Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް 2023

އައިސަމްގެ ދެ ލަނޑުން ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އަށް

މިއީ މާޒިޔާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ވަނަ ފަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 19:08
ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް ރައީސުލްޖުމްހޫރިއްޔާ ތަށި ހަވާލު ކުރައްވަނީ

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް ރައީސުލްޖުމްހޫރިއްޔާ ތަށި ހަވާލު ކުރައްވަނީ

ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުލަބު އީގަލްސް 2-0w ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. މެޗު ފަށައިގެން މާޒިޔާ އިން ވަނީ އީގަލްސްގެ އޭރިޔާ ތެރޭގައި ބޯޅަ ގެންގުޅެ، ލަނޑު ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. އީގަލްސް އިން ވެސް ދިޔައީ މަދު މަދުން ލިބުނު ފުރުސަތުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އީގަލްސްގެ ގޯލް ކުރިމަތިން މާޒިޔާގެ ޙުސެއިން ނިހާން އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން އީގަލްސްގެ އަޙުމަދު ރިޒުވާން (ރިޒޭ) އަށް ވެސް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. ރިޒޭ ފޮނުވާލުމަށް މަސައްކަތް ކުރި ދެ ބޯޅައެއް މާޒިޔާގެ ގޯލް ކީޕަރު މުޙައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މާޒިޔާ އަށް ލިބުނު ކޯނަރެއްގައި ހުރަސްވި ބޯޅަ ނިހާން ބޮލުން ފޮނުވާލި ނަމަވެސް، އީގަލްސްގެ ގޯލް ކީޕަރު މުޙައްމަދު ޝަފީއު ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން މާޒިޔާގެ އިބްރާހީމް އައިސަމް ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް ޝަފީއު ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 30 ވަނަ މިނެޓުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ އިވާން ކާލޮސް މާޒިޔާގެ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ފައިސަލް ވަނީ ކޯނަރަަކަށް ބޭރުކޮށްލައިފަ އެވެ. ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެއީ އީގަލްސްގެ އޭރިޔާ ތެރެއިން ނާއިޒް ޙަސަން ހުރަސްކޮށްދިން ބޯޅައެއް އެއް ފަހަރު ޖަހައި ގޯލަށް ފޮނުވާލައިގެން އިބްރާހީމް އައިސަމް ޖެހި ލަނޑެކެވެ. އެ ލަނޑާއެކު މާޒިޔާ އިން ފުރަތަމަ ހާފު ނިންމާލީ އެއް ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން މާޒިޔާ އަށް ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އީގަލްސް އަށް ވަނީ ނަތީޖާ ހަމަަހަމަ ކުރުމަށް ވެސް ފުރުސަތު ލިބިފަ އެވެ. އީގަލްސްގެ އިބްރާހީމް މަހުދީ ޙުސެއިން ހުރަސްކޮށްދިން ބޯޅަ އިވާން ކާލޮސް ބޮލުން ފޮނުވާލި ނަމަވެސް، ފައިސަލް ވަނީ ބޯޅަ މަތަކޮށްފަ އެވެ. މެޗުގެ ފަހު ވަގުތު އީގަލްސް އަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތު ލިބިފަ އެވެ. ނަމަވެސް އިއްބެ ފޮނުވާލި ބޯޅަ ބްލޮކް ކުރީ މާޒިޔާގެ ހައިޝަން ޙަސަން އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މާޒިޔާ އިން ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. މާޒިޔާގެ ދެ ވަނަ ލަނޑު ޖަހައި އެ ޓީމަށް ފުރިހަމަ މޮޅެއް ހޯދައިދިނީ ވެސް އައިސަމް އެވެ. އީގަލްސްގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޝަފީއު އަށް ހުއްޓުވޭނެ ގޮތެއް ނުވި އެވެ.

މިއީ މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް ކުޅުނު ހަތަރު ވަނަ ފަހަރެވެ. އަނެއްކޮޅު މިއީ އެ ޓީމުން މުބާރާތް ކާމިޔާބު ކުރި ދެ ވަނަ ފަހަރެވެ. މާޒިޔާ އިން ވަނީ 2015 ވަނަ އަހަރު ވެސް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

ރޫމޭނިއާގެ ޑިފެންޑަރެއް މާޒިޔާއަށް ގެނެސްފި

14 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު