Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓްސް ކަޕް

އުނދަގޫވީ ކުޅުންތެރިން މާ ބޮޑަށް މެޗު ފަސޭހަކޮށްލުމުން: ސާންތީ

ސާންތީ ބުނީ ކުލަބެއް ބިނާ ކުރުމުގެ ފައިދާ ބޮޑު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 20 އެޕްރީލު 2023 | ބުރާސްފަތި 06:28
ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ޕްރެޒިޑެންޓްސް ކަޕްގައި ކުލަބު އީގަލްސް އިން ކުޅުނު ފުރަތަމަ މެޗުގެ ކުރީކޮޅު މާ ބޮޑަށް އުނދަގޫވީ ކުޅުންތެރިން މެޗު ފަސޭހަކޮށްލުމުން ކަމަށް އެ ޓީމުގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ބުނެފި އެވެ.

އީގަލްސްގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 4-2 އިން ސުޕަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) ބަލިކޮށްފަ އެވެ. އެއީ ފުރަތަމަ ހާފުގައި ސަސް އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައު ހަތަރު ލަނޑު ޖަހައިގެންނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ސާންތީ ބުނީ، އީގަލްސް އަށް ލިބުނީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މެޗުގެ ކުރީކޮޅު އީގަލްސްގެ ކުޅުންތެރިން ފަސޭހަކޮށްލި ނަމަވެސް، ފަހުން ކުޅުންތެރިން ވަނީ އެމީހުންގެ ސަތޭކަ އިންސަތައް ދައްކައިފަ އެވެ. ސާންތީ ބުނި ގޮތުގައި ގިނަ ފަރިތަކުރުންތަކެއް ކުރި ނަމަވެސް، މެޗެއް ނުކުޅެ ގިނަ ދުވަހު ތިބެން ޖެހުމުން އެކަމުގެ އަސަރު ވެސް ކުރާނެ ކަމަށެވެ.

ސާންތީ ބުނީ ދެ ލަނޑުގެ ލީޑަކުން ފަހަތުގައި އޮއްވާ މެޗުން އަލުން ހޯދުނީ އެ ޓީމުގެ އިސް ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ. ޚާއްސަކޮށް އީގަލްސްގެ އަޙުމަދު ރިޒުވާން (ރިޒޭ)، އިމްރާން ނަޝީދު (އިއްމަ) އަދި އިބްރާހީމް މުބީން އަޙުމަދު ރަޝީދު (މުއްކި)ގެ ނަންނ ސާންތީ ވަނީ ފާހަގަކޮށްފަ އެވެ. އެ ކުޅުންތެރިންނަކީ އީގަލްސް އަށް ކޮންމެ ކޮންމެ ގޮތެއް ވާން ބަލަހައްޓައިގެން ތިބޭނެ ކުޅުންތެރިން ނޫން ކަމަށް ފާހަގަކުރަމުން ސާންތީ ބުނީ، މެޗުގެ ނަތީޖާ އަނބުރާލެވުނީ އެ ކުޅުންތެރިންގެ "ނުފޫޒުން" ކަމަށެވެ. އެހެންކަމުން އެއީ ކުލަބެއް ބިނާ ކުރުމުން އޮންނަ ފައިދާއެއް ކަމަށާއި، ތަންތަނުން ކުޅުންތެރިން ގެނައުމަށްވުރެ ފައިދާ ބޮޑީ ވެސް އެ ގޮތް ކަމަށެވެ.

މީގެ އިތުރުން ސާންތީ ބުނީ މެޗުގައި ރިޒޭ ބޭނުން ކުރީ މެޑިކަލް ޓީމުގެ ލަޔަފާއެކު ކަމަށެވެ. އެގޮތުން ނުވަ ދިހަ މިނެޓު ނުކުޅެވުނު ނަމަވެސް، މެޗުގެ ކޮންމެ ވެސް ހިސާބެއްގައި ކުޅެވޭނެ ވަރު ވާނެ ކަމަށް މެޑިކަލް ޓީމުން ބުނި ކަމަށެވެ. އެހެންކަމުން މެޗުގައި ރިޒޭ ބޭނުން ކުރުމަށް ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވެސް ސާންތީ ބުންޏެވެ.

އީގަލްސް އަށް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ ކުލަބު ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު