Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕޫޓިން އާއި ސައުދީ ޕްރިންސް ފޯނުން ވާހަކަދެއްކެވުނ

ސައުދީ ޕްރިންސް އާއި ޕޫޓިން އާއި ދެމެދު އޯޕެކް ޑީލް އާއި ތެލާއި ގުޅުން ހުރި މަޝްވަރާތަކެއް

22 އެޕްރީލު 2023 | ހޮނިހިރު 08:24

އޯޕެކް އާއި ތެޔޮ އުފައްދާ ކުންފުނިތަކުން ވަނީ މި މަހުގެ ކުރީކޮޅު ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާ އެކަން އިޢުލާންކޮށްފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 22 އެޕްރީލު 2023 | ހޮނިހިރު 08:24
ސައުދީ ޕްރިންސް އާއި ޕޫޓިން އާއި ދެމެދު އޯޕެކް ޑީލް އާއި ތެލާއި ގުޅުން ހުރި މަޝްވަރާތަކެއް

ސައުދީ ޕްރިންސް އާއި ޕޫޓިން އާއި ދެމެދު އޯޕެކް ޑީލް އާއި ތެލާއި ގުޅުން ހުރި މަޝްވަރާތަކެއް

ސައުދީ އަމީރު މުހައްމަދު ބިން ސަލްމާން އާލް ސައުދު އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ދެމެދު އޯޕެކް ޑީލް އާއި ތެލާއި ގުޅުން ހުރި މަޝްވަރާތަކެއް ކުރައްވައިފިއެވެ.

އޯޕެކް އާއި ތެޔޮ އުފައްދާ ކުންފުނިތަކުން ވަނީ މި މަހުގެ ކުރީކޮޅު ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާ އެކަން އިޢުލާންކޮށްފައެވެ. މިހާރު ތެޔޮ އުފައްދާ މިންވަރަކީ ކުރިއާއި އަޅާ ބަލާ ނަމަ ދުވާލެއްގެ މައްޗަށްދަނީ ގާތްގަނޑަކަށް 1.6 މިލިއަން ފީފާ މަދު އަދަދެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި މަޝްވަރާތައް ކުރައްވާފައި ވަނީ ހުކުރު ދުވަހު އެ ދެބޭފުޅުންގެ މެދުގައި ކުރެއްވި ފޯންކޯލެއްގައެވެ. އެ ދެ ބޭފުޅުންގެ މެދުގައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރެވިދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މި ފަދަ މަޝްވަރާތަކެއް ކުރައްވާފައި މި ވަނީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ސައުދީގެ ޚާރިޖީ ވަޒީރަކު ސީރިއާ އަށް ދަތުރުކުރެއްވިތާ ދުވަސްކޮޅެއް ފަހުންނެވެ.

އެ ދެބޭފުޅުން ވަނީ އިގްތިސާދީ ގުޅުންތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށް ގުޅުން ބަދަހިކުރުމާއި މެދު މަޝްވަރާކުރައްވާފައިވެއެވެ. އަދި އޯޕެކް އާއި ތެލުގެ އަގު އެއް މިންވަރެއްގައި ހިފެހެއްޓުމާއި މެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. ތެލުގެ ބާޒާރު އެއްގޮތެއްގައި ދެމެހެއްޓުމަށް ދެ ގައުމުން ކުރާ މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށް މި މަޝްވަރާތަކުގައި ދެ ބޭފުޅުން ވިދާޅުވެފައިވެއެވެ. '

މީގެ އިތުރުން އެ މަޝްވަރާތަކުގެ ތެރެއިން ސައުދީ ސަރުކާރާއި، ބްރެޒިލް، ޗައިނާ، އިންޑިއާ، ރަޝިއާ އަދި ދެކުނު އެފްރިކާ އާއި އޮތް ގުޅުމާއި މެދު ވެސް ވާހަކަދެކެވުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެކަމުގެ ތަފްސީލްތައް ދެ ގައުމުން ހިއްސާކުރައްވާފައެއް ނުވެއެވެ. އެ ފޯންކޯލުގައި ޕޫޓިން ވަނީ ފިތުރު ޢީދުގެ ތަހުނިޔާ ސައުދީ އަމީރަށް ދަންނަވާފައެވެ.

މީޑިއާތަކުން ބުނާގޮތުން މި ފޯނުކޯލް ކުރިއަށް ދިޔައީ ވަރަށް ރަހުމަތްތެރި ބަދަހި މާހައުލެއްގައެވެ. އަދި އެ މަޝްވަރާތަކުގައި މުހިންމު މައުލޫމާތުތަކެއް ދެ ބޭފުޅުންގެ މެދުގައި ބަދަލުކުރިއެވެ.

މީގެ ކުރިން ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާ އިން ތެޔޮ ގަންނަ އަގު ކޮންޓްރޯލުކުރުމަށް އީޔޫ އާއި ޖީ7ގެ އިތުރުން ހުޅަނގުގެ ބައެއް ގައުމުތަކުން ނިންމި ނަމަވެސް އެ ނިންމުން ބަލައިނުގަންނަ ކަން ރަޝިއާ އިން ވަނީ ހާމަކޮށް ފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
29 ޖެނުއަރީ 2017

ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ޕޫޓިން ވާހަކަފުޅު ދައްކަވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް