Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މެޗު ކުޅެން ހުއްޓާ ކޫންޑޭ ދިރިއުޅޭ ގެ ފަޅާލައި ވައްކަންކޮށްފި

2 މެއި 2023 | އަންގާރަ 02:28

ގެ ފަޅާލައި، ވައްކަން ކޮށްފައިވާކަން ކޫންޑޭ އަށް އެނގުމާއެކު، އޭނާ ވަނީ އެކަން ކަމާ ގުޅޭ ތަހުގީގީ އިދާރާކަށް އަންގައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 މެއި 2023 | އަންގާރަ 02:28
ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަަރު ޖޫލްސް ކޫންޑޭ

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަަރު ޖޫލްސް ކޫންޑޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ ދިރިއުޅޭ ގެ ފަޅާލައި ވައްކަންކޮށްފި އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ކޫންޑޭ ހުރީ ބާސެލޯނާ އިން ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. މީގެ އިތުރުން ގެ ފަޅާލައި، ވައްކަން ކޮށްފައިވާކަން ކޫންޑޭ އަށް އެނގުމާއެކު އޭނާ ވަނީ އެކަން ކަމާ ގުޅޭ ތަހުގީގީ އިދާރާކަށް އަންގައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. މީޑިއާތަކުގައި ބުނެފައިވާ ގޮތުން ކޫންޑޭގެ ގެ ފަޅާލައި، ވަގުން ވަނީ ބައެއް ސާމާނު ވަގަށް ގެންގޮސްފަ އެވެ. ނަމަވެސް މިހާތަނަށް އެއީ ކޮންކޮން ސާމާނުތަކެއްކަން އެނގިފައެއް ނެތެވެ.

އެ ސަރަހައްދުގެ ފުލުހުން ވަނީ ބައެއް މީޑިއާތަކަށް އެކަން ކަށްވަރުކޮށްދީފަ އެވެ. ފުލުހުންނާ ހަވާލާދީ މީޑިއާތަކުގައި ބުނެފައި ވަނީ، ހޮނިހިރު ދުވަހުގެ ރޭ ގެޔެއް ފަޅާލައި، އެ ގެއިން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ހަމައެއާއެކު ފުލުހުން އެކަމުގެ ތަހުގީގު ކުރިއަށްގެންދާ ކަމަށާއި، އިތުރު މައުލޫމާތު ތަހުގީގަށްފަހު ފުލުހުން ހާމަ ކުރާނެ ކަމަށެވެ.

މީގެ ކުރިން ވެސް ބާސެލޯނާގައި ބައެއް ކުޅުންތެރިން ދިރިއުޅެމުން އައި ގެ ވަނީ ވަގުން ފަޅާލައިފަ އެވެ. އޭގެ ތެރޭގައި ޕިއޭ-އެމެރިކް އޮބާމަޔަން، ސަމުއެލް އުމްޓިޓީ، އާތޫރް މެލޯ، ލުއިސް ސުއަރޭޒް، އަންސޫ ފާޓީ، ޖޯޑީ އަލްބާ، ފިލިޕޭ ކުޓީނިއޯ އަދި ކެވިން ޕްރިސް ބޯޓެންގް ހިމެނެ އެވެ. އެފަހަރުތަކުގައި އޭގެ ތެރެއިން ބައެއް ކުޅުންތެރިންގެ ގެތަކުން ވަނީ އަގު ބޮޑު ސާމާނު ވެސް ވަގަށް ނަގައިފަ އެވެ.

ސެވިއްޔާ ދޫކޮށް ކޫންޑޭ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެކުލަބަށް 35 މެޗު ކުޅެދީފަ އެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
28 ޖެނުއަރީ 2017

ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް

28 ޖެނުއަރީ 2017
ރާއްޖެއަށް މަދުވީ ބައިނަލް އަގްވާމީ މެޗުތަކުގެ ތަޖުރިބާ: އަދީލް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
17 ޖެނުއަރީ 2017

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް