Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސެލްފީ ނެގުން

ސެލްފީ ނެގުން މަނާ، އިޓަލީގެ ރީތި އަވަށެއް

24 އެޕްރީލު 2023 | ހޯމަ 17:07

ޕޯޓޯފީނޯގައި މެހެމާނުން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ތަންތަންވެސް ނުހުންނަ ކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 އެޕްރީލު 2023 | ހޯމަ 17:07
އިޓަލީގެ ޕޯޓޯފީނޯ

އިޓަލީގެ ޕޯޓޯފީނޯ

ރީތިކަމަށް މަޝްހޫރު އިޓަލީގެ އަވަށަކަށް ޒިޔާރަތްކުރާ ޓުއަރިސްޓުންނާއި އަދި އެތަނުގެ އަހުލުވެރިންވެސް ސެލްފީ ނަގާތަން ފެނިއްޖެނަމަ ސަރުކާރުން ބޮޑު ޖޫރިމަނާއެއް ނަގަން ފަށައިފިއެވެ.

އިޓޭލިއަން ރިވިއޭރާއާ އިންވެގެން އޮންނަ ރީތި އަވަށް، ޕޯޓޯ ފީނޯއަކީ އިޓަލީގެ ތަންތަން ބަލާލުމަށް ދަތުރުކުރާ ފަތުރުވެރިންގެ ޝައުގުވެރިކަން ދަމައިގަންނަ މައިގަނޑު އެއް އަވަށެވެ. ކުލަކުލައިގެ ގެތަކުން އެތަނެއްގެ ޒީނަތްތެރިކަން އިތުރުކޮށްދޭ ޕޯޓޯފީނޯގައި މެހެމާނުންގެ ހިތްއެދޭފަދަ ސީފުޑް ރެސްޓޯރެންޓްތަކާއި އަގުބޮޑު ބުޓިކްތައް ހުރެއެވެ. ނަމަވެސް މި އަވަށުގައި މެހެމާނުން ވަރުބަލި ފިލުވާލަން މަޑުކޮށްލާނެ ތަންތަނެއްވެސް ނުހުރެއެވެ. ސަރުކާރުން މިހެން ހަދާފައިވަނީ މަގްބޫލު ޓުއަރިސްޓް ސްޕޮޓްތަކުގައި ފަތުރުވެރިން މާގިނައިރު ހުއްޓި ތިބެ، އަދި އެތަންތަނަށް ބޮނޑިވެދާނެތީ ކަމަށް ވެއެވެ. މި އަވަށުތެރޭގައި އުޅޭއިރު ޚާއްސަ ވަކި ތަންތަނުގައި ސެލްފީ ނަގާތަން ފެނިއްޖެނަމަ ތިންސަތޭކައެއްހާ ޔޫއެސް ޑޮލަރުން އެމީހަކު ޖޫރިމަނާކުރެއެވެ. މިހެން ހަދާފައިވަނީ މަގުމަތީގައި ފޮޓޯ ނެގުމަށްޓަކައި ހުއްޓި ތިބޭތިބުމުން ތޮއްޖެހުން ކުޑަކޮށް، އަދި ފަތުރުވެރިންގެ ސަބަބުން ޓްރެފިކަށް ހުރަސް އެޅުނަ ނުދިނުމަށް ޓަކައެވެ.  

ސެލްފީ ނެގުން ބޮޑަށް މަނާކޮށްފައިވަނީ އެގައުމުގައި ފާހަގަކުރާ އީސްޓަރ ޗުއްޓީއާ ދިމާކޮށެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އޮކްޓޯބަރުގެ ނިޔަލަށް މި ގަވާއިދަށް އަމަލު ކުރާގޮތަށެވެ. ނަމަވެސް މަނާ ތަންތަނުގައި ކޮންމެހެން ފޮޓޯ ނަގަން އެދޭ މީހުންނަށް، އިރުއޮއްސި 6ގެ ފަހުން އެކަމުގެ ފުރުސަތު ދެވެއެވެ.

ޚާއްސަ ތަންތަނުގައި ސެލްފީ ނެގުން މަނާކޮށްފައިވަނީ ހަމައެކަނި އިޓަލީގެ ޕޯޓޯފީނޯއަކު ނޫނެވެ.

ޖަޕާނުގެ ރޭލްވޭސްގެ ފަރާތުންވެސް ވަނީ ރޭލުގައި ދަތުރުކުރާ ފަރާތްތަކުން ސެލްފީ ސްޓިކް ބޭނުންކޮށްގެން ސެލްފީ ނެގުން މަނާކޮށްފައެވެ. މިހެން ހަދަންޖެހުނީ, ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި، ރޭލުގެ މަތިން ގޮސްފައި އޮންނަ ވައިރުތަކުގައި ސެލްފީ ސްޓިކް ޖެހި ކަރަންޓުގައި ޖެހިދާނެތީ ކަމަށް އަންގާފައި ވެއެވެ.

އިނގިރޭސިވިލާތުގެ ޓަވަރ އޮފް ލަންޑަންގެ ބައެއް  ހިސާބުތަކުގައިވެސް ސެލްފީ ނެގުން ވަނީ މަނާކޮށްފައެވެ. މިހެން ހަދާފައިވަނީ ކްރައުން ޖުވެލްސް ނުވަތަ ޝާހީ އާއިލާގެ ތެރޭން ވާރުތަވާ ތާޖުކޮޅާއި އެހެންވެސް އަގުބޮޑު ޖަވާހިރުގެ ރައްކާތެރިކަމަށްޓަކައެވެ.

ސްޕެއިންގައި އަހަރަކު އެއްފަހަރު އޮންނަ ގެރި ދުއްވާ ފެސްޓިވަލްގައިވެސް ސެލްފީ ނެގުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އެކަން މަނާކުރީ ދުވާ ގެރިތަކާއެކު ސެލްފީ ނަގަން އުޅެނިކޮށް މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެތީއެވެ. މިދުވަސްވަރު ސެލްފީ ނަގައިފިނަމަ އެމީހަކު ތިންހާސް ޑޮލަރުން ޖޫރިމަނާކުރެއެވެ.

ސާރިދޯޅު ގިނައިން އުޅޭ ތަނެއްކަމަށްވާ ކެލިފޯނިޔާގެ ލޭކް ޓެހޯގައިވެސް ވަނީ ސެލްފީ ނެގުން މަނާކޮށްފައެވެ. އެތަނުގެ އޮފިޝަލަކު މައުލޫމާތު ދިންގޮތުގައި، އެހެން ހަދަންޖެހުނީ ބައެއް މީހުން ސެލްފީ ނެގުމަށްޓަކައި ސާރިދޯޅުތަކާ ދިމާއަށް ދުވެފައި ދިއުންފަދަ ކަންތައް އާންމުވާން ފެށުމުންނެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2017

ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި

14 ނޮވެމްބަރު 2017
ނާސާގެ ޖޫނޯ ޖައްވީ އުޅަނދުން ޖުޕިޓާގެ އާދަޔާ ހިލާފު ރީތި ފޮޓޯތަކެއް ނަގައިފި
25 އޮކްޓޯބަރު 2017

އިލެކްޝަނުގައި ބޭނުންކުރި ލަވައަކުން ނިއުޒިލެންޑްގެ ޕޮލިޓިކަލް ޕާޓީއެއް ޖޫރިމަނާ ކޮށްފި

25 އޮކްޓޯބަރު 2017
އިލެކްޝަނުގައި ބޭނުންކުރި ލަވައަކުން ނިއުޒިލެންޑްގެ ޕޮލިޓިކަލް ޕާޓީއެއް ޖޫރިމަނާ ކޮށްފި
23 ޖުލައި 2017

ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ

23 ޖުލައި 2017
ބަސްނާހާތީ ޖަސްޓިން ބީބާ ޗައިނާއަށް އެރުން މަނާ
02 ޖުލައި 2017

ލަންކާގައި އަންހެނުން އޮޓޯއަށް އެރުން މަނާކޮށްފި

02 ޖުލައި 2017
ލަންކާގައި އަންހެނުން އޮޓޯއަށް އެރުން މަނާކޮށްފި
10 ޖޫން 2017

ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ

10 ޖޫން 2017
ހުއްދަ ނުހޯދައި ޕާކް ކުރުމުން ސައިފް ޖޫރިމަނާ ކުރަނީ
28 މެއި 2017

ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

28 މެއި 2017
ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި
22 މެއި 2017

"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ

22 މެއި 2017
"އާދޭސް"އަކީ ގިނައިން އަޑުއެހިވަރަކަށް ރީތިވާ ކަހަލަ ލަވައެއް: ޝަލަބީ
09 މެއި 2017

ގަވާއިދާ ޚިލާފު ވެގެން މީރާ ރާޖްޕުތު ޖޫރިމަނާ ކޮށްފި

09 މެއި 2017
ގަވާއިދާ ޚިލާފު ވެގެން މީރާ ރާޖްޕުތު ޖޫރިމަނާ ކޮށްފި
03 މެއި 2017

ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި

03 މެއި 2017
ޔޫކޭގައި ހުރި އިންޑިއަން ރެސްޓޯރެންޓަކުން ރިހަ ވަސް ދުވާތީ ޖޫރިމަނާ ކޮށްފި
13 ފެބުރުއަރީ 2017

އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ

13 ފެބުރުއަރީ 2017
އަކްޝޭ ކުމާރުގެ "ޖޯލީ އެލްއެލް ބީ 2" ޕާކިސްތާނުގައި ދެއްކުން މަނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް