Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

އޮބާމަޔަން އަލުން ހޯދުމަށް ބާސެލޯނާ އިން މަސައްކަތް ކުރަނީ

ބާސެލޯނާގެ މާލީ ހާލަތު އޮތް ގޮތުން، ކުޑަ މުސާރައެއްގައި އަންނަން ވެސް އޭނާ ހުރީ ތައްޔާރަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 އެޕްރީލު 2023 | އަންގާރަ 02:34
އޮބާމަޔަން

އޮބާމަޔަން

ޗެލްސީ އަށް ކުޅެމުން އަންނަ ޕިއޭ-އެމެރިކް އޮބާމަޔަން އަލުން އެ ކުލަބަށް ގެނައުމުގެ ޝައުޤުވެރިކަން ސްޕެއިންގެ ބާސެލޯނާ އިން ގެންގުޅޭ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އޮބާމަޔަން ވަނީ މީގެ ކުރިން ވެސް ބާސެލޯނާ އަށް ކުޅެފަ އެވެ. އާސެނަލް ދޫކޮށް އޭނާ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އާސެނަލުން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އޭރު އޭނާ ބާސެލޯނާ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ބާސެލޯނާގައި ދިމާވި މާލީ މައްސަލަތަކުގެ ސަބަބުން އެ ކުލަބުން ވަނީ އޮބާމަޔަން ދޫކޮށްލައިފަ އެވެ. ބާސެލޯނާ ދޫކޮށް އޮބާމަޔަން ޗެލްސީ އަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އޮބާމަޔަން މިހާރު ބޭނުން ވަނީ ޗެލްސީ ދޫކޮށްލުމަށެވެ. އޭނާ އެ ކުލަބު ދޫކޮށްލަން ބޭނުންވަނީ އެންމެ އެދެވޭ ގޮތުގައި ފުރުސަތު ނުލިބޭތީ އެވެ. އަނެއްކޮޅުން އޮބާމަޔަން ދޫކޮށްލުމަށް ޗެލްސީން ވެސް އެއްބަސްވާނެ ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ބުނެފަ އެވެ. ބާސެލޯނާ ދޫކޮށް ޗެލްސީ އަށް ބަދަލުވި ފަހުން އޮބާމަަޔަން އެ ކުލަބަށް ކުޅެދީފައި ވަނީ 19 މެޗެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން އިނގިރޭސި ޕްރިމިއާ ލީގުގައި އޮބާމަޔަން ކުޅެފައި ވަނީ އެންމެ 13 މެޗެވެ. އެހެންކަމުން އޮބާމަޔަން ބޭނުންވަނީ ޗެލްސީ ދޫކޮށް އަނެއްކާ ވެސް ބާސެލޯނާ އަށް އައުމަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމުގެ ތެރެއިން ބާސެލޯނާގެ މާލީ ހާލަތު އޮތް ގޮތުން، ކުޑަ މުސާރައެއްގައި އަންނަން ވެސް އޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަނެއްކޮޅުން، ބާސެލޯނާ އިން ވެސް އޭނާ ހޯދަން ބޭނުންވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ވެސް ކުރިއަށްދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޮބާމަޔަން ބާސެލޯނާ އަށް ގެނައުމަށް ބިނާވެގެންދާނީ ފައިނޭންޝަލް ފެއާ ޕްލޭގެ މައްޗަށެވެ. ބާސެލޯނާ އިން ކުރިއަށް އޮތް ސީޒަނަށް އައު ކުޅުންތެރިން ހޯދުމަށް ކުރާ މަސައްކަތުގައި އެކަމަށް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ އެވެ. މީގެ އިތުރުން ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ގެންނަން މަސައްކަތް ކުރާ އިރު، ސްޕެނިޝް ލީގުން ބުނަނީ ބާސެލޯނާ އަށް މިވަގުތު މެސީ ގެންނަން ބޭނުންވާނަމަ ބާސެލޯނާ އިން އެ ކުލަބުގެ އެތައް ކަމެއް މާލީ ޤަވާއިދަށް ފައްތަން ޖެހޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
02 ފެބުރުއަރީ 2017

އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް

02 ފެބުރުއަރީ 2017
އެޓްލެޓިކޯ ބަލިކޮށް ބާސެލޯނާ ފައިނަލާ ގާތަށް
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު