Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭކް ޑޮލަރު ވިއްކުން

ފޭކް ޑޮލަރު ވިއްކުމަށް އިސްތިހާރު ކުރާތީ ފުލުހަށް ހުށަހަޅައިފި

ފޭކް ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ދަނީ އިޝްތިހާރު ކުރަމުން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 23 އެޕްރީލު 2023 | އާދީއްތަ 08:21
ޑޮލަރު

ޑޮލަރު

ފޭކް ޑޮލަރު ވިއްކުމަށް އިސްތިހާރު ކުރާ މައްސަލައެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހަށް ހުށަހަޅައިފިއެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް، މުޙައްމަދު ނާސިހު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އަސްލާ އެއްގޮތަށް ހަދާފައި ހުންނަ ޑޮލަރުތަކެއް ވިއްކުމަށް އިސްތިހާރު ކުރަމުންދާ މައްސަލައެއް އެމްއެމްއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އިސްތިހާރު ކުރަނީ އަސްލާއެއްގޮތަށް ހުރި ޑޮލަރު ނުވަތަ "ސުޕަރ ޑޮލަރު" ވިއްކާ ކަމަށެވެ. އެގޮތުން، މި ޑޮލަރަކީ އަސްލު ޑޮލަރާ އެއް ސެކިއުރިޓީ ފީޗާތަކެއް އެކުލެވޭ ޑޮލަރުތަކެއް ކަަމަށާއި ހަމަލޮލަށް އަދި މެޝިނަކުން ވެސް ދެ ނޫޓުގެ ތަފާތު ހޯދަން އުނދަގޫ ވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ ފޭކު ނޫޓުތަކަކީ އުތުރު ކޮރެއާގައި އުފައްދާފައިވާ ނޫޓުތަކެއް ކަމަށާއި އެ ނޫޓުތައް އޭޓީއެމްތަކަށް ވެސް ޖަމާކުރެވޭނެ ކަމަށް އިސްތިހާރުތަކުގައި ވަނީ ބުނެފައެވެ.

މިކަން ކުރަމުން އަންނަ ފަރާތްތަކުން އެއީ ކޮންބައެއްކަން އެނގެން ބޭނުން ނުވާ ކަން ވެސް އެ ޕޯސްޓުތަކުގައި ހާމަކޮށްފައިހުރެއެވެ.

ސުޕަރ ޑޮލަރަކީ އެމެރިކާގެ 100 ޑޮލަރުގެ ނޫޓުތަކުގެ އަސްލާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ނޫޓުތަކެކެވެ. މި ނޫޓުތައް އެންމެ ފުރަތަމަ ފެނިފައިވަނީ 2011 ވަނަ އަހަރުއެވެ. އެ ނޫޓުތަކަކީ އެމެރިކާއާ ދެކޮޅު ޤައުމަކުން ނުވަތަ ޖަމާއަތަކުން އުފައްދާ ނޫޓުތަކެއް ކަމަށް އެ ޤައުމުން ތުހުމަތު ކުރެއެވެ. އެ ޤައުމުން ލަފާ ކުރާ ގޮތުގައި 1980ގެ ފަހުކޮޅުން ފެށީގެން ދުނިޔޭގެ އެކި ޤައުމުތަކުގައި މި ފޭކު ނޫޓުތައް ދަނީ ދައުރުވަމުންނެވެ.

ރާއްޖޭގައި ފޭކް ޑޮލަރުގެ މަދު ކޭސްތަކެއް ފެންމަތިވި ނަމަވެސް މިއީ މިހާ ހާމަކަން ބޮޑު ގޮތެއްގައި ފޭކް ޑޮލަރު ވިއްކަން ފެށި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު