Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓެލްކޯ

މިއަދު މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ!

މިއަދު ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އެޕްރީލު 2023 | އަންގާރަ 02:49
މާލެ ސިޓީ

މާލެ ސިޓީ

މިއަދު މާލޭގެ ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ހޯމަ ދުވަހުގެ ރޭ ބުނީ އަންގާރަ ދުވަހުގެ ދެ ވަގުތެއްގައި ހަތަރު ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ކަރަންޓު ކެނޑޭނެ ކަމަށް ލަފާ ކޮށްފައިވަނީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީއެވެ.

Advertisement - newsAdvertisement

ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި ހެނދުނު 10:00 އިން 11:30 އަށް ގަލޮޅުގެ ރެހެންދި ހިނގުމާއި، އަމީނީމަގު އަދި ބުރުޒުމަގާއި، ރާދަފަތި ހިނގުމުގެ އިތުރުން ލޮނުޒިޔާރަތްމަގު ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށާއި ހަމަ އެ ވަގުތުގެ ތެރޭގައި މާފަންނުގެ ކަނބާއައިސަރަނި ހިނގުމާއި، ބުރުޒުމަގު އަދި ޝަހީދު އަލީ ހިނގުމުން ވެސް ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މީގެ އިތުރުން މެންދުރު 1:00 އިން 2:30 އަށް ގަލޮޅު އަދި ހެންވޭރުގެ މަޖީދީމަގާއި، ޝަބުނަމް މަގާއި، ކަރަންކާމަގާއި، އަބަދަށްފެހި މަގުގެ އިތުރުން، ހަދީބީމަގާއި ސޯސަން މަގުން ކަރަންޓު ކެނޑިދާނެ ކަމަށް ލަފާ ކުރެވޭއިރު ހަމަ އެވަގުތުގެ ތެރޭގައި މައްޗަންގޮޅީގެ ޗާންދަނީ މަގާއި، އިސްކަންދަރު މަގު އަދި ދެވިނަ މަގާއި، ނިކަގަސްމަގުގެ އިތުރުން ދިލްބަހާރު މަގުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސްޓެލްކޯއިން ވަނީ މި ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު