Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް އޯޕަން 2023

ދެ ވަނަ މެޗުން ޖީހާން އާއި ޝާޒު ވެސް މޮޅުވެއްޖެ

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ގްރޫޕް ސްޓޭޖުގައި ޖީހާން އާއި ޝާޒު އަށް އާދިއްތަ ދުވަހުގެ ރޭ މެޗެއް އޮންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2023 | އާދީއްތަ 10:20
މޯލްޑިވްސް އޯޕަން 2023 ގައި ޖީނާ އަދި ޝާޒު ކުޅުމުގެ ތެރެއިން

މޯލްޑިވްސް އޯޕަން 2023 ގައި ޖީނާ އަދި ޝާޒު ކުޅުމުގެ ތެރެއިން

ރާއްޖޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް އޯޕަން 10 ބޯލް ބިލިއާޑް މުބާރާތުގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ރާއްޖޭގެ އިސްމާއީލް ޖީހާން އާއި ޙަސަން ޝާޒު މުޙައްމަދު ވެސް މޮޅުވެއްޖެ އެވެ.

ޖީހާން މޮޅުވީ އިންޑިއާގެ ލަކްޝް ޝަރްމާއާ ވާދަކޮށެވެ. އެ މެޗުގައި ޖީހާން ވަނީ 7-0 ގެ ފްރޭމަކުން ލަކްޝް ޝަރުމާގެ މައްޗަށް ކުރި ހޯދައިފަ އެވެ. ޝާޒުގެ މެޗުގައި އޭނާ ނިކުތީ އިންޑިއާގެ ރަޔާން ރަޒްމީއާ ދެކޮޅަށެވެ. އެ މެޗުން ޝާޒު މޮޅުވީ 7-4 ގެ ފްރޭމަކުންނެވެ. އެއީ ރަޔާން ރަޒްމީ ކުރީގައި އޮއްވާ، ފަހަތުން އަރައި އެއްވަރުކޮށް، ކުރި ހޯދައިގެންނެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ރަނގަޅު ވާދައެއްކޮށް، ބަލިވެފަ އެވެ. މި މުބާރާތުގައި މީގެ ކުރިން ވެސް ރާއްޖޭގެ ތިން ކުޅުންތެރިން ވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފަ އެވެ. އެއީ ޙުސެއިން ފަޔާޒް، މުޙައްމަދު ޝަރީފް އަދި އަޙުމަދު ޝިހާދު އެވެ. އެ ތިން ކުޅުންތެރިން ވެސް ވަނީ ގަދަ 32 ގެ ޕްލޭ އޮފް މެޗުގައި ވާދަކޮށް ބަލިވެ، މުބާރާތުން ކަޓައިފަ އެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ ގްރޫޕް ސްޓޭޖުގައި ޖީހާން އާއި ޝާޒު އަށް އާދިއްތަ ދުވަހުގެ ރޭ މެޗެއް އޮންނާނެ އެވެ. އެ މެޗުން މޮޅުވެގެން ދެ ކުޅުންތެރިންނަށް ވެސް އަނެއް ބުރަށް ދިޔުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ރާއްޖޭގައި ބާއްވާ ބިލިއާޑުގެ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެވެ. ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ އެތުލީޓުންނާއެކު ރާއްޖޭގައި މުބާރާތް ކުރިއަށް ދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގައި ރާއްޖެއިން ވާދަ ކުރަނީ 16 ކުޅުންތެރިންނެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު