 މާރިޗު 2017
ފ.އަތޮޅު ވިއްކާލައިފިނަމަ އެ ސަރަހައްދަށް ވަދެވޭނީ ވިސާ ޖަހައިގެން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް