Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހަސަން ސާއިދު

ސާއިދު އަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވި!

8 ޖުލައި 2017 | ހޮނިހިރު 08:26

ސާއިދު ވަނީ 100 މީޓަރު ދުވުމުން އޭޝިއާގެ ހަތަރުވަނަ ހޯދާފައި

ލީވާން އަލީ
ލީވާން އަލީ | 8 ޖުލައި 2017 | ހޮނިހިރު 08:26
ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު (ކަޅޭ) ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ 200 މީޓަރު ދުވުމުގައި ބައިވެރިވެވޭގޮތެއް ނުވިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލު ވިދާޅުވީ، ސާއިދު ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ ހުކުރު ދުވަހު 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކުރުމަށްފަހު ކަމަށެވެ.

އެގޮތުން ތޮލާލު ވިދާޅުވީ، ސާއިދުގެ ފަލަމަސްގަނޑަށް އަނިޔާ ލިބުމާއެކު އަވަހަށް އޭނާ އަށް ފަރުވާދިނުމަށް މަސައްކަތް ފެށި ކަމަށާއި، އެހެންނަމަވެސް ހޮނިހިރު ދުވަހުގެ ރޭ ދުވާ 200 މީޓަރު ދުވުމުގައި އޭނާއަށް ވާދަކުރެވޭ ވަރަށް ފިޓްނުވާ ކަމަށެވެ.

މީގެއިތުރުން ތޮލާލު ވިދާޅުވީ، ސާއިދު އަށް އަނިޔާގެ މައްސަލަ ކުރިމަތިވެފައިވަނީ ކައިރި ކައިރީގައި ހީޓުތަކުގައި ދުވަން ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށާއި، ވިއްސާރަވުމުގެ ސަބަބުންވެސް މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

ސާއިދު ވަނީ ހުކުރު ދުވަހު ބޮޑެތި ގައުމުތަކާ ވާދަކޮށް އޭޝިއާގެ 100 މީޓަރު ދުވުމުން ހަތަރުވަނަ ހޯދާފައެވެ. އޭނާ އޭޝިއާގެ ހަތަރު ވަނަ ހޯދީ 10.37 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ސާއިދު އަށް 200 މީޓަރު ދުވުމުގައި ވާދަނުކުރެވުނު ނަމަވެސް ރާއްޖޭގެ ސަރީސް އަހުމަދު މި އިވެންޓުގައި ވާދަކުރާނެއެވެ. ހީޓް ތިނެއްގައި ސަރީސް ވާދަކުރާއިރު، މި އެވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރެއެވެ.

އިތުރަށް ކިޔާލަން

30 އެޕްރީލު 2017

އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު

30 އެޕްރީލު 2017
 އޭޝިއަން ގްރޯން ޕްރީ: އޭޝިއާގެ ފުރަތަމަ މެޑަލް ހޯދި ދިވެހި އެތުލީޓަކަށް ސާއިދު
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
09 އެޕްރީލު 2017

ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ

09 އެޕްރީލު 2017
ކުރިއަށް މުހިއްމު މެޗެއް އޮއްވާ ނިޒާމްބެއަށް އަނިޔާވެއްޖެ
09 އެޕްރީލު 2017

ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް

09 އެޕްރީލު 2017
ޕެޕޭ އަށް އަނިޔާވެ ކުޅުމާދުރާށް، ޒިދާން އަށް ހާސްކަމެއް
15 މާރިޗު 2017

ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ

15 މާރިޗު 2017
ކޭން އަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާންޖެހިއްޖެ
12 މާރިޗު 2017

ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި

12 މާރިޗު 2017
ޒައިދު ހަދާފައިވާ 10 ކިލޯ މީޓަރުގެ ގައުމީ ރެކޯޑް ފަޒީލް މުގުރާލައިފި
07 މާރިޗު 2017

އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ

07 މާރިޗު 2017
އޭޝިޔާގެ ބާރު ދުވުންތެރިންނާއެކު ސާއިދު ވާދަކުރަނީ
15 ފެބުރުއަރީ 2017

ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި

15 ފެބުރުއަރީ 2017
ގަައުމީ ޓީމް ކޯޗަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފި
25 ޖެނުއަރީ 2017

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް