Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެއިންޓްރަކްޓް ފްރޭންކްފާޓް

ކޯލޯ މުއާނީ ހޯދުމަށް ކުލަބުތަކުގެ ޝައުޤުވެރިކަން، ފްރޭންކްފާޓުން ބޭނުންވަނީ އޭނާ ބަހައްޓަން

26 އެޕްރީލު 2023 | ބުދަ 02:11

ބަޔާން ކަހަލަ ޓީމަކުން ކޯލޯ މުއާނީ ހޯދުމަށް މަސައްކަތް ކުރުމަކީ އާދައިގެ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 އެޕްރީލު 2023 | ބުދަ 02:11
ފްރޭންކްފާޓަށް ކުޅެމުން އަންނަ ކޯލޯ މުއާނީ

ފްރޭންކްފާޓަށް ކުޅެމުން އަންނަ ކޯލޯ މުއާނީ

ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓް އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް ރަންޑަލް ކޯލޯ މުއާނީ ހޯދުމަށް ގިނަ ކުލަބުތަކުން ޝައުޤުވެރިވީ ނަމަވެސް، އޭނާ ދޫކޮށްލަން ބޭނުންނުވާ ކަމަށް އެ ކުލަބު ބުނެފި އެވެ.

މިދިޔަ އަހަރު ޤަތަރުގައި ނިމުނު ފީފާ ވޯލްޑް ކަޕްގައި ކޯލޯ މުއާނީ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ހޯދުމަށް ގިނަ ކުލަބުތަކުން މަސައްކަތް ކުރާ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ވަނީ ބުނެފަ އެެވެ. އެގޮތުން މީގެ ކުރިން ޗެލްސީން ވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، ޖަރުމަނު ލީގުގެ ބަޔާން މިއުނިކުން މިހާރު ވެސް އެ މަސައްކަތް ކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމާ ގުޅިގެން ފްރޭންކްފާޓްގެ ޑިރެކްޓަރު ވިދާޅުވީ، މިހާތަނަށް އައިއިރު ބަޔާނުން އެ ޓީމާ އެ ކަހަލަ މަޝްވަރާއެއް ނުވަތަ ޝައުޤުވެރިކަމެއް ފާޅުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ބަޔާން ކަހަލަ ޓީމަކުން ކޯލޯ މުއާނީ ހޯދުމަށް މަސައްކަތް ކުރުމަކީ އާދައިގެ ކަމެއް ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ބޮޑެތި ކުލަބުތަކުން ފާރަލާ ވަަރުގެ ކުޅުމެއް ކޯލޯ މުއާނީ ދައްކަ އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ކޯލޯ މުއާނީ ފްރޭންކްފާޓްގައި ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި، ކުލަބުން ވެސް ބޭނުންވަނީ އޭނާ ބަހައްޓަން ކަމަށެވެ. އޭނާ ވިދާޅުވީ ކޯލޯ މުއާނީ ހޯދުމަށް ގިނަ ކުލަބުތަކުން ޝައުޤުވެރިވާ ވާހަކަ މީޑިއާ އިން ފެންނަ ކަމަށެވެ. ނަމަވެސް ކޯލޯ މުއާނީ ހޯދުމުގެ ޝައުޤެވެރިކަން ގެންގުޅެނީ ބަޔާނުން އެކަނި ނޫން ކަމަށާއި، އެހެން ގިނަ ކުލަބުތަކުން ވެސް އެ ޝައުޤުވެރިކަން ގެންގުޅޭ ކަމަށެވެ. އެހެންކަމުން ފްރޭންކްފާޓް އިން އެކަމާމެދު ސަމާލުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފްރާންސް ލީގުގެ ނަންޓެސް ދޫކޮށް ކޯލޯ މުއާނީ ފްރޭންކްފާޓަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދީފައިވާ 39 މެޗުން 20 ލަނޑު ޖަހައިފަ އެވެ. މި ސީޒަނުގައި އޭނާ އަންނަނީ ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް