Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމާބަނޑު އިރު މަސްތުވުން

މާބަނޑު އިރު މަސްތުވުން: އަލަށް އުފަންވާ މައުސޫމު ދަރިފުޅު "ޑިޓޮކްސް" ސެންޓަރަށް!

23 އެޕްރީލު 2023 | އާދީއްތަ 12:39

އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި ކޮންޓްރޯލް ކުރަން ދަތިވާ މިންވަރަށް ތުރުތުރެއް އެޅުމާ، މަސްގަނޑުތަކަށް ބާރު ކުރުމާއި، ފުންކޮށް މާނޭވާލާ އުސޫލުން ދަތި ހާލުގައި ނޭވާލުންފަދަ އަލާމާތްތައް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އެޕްރީލު 2023 | އާދީއްތަ 12:39
މާބަނޑު އިރު މަސްތުވުން

މާބަނޑު އިރު މަސްތުވުން

ތަފާތު އެކި ކަހަލަ މައްސަލަތަކުގެ ހާއްޔަކަށް ވެފައި ވާ އެމެރިކާގައި މިހާރު އެންމެ ބޮޑުވަމުން އަންނަ އެއް މައްސަލައަކީ ސިންތެޓިކް އޯޕިއޮއިޑްސް ނުވަތަ ތަދުކެނޑުވުމަށާއި އައްސިކޮށް ހިއްސު ކަނޑުވާލުން ކަހަލަ ކަންކަމަށް ދެމުން އަންނަ ޑޮކްޓަރީ ބޭސްތަކުގެ ބޭނުން، ނަހަމަ ގޮތުގައި ކުރުމުގެ މައްސަލައެވެ. މި ބާރުގަދަ ބޭސްތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައި ވަނީ މި ދުނިޔެއަށް އަލަށް އުފަންވާ ތުއްތު ކުދިންނެވެ. އެރިޒޯނާގެ ފީނިކްސްގައި ހިންގާ ނަރސަރީއެއް ގުގުމަމުން ދަނީ، މިފަދަ އެތައް ކުދިންނެއްގެ ރުއިމުގެ އަޑުފަށްގަނޑުންނެވެ. މި ކުދިންނަކީ ބާރުގަދަ ބޭސްތަކާއި، މަސްތުވާތަކެތީގެ ނަހަމަ ބޭނުން ކުރި މައިންގެ ޝިކާރައަކަށް ވެ، ނާޒުކު ހާލަތެއްގައި ތިބި، މައުސޫމު ކުދިންތަކެކެވެ.

ހަޝަބައި ނަރސަރީގައި ފަރުވާ ދެމުންދާ ކުދިންނަކީ ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް (ނަސް)ގެ ތަކުލީފުތައް އުފުލަމުންދާ، ތުއްތު ތުއްތު ކުދިންތަކެކެވެ. މި ބަލީގެ ޢަލާމާތްތަކަކީ، މާބަނޑު ދުވަސްވަރު މަސްތުވާތަކެތީގެ ނަހަމަ ބޭނުން ކުރި މައިންގެ ދަރިންގެ ކިބައިން ފެންނަ ފަދަ އަލާމާތްތަކެކެވެ. އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި ކޮންޓްރޯލް ކުރަން ދަތިވާ މިންވަރަށް ތުރުތުރެއް އެޅުމާ، މަސްގަނޑުތަކަށް ބާރު ކުރުމާއި، ފުންކޮށް މާނޭވާލާ އުސޫލުން ދަތި ހާލުގައި ނޭވާލުން ފަދަ އަލާމާތްތައް ހިމެނެއެވެ.

ހަޝަބައި ނަރސަރީގެ އެގްޒެކެޓިވް ޑައިރެކްޓަރ ޓޭރާ ސަންޑެމް ވިދާޅުވީ، ތުއްތު ކުއްޖެއްގެ ހަށިގަނޑުން މިފަދަ އަލާމާތްތަކެއް ފެނިގެންދާ މަންޒަރަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ފަދަ މަންޒަރެއް ނޫން ކަމަށެވެ.

ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް ހުންނަ ކުދިންނަކީ އަނދިރިކަމަށް ލޯބި ކުރާ ބައެކެވެ. އަދި މައިމީހާގެ ބަނޑުތެރޭގައި އޮތް އަރާމުވެއްޓަށް އިންތިހާއަށް ބޭނުންވާ ކުދި ބައެކެވެ. އެހެން ކަމުން، ހަޝަބައިގެ ކޮޓަރިތައް ހުންނަނީ، އަލިކަން ނުވަންނާނެހެން އަނދިރިކޮށްފައެވެ. އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުންވެސް އެ ކޮޓަރިތައް ވަނީ ހިމާޔަތް ކޮށްދީފައެވެ.

ހަޝަބައި ނަރސަރީ ފަރުމާކޮށްފައި ވަނީ 12 ޕްރައިވެޓް ރޫމް ހިމެނޭ ގޮތަށެވެ. މި ކޮޓަރިތަކުގައި، ބެލެނިވެރިންނަށްވެސް ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ ތުއްތު ދަރިފުޅުގެ ޑިޓޮކްސް މަރުހަލާ ނިމެންދެކަށެވެ. ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއަށް އާންމު ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ ކުދިން، ހޮސްޕިޓަލުތަކުގައި 21 ވަރަކަށް ދުވަސް ހޭދަ ކުރި ނަމަވެސް، ހަޝަބައި ނަރސަރީގައި ކުދިން ހޭދަ ކުރަނީ އެންމެ 8 ވަރަކަށް ދުވަހެވެ. އަލަށް އުފަންވާ ތުއްތު ކުދިންގެ ތެރެއިން ހާއްސަ ސިއްހީ ފަރުވާ ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައި ހުންނަ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (ނިކޫ)އާ ޚިލާފަށް، ހަޝަބައި ނަރސަރީއަކީ، މުޅި ޢާއިލާއަށް އެއް ފުރާޅެއްގެ ދަށުން ފަރުވާ ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި ވަކިވަކި ޕޭޝަންޓުންނަށްވެސް ފަރުވާ ދިނުމުގެ އިންތިޒާމް، އެތަނުގައި ވަނީ ހަމަޖައްސާފައެވެ.

ހަޝަބައި ނަރސަރީއިން ފަރުވާ ހޯދި އެކަކީ ކްލެރިސާ ކޮލިންސްއެވެ. އޭނާގެ އަންހެން ދަރިފުޅަށް އެ ފަރުވާ ހޯދީ އޭޕްރިލް 2019ގައެވެ. އޭރު ހަޝަބައި ނަރސަރީ ނެތެއް ކަމަކު، ސަންޑެމް ޚިދުމަތް ދެމުން ދިޔައީ އެކިއެކި ފަރާތްތަކާ ގުޅިގެންނެވެ.

ކޮލިންސްއަކީ މިހާރު، އޭނާ ފަދަ ތަކުލީފުތައް އުފުލަމުންދާ އެހެން މައިންނަށް އެހީ ފޯރުކޮށްދިނުމުގައި ދެމިހުރި މައެކެވެ.

ފީނިކްސްގައި ހިންގާ ބޭނަރ ޔޫނިވަރސިޓީ މެޑިކަލް ސެންޓަރ ނިކޫގައި މަސައްކަތް ކުރައްވާ ނިއޯނޭޓޮލޮޖިސްޓް އަދި މެޑިކަލް ޑައިރެކްޓަރ، ޑރ ސުމާ ރާއޯ ވިދާޅުވީ، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއާއެކު އުފަންވާ ކުދިންގެ ޢަދަދު އިތުރު ވަމުން އަންނަ ކަމަށެވެ. ޙަޤީޤީ ޢަދަދުތައް އިތުރުވުން އެކަށީގެންވާ ކަމަށާ، އެއީ ހުރިހާ ކުދިންނަކީ ހޮސްޕިޓަލް ނިޒާމުގެ ތެރެއަށް އުފަންވާ ކުދިންނަށް ނުވުންކަންވެސް ޑރ ރާއޯ ވަނީ ފާހަގަ ކުރައްވާފައެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއަށް ޕޮޒިޓިވްވެފައިވާ ތުއްތު ކުދިންގެ ޢަދަދު، 2010 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ވަނީ 82 ޕަސެންޓް އިތުރު ވެފައެވެ. 2020 ވަނަ އަހަރު، ވިހައިގެން ހޮސްޕިޓަލުގައި ތިބި ކޮންމެ 1000 ކުއްޖަކުން 6 ކުއްޖަކީ، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްގެ ތަކުލީފުތައް އުފުލި ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސިންތެޓިކް އޯޕިއޮއިޑްސްގެ ތެރޭގައި ހިމެނޭ ފެންޓަނީލް އެތެރެ ކުރުމަށް ޣައިރު ޤާނޫނީ ގޮތެއްގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަކީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން މިވަގުތު އެންމެ އިސްކަމެއް ދޭ އެއް ކަންތަކެވެ. އެމެރިކާއާއި މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، ފެންޓަނީލް ސަޕްލައިކުރާ ޗޭނުތައް ބުރިބުރިކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ވަރުގަދަ ކަރޓެލްތަކުގެ ބާރު ކަނޑުވާލުމަށް، ދަތިކުރުމުގެ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ޖޫން 2017

ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

06 ޖޫން 2017
ޖޯޖްއާއި އަމާލް ކްލޫނީއަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ
25 މެއި 2017

ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން

25 މެއި 2017
ސެލީނާ ޖެއިޓްލީ އަށް އަނެއްކާ ވެސް ލިބެނީ އެއްމާބަނޑު ދެކުދިން
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
05 އެޕްރީލު 2017

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

05 އެޕްރީލު 2017
މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި
17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
06 މާރިޗު 2017

ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ

06 މާރިޗު 2017
ކަރަން ޖޯހަރަށް އެއްމާބަނޑު ދެ ކުދިން ލިބިއްޖެ
26 ފެބުރުއަރީ 2017

"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް

26 ފެބުރުއަރީ 2017
"އިއްތިފާގު" ރިމޭކް ހަދާއިރު ލީޑްރޯލް ކުޅެން ޝާހުރުކް ހާން ބޭނުން، އެކަމަކު އެކަން ވާކަށް ނެތް
25 ފެބުރުއަރީ 2017

މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ

25 ފެބުރުއަރީ 2017
މާދަމާ "ރިންގް އޮފް ފަޔާ" އިރުކޭތަ ހިފާނެ:ނާސާ
07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް