Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ ފުރަތަމަ ކުއާޓަރު

އެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެ

30 އެޕްރީލު 2023 | އާދީއްތަ 11:48

ޖުމްލަ އާމްދަނީ އިތުރުކުރެވުމާއެކު ޖުމްލަ ފައިދާގެގޮތުގައި 809 މިލިއަން ރުފިޔާ ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އެޕްރީލު 2023 | އާދީއްތަ 11:48
އެސްޓީއޯ ހެޑް އޮފީސް

އެސްޓީއޯ ހެޑް އޮފީސް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އާދިއްތަ ދުވަހު އެސްޓީއޯއިން ވަނީ 2023 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރުގެ ރިޕޯޓް، ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.

އެސްޓީއޯއިން ބުނީ ފުރަތަމަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ އޭގެ ކުރީ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއްކަން ފާހަގަކޮށް އެސްޓީއޯއިން ބުނީ، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށެވެ. ނަމަވެސް ކުންފުނީގެ މައިގަނޑު ވިޔަފާރި ކަމަށްވާ ތެލުގެ އަގަށް އައި ބަދަލާއެކު، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅައިބަލާއިރު އާމްދަނީ ވަނީ 3 އިންސައްތައިން ދަށްވެފައި ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުކުރެވުމާއެކު ޖުމްލަ ފައިދާގެގޮތުގައި 809 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓާރާ އަޅައިބަލާއިރު 19 އިންސައްތައިގެ ކުރިއެރުމެއްކަމަށާއި، ޖުމްލަ ފައިދާ އިތުރުވުމާއެކު، ހިންގުމުގެ ފައިދާގެގޮތުގައި ވަނީ 503 މިލިއަން ރުފިޔާ ލިބިފައިކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ، ޓެކްސްއަށް ކެނޑުމުގެ ކުރިން މިކުއާޓަރުގެ ސާފު ފައިދާއަކީ 436 މިލިއަން ރުފިޔާ ކަމަށާއި، ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާގެގޮތުގައި ވަނީ 368 މިލިއަން ރުފިޔާ ލިބިފައި ކަމަށެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅައިބަލާއިރު 37 އިންސައްތައިގެ ކުރިއެރުމެއް ކަަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މީގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުން ގެންދާ ވިޔަފާރިތައް ރަނގަޅުކުރެވި ޖުމްލަ ފައިދާ އިތުރުކުރެވިފައިވުމާއި، އަދި ހިންގުމުގެ ޚަރަދު އޭގެ ކުރީ ކުއާޓާރާ އަޅައިބަލާއިރު ދަށްކުރެވިފައިވުން ކަމަށެވެ.

އެސްޓީއޯގެ ހިއްސާއަށް ބަލާއިރު، ފާއިތުވި ކުއާޓަރުގައި ކުންފުނީގެ ހިއްސާ ވަނީ އެންމެ މަތިން 1450ރ. އަދި އެންމެ ދަށުން 1200ރ. ގައި ޓްރޭޑްކުރެވިފައެވެ. ފާއިތުވި ކުއާޓަރުގައި ޖުމްލަ 56 ހިއްސާ މުއާމަލާތުކުރެވިފައިވާއިރު، އެސްޓީއޯގެ މާކެޓް ކެޕިޓަލައިޒޭޝަން އުޅެނީ 1735 މިލިއަން ރުފިޔާގައެވެ. އަދި ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ހުރީ 327ރ. ގައެވެ.

މީގެ އިތުރުން މި ކުއާޓަރުގައި އެސްޓީއޯގެ ބޯޑުން ވަނީ މުހިންމު ކަންތައްތަކެއް ނިންމާފައެވެ. އޭގެ ތެރޭގައި ފެނަކައިން އެސްޓީއޯއަށް ލިބެންހުރި ފައިސާއާމެދު ގިނަ މަޝްވަރާތަކެއް ކުރެވި، އެކަންކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން، ބައެއް މުހިއްމު ފިޔަވަޅުތައްވެސް އަޅާފައިވެއެވެ.

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2017

ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!

22 ނޮވެމްބަރު 2017
ރާއްޖޭގެ ފުރަތަމަ އައިސް ރިންކް ޖުމެއިރާއަށް!
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
08 ޖުލައި 2017

ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި

08 ޖުލައި 2017
ބޭންކް އޮފް ސިލޯނުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހައުސިންގް ލޯނެއް ތައާރަފުކޮށްފި
30 ޖޫން 2017

އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި

30 ޖޫން 2017
އިންޑިއާގައި ފުރަތަމަ ފަހަރަށް ވިޔަފާރިތަކުން ޖީއެސްޓީ ނަގަން ނިންމައިފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް