Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ޚަރަދުތައް ބޮޑުވުން

ނަޝީދަށް 55 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުކުރަން އެކަށީގެންނުވާ ކަމަށް ޝަހީމް ވިދާޅުވުމުން މެންބަރުންގެ ނުރުހުން

19 އެޕްރީލު 2023 | ބުދަ 07:51

މަޖިލީހުގައި ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ވަނީ މެންބަރުންގެ މެދުގައި ބަދަލުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 އެޕްރީލު 2023 | ބުދަ 07:51
މެންބަރު ހުސެއިން ޝަހީމް، އިމްތިޔާޒް އަދި އިބްރާހީމް ރަޝީދު

މެންބަރު ހުސެއިން ޝަހީމް، އިމްތިޔާޒް އަދި އިބްރާހީމް ރަޝީދު

ދެ އަހަރާއި ބައި ވެރިކަންކުރައްވާ އިސްތިއުފާދެއްވި ބޭފުޅަކަށް 55 ވަރަކަށް މިލިއަން ރުފިޔާ ހޭދަކުރުމަކީ ރާއްޖެ ފަދަ ކުޑަ ބަޖެޓެއް އޮތް ޤައުމަކަށް އެކަށީގެންވާ ކަމެއް ނޫން ކަަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޭނާ އެފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިސޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމާބެހޭ ގޮތުން ބަހުސްކުރައްވަމުންނެވެ. އެ ބަހުސްގައި ޝަހީމް ވަނީ ރާއްޖޭގެ ޚަރަދުތައް ބޮޑުކަމަށް ވިދާޅުވެ ޚަރަދުތައް ކުޑަކުރެވިދާނެ ގޮތާމެދު ވާހަކަދައްކަވާފައެވެ. ޝަހީމްގެ ވާހަކައިގައި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ކުރާ ޚަރަދު ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ބަޖެޓު އެކުލަވާލާއިރު އިގްތިސާދުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އެ ހިސާބުން މަޖިލީހުގައި ތިއްބެވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުން ވަނީ ޝަހީމްގެ ވާހަކަ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާ ނިޒާމީ ނުކުތާ ނަންގަވައިގެން ޝަހީމް އަށް ރައްދު ދެއްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) އާއި  މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ދެ ބޭފުޅުން ވަނީ ސެކިއުރިޓީ އަށް ކުރާ ޚަރަދު ކުޑަ ކުރަނީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ ފަދަ ކަންކަމަށް ފުރުސަތު ދިނުމަށްތޯ ސުވާލުކުރައްވާފައެވެ. އަދި އެއީ ނަޝީދަށް އޮތް ނުރައްކާ ބޮޑުވާ ކަމެއް ކަަމަށް ވިދާޅުވެ ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަަށް ފާޑު ވިދާޅުވެފައެވެ. މީގެއިތުރުން ނަޝީދު މަރާލަން އުޅޭ ކަމަށް ތުހުމަތުކޮށް އެ މެންބަރުން ވަނީ ވާހަކަދައްކަވާފައެވެ.

މެންބަރުންގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ ސެކިއުރިޓީ އަށް ކުރާ ޚަރަދު ކުޑަ ކުރަން ވަކާލާތު ނުކުރައްވާ ކަަމަށެވެ. އޭނާ ދެއްކެވީ މަޖިލީހުގެ ރައީސަށް ކުރާ ޖުމުލަ ޚަރަދު ބޮޑުވުމުގެ ވާހަކަ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ސެކިއުރިޓީ އަކަށްޓަކައި 23 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރައްޔިތުންގެ ފައިސާ ހޭދަކުރާ އިރު ވިސްނާލަން ޖެހޭ ކަމަށެވެ. ކުޑަ ޤައުމެއްގައި 55 މިލިއަން ރުފިޔާ ދެ އަހަރާއި ބައި ވެރިކަން ކުރެއްވި ބޭފުޅަކަށް ހޭދަކުރުމަކީ ވިސްނަން ޖެހޭ ކަމެއް ކަަމަށާއި އެކަން ރީސްޓްރަކްޗަރ ކުރަން ޖެހޭ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. މި ވާހަކަތަކާއި ގުޅިގެން މެންބަރުންގެ މެދުގައި ވަރަށް ހޫނު ބަހުސެއް ކުރިއަށް ދިޔައެވެ. އަދި މެންބަރު އިމްތިޔާޒް އާއި އިބްރާހީމް ރަޝީދު އަދި ޝަހީމުގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރިއެވެ.

މީގެ އިތުރުން ނަޝީދަށް އަމާޒުކޮށް ޒާތީވެގެން ވާހަކަދައްކާ ކަމަށް ފާހަގަކުރެއްވޭ ކަމަށާއި އެ ވާހަކަތައް މަޖިލީހުގައި ނުދެއްކޭނެ ކަަމަށް މެންބަރު އިމްތިޔާޒް ވިދާޅުވިއެވެ. އެ ނިޒާމީ ނުކުތާއާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ ނަފްރަތު އުފެދޭ ގޮތަށް ވާހަކަދެއްކުމަކީ މަޖިލީހުގައި ނިޒާމީ މައްސަލައިގެ ތެރޭގައި އޮންނަ ކަމެއް ނޫން ކަމަށެވެ. މެންބަރު ޝަހީމް ވިދާޅުވީ ނަޝީދާއި ޒާތީ ކަމެއް ނެތް ކަމަށާއި އެގޮތަށް ދެކެނީ ސިކުނޑީގެ އުނިކަމެއް ހުރުމުން ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް