Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓު ލޯޑު

ވާރޭ ވެހުމާއި ގުޅިގެން ކަރަންޓު ލޯޑު ދަށްވެއްޖެ

ހޯމަ ދުވަހު ކަރަންޓު ލޯޑު 102 މެގަވޮޓަށް އަރާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 24 އެޕްރީލު 2023 | ހޯމަ 17:18
ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު

ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފު

މީރޭ ވާރޭވެހުމުގެ ސަބަބުން މިހާރު ކަރަންޓު ލޯޑު ވަރަށް ބޮޑަށް ކުޑަވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޕަވަރ ޔޫސޭޖް ވަނީ ޕީކަށް ގޮސްފައެވެ. ހޯމަ ދުވަހުގެ މެންދުރު ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން ހޯމަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ 115 މެގަވޮޓާ 120 މެގަވޮޓާ ދެމެދުގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން ސްޓެލްކޯގައި އެބަހުރި ކަމަށެވެ. މިއަދު އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ޕީކަށް ގޮސްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ހޯމަ ދުވަހު އާދަޔާ ޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ތަޖުރިބާތަކެއް ކުރަންޖެހިދާނެ ކަމަށް އަންދާޒާކުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް ހޯމަ ދުވަހުގެރޭ ވާރޭ ވެހުމުގެ ސަބަބުން 86 އަށް ލޯޑު ދަށްވެފައިވާކަމަށް ވިދާޅުވިއެވެ. މިވަގުތުގައި އާންމުކޮށް ލޯޑު ހުންނަނީ 93 ގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަންގާރަ ދުވަހުވެސް ވިއްސާރަވާނެކަމަށް ބެލެވޭ ކަމަށާއި، ވިއްސާރަވެއްޖެނަމަ ކަރަންޓު އުފައްދާ މިންވަރު ކުޑަވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ހޯމަ ދުވަހު ހޫނު ގަދަވުމުގެ ސަބަބުން މާލޭގެ 4 ވަރަކަށް ސަރަހައްދުން ކަރަންޓު ކެނޑުނުކަމަށެވެ. އެއީ ޓްރާންސްފޯމާގައި ހުރި ކެޕޭސިޓީއަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރުމުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު އުފައްދާ މިންވަރު އިތުރުވެފައިވާތީ ކަރަންޓު އިގްތިސާދުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. ކޮންމެހެން ބޭނުންކުރަންނުޖެހޭ އާލާތްތައް މި ދުވަސްވަރު ބޭނުންނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު