Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީ

މެސީގެ ސަސްޕެންޝަންގެ ވާހަކަދައްކަން ކޯޗު ގަލްޓިއޭ ބޭނުމެއް ނުވި

އެކަމުގައި މުޅި ކުލަބާއެކު މަޝްވަރާ ކުރަން ޖެހޭނެ، މެސީ އަކީ މިވަގުތަށް ބަލާއިރު އެންމެ މުހިންމު އެއް ފަރާތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މެއި 2023 | ހުކުރު 19:12
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަދި މެސީ

ޕީއެސްޖީގެ ކޯޗު ގަލްޓިއޭ އަދި މެސީ

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ކުލަބުން ދީފައިވާ ސަސްޕެންޝަންގެ ވާހަކަ ދެއްކުމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ދެކޮޅު ހަދައިފި އެވެ.

ޕީއެސްޖީގެ ހުއްދަ ނެތި މެސީ ސައުދީ އަރަބިއްޔާ އަށް ދަތުރު ކުރުމުން އެ ކުލަބުން ވަނީ އޭނާ ދެ ހަފްތާގެ މުއްދަތަކަށް ސަސްޕެންޑުކޮށްފަ އެވެ. އެ މުއްދަތުގައި ޕީއެސްޖީން މުސާރައެއް ވެސް ނުދޭނެ އެވެ. އެކަމާ ގުޅިގެން މެސީ އާއި ޕީއެސްޖީއާ ދެމެދު ވަނީ މަައްސަލަ ބޮޑުވެފަ އެެވެ.

ފްރާންސް ލީގުގައި ޓްރޮޔީސްއާ ދެކޮޅަށް ކުޅޭ މެެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ގަލްޓިއޭ އަށް އެ ސުވާލު ބަރިޔަކަށް "އޮއްސާލައިފަ" އެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން ގަލްޓިއޭ ބުނީ، މިދިޔަ ހަފްތާގެ ތެރޭގައި މެސީ އަށް ސަސްޕެންޝަނެއް ދިނުމަށް ނިންމާފައިވާ ކަމަށް ކުލަބުން އޭނާ އަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އޭނާއާ އިތުރު މަޝްވަރާއެއް ނުކުރާ ކަމަށް ވެސް ގަލްޓިއޭ ވަނީ ބުނެފަ އެވެ. އިތުރަށް އޭނާ ބުނީ، މިހާރު އޭނާ ނިންމާފައި ވާނީ އެ ހާދިސާއާ ގުޅުވައިގެން އިތުރު އެހެން އެއްވެސް ކޮމެންޓެއް ނުކުރުމަށެވެ.

ދެ ހަފްތާގެ ސަސްޕެންޝަނަށް ފަހު މެސީ އަލުން ޕީއެސްޖީގެ ސްކޮޑާ ގުޅޭނެ ކަމަށް ބެލެވޭއިރު، ބާކީ އެ ޓީމަށް ސީޒަނުގައި އޮންނާނީ ތިން މެޗެވެ. އެކަމާ ގުޅިގެން ގަލްޓިއޭ ބުނީ، އެކަން ކުރިއަށް ދާނެ ގޮތެއް ބަލަން ޖެހޭނީ މެސީ ސަސްޕެންޝަނުން އެނބުރި އައުމުން ކަމަށެވެ. އޭނާ ބުނީ ކޮންމެ ގޮތެއްވީ ނަމަވެސް އެކަމުގައި މުޅި ކުލަބާއެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށާއި، އަނެއްކޮޅުން މެސީ އަކީ މިވަގުތަށް ބަލާއިރު އެންމެ މުހިންމު އެއް ފަރާތް ކަމަށެވެ. ގަލްޓިއޭ އެހެން ބުނުމާއެކު ނޫސްވެރިޔަކު ވަނީ އެކަމުގައި އޭނާ އިޚްތިޔާރު ކުރަނީ މެސީގެ ކޮޅުތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ގަލްޓިއޭ ބުނީ އިތުރަށް ބުނާނެ އެހެން އެއްޗެއް ނެތް ކަމަށެވެ.

މެސީ ޕީއެސްޖީ އަށް ބަދަލުވީ ދެ އަހަރު ދުވަހަށެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހު އެވެ. ނަމަވެސް މިހާތަނަށް އެއްބަސްވުން އައު ކުރުމަށް މެސީ ނިންމާފައެއް ނުވެ އެވެ. އޭގެ ބަދަލުގައި މީގެ އެއް މަސް ދުވަސް ކުރިން އޭނާ ނިންމާފައި ވަނީ އެ ކުލަބު ދޫކޮށްލުމަށް މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ޕީއެސްޖީ ދޫކޮށްލުމަށް ފަހު މެސީ ބަދަލުވާނެ ކުލަބެއް ހާމަކޮށްފައެއް ނުވެ އެވެ.

މެސީ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ދާން ބޭނުންވާ ކަމަށާއި، ބާސެލޯނާ އިން އަންނަނީ މެސީ ހޯދުމުގެ މަސައްކަތް ވަރުގަދަޔަށް ކުރަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު