Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްބޯޅަ

ސުޒޭނާއި އިންމަ އަދި ނިޒާމް ޕްރޯ ލައިސަންސް ހާސިލްކޮށްފި

މި ތިން ކޯޗުންނަށް ސެޓްފިކެޓް ދިނީ މިރޭ ބޭއްވި ޕްރެޒިޑެންޓްސް ކަޕް ނިންމުމުގެ ރަސްމިއްޔާތުގައި

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 2 މެއި 2023 | އަންގާރަ 19:26
ޕްރޯ ލައިސެންސް ހާސިލްކުރި ތިން ކޯޗުން އެފްއޭގެ ރައީސް ބައްސާމް އަދި ޖެނެރަލް ސެކެޓްރީއާއެކު

ޕްރޯ ލައިސެންސް ހާސިލްކުރި ތިން ކޯޗުން އެފްއޭގެ ރައީސް ބައްސާމް އަދި ޖެނެރަލް ސެކެޓްރީއާއެކު

ފުޓްބޯޅަ ކޯޗުކަމުގެ އެންމެ މަތީ ދަރަޖަ ކަމަށްވާ ޕްރޯ ލައިސަންސް ރާއްޖޭގެ ތިން ކޯޗު ފުރިހަމަކޮށް ސެޓްފިކެޓް ޙާސިލްކޮށްފި އެވެ.

މި ތިން ކޯޗުންނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އަލީ ސުޒޭން އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އާއި ބުރު ސްޕޯޓްސްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ. މި ތިން ކޯޗުން ވެސް ކޯސް ހެދީ ބަނގްލަދޭޝްގައި ބޭއްވި ކޯހެއްގަ އެވެ.

މި ތިން ކޯޗުންނަށް ޕްރޯ ލައިސަންސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިރޭ ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗަށް ފަހު ގަލޮޅު ދަނޑުގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ތިން ކޯޗުން ވެސް ކޯސް ފުރިހަމަކޮށްފައިވަނީ އެފްއޭއެމުގެ އެހީތެރިކަމާއެކުގައި ފަހިކޮށްދިން ފުރުސަތުތަކެއްގައި އެފްއޭއެމުގެ މާލީ އެހީ ލިބިގެންނެވެ.

މި ތިން ކޯޗުންނާއި ރާއްޖޭގައި މިހާރުތިބި ޕްރޯ ލައިސަންސް ކޯޗުންގެ އަދަދު ވަނީ ފަހަކަށް އަރައިފަ އެވެ. މީގެ ކުރިން ޕްރޯ ލައިސަންސް ހާސިލްކުރީ މުހައްމަދު ޝިޔާޒް (މޯހަން) އާއި މުހައްމަދު ޝާޒްލީ އެވެ. މި ދެ ކޯޗުން ވެސް މިފުރުސަތު ފަހުކޮށްދިނީ އެފްއޭއެމުންނެވެ.

އެފްއޭއެެމުގެ ރައީސް ކަމާ ބައްސާމް އަދީލް ޖަލީލް ހަވާލުވި ފަހުން ރާއްޖޭގެ ކޯޗުންގެ ފެންވަރު މަތިކުރުމަށް ވަނީ ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. މި ގޮތުން ސީ ލައިސަންސް އަދި ބީ ލައިސްންސްގެ އިތުރުން އޭލައިސަސްގެ ގިނަ ކޯޗިން ކޯސްތަކެއް ވަނީ ވަނީ ބާއްވައިފަ އެވެ.

އިތުރަށް ކިޔާލަން

03 މާރިޗު 2017

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
19 ފެބުރުއަރީ 2017

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ
14 ފެބުރުއަރީ 2017

ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް

14 ފެބުރުއަރީ 2017
ބަންގާޅު މުބާރާތަށް ތައްޔާރު، ހުރިހާ ވިސްނުމެއް ހުރީ ތައްޓަށް: ނިޒާމް
11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު