Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އުންމީދު ކުރި ގޮތަށް ދެ ވަނަ ލެގުގައި ޗެލްސީ ވަރުގަދަ: އަންޗެލޮޓީ

ޓީމެއްގެ ގޮތުގައި ރެއާލް އޮތީ ވަރަށް ވަރުގަދަކޮށް: ކޯޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 އެޕްރީލު 2023 | ބުދަ 20:33
ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ

އުންމީދު ކުރިވަރާ އެއްވަރަށް ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޗެލްސީ ވަރުގަދަ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި ޗެލްސީގެ މައްޗަށް 2-0 އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ، މުބާރާތުގެ ސެމީ ފައިނަލަށް ދެވުމުން ރެއާލުން އުފާވާ ކަމަށެވެ. އޭނާ ސެމީން ޖާގަ ހޯދުމަށް ރެއާލުން ވަރަށް ގަދަޔަށް މަސައްކަތް ކުރި ކަމަށާއި، އެ ޓީމު މިހާރު އޮތީ ސީދާ ފައިނަލާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށެވެ. ނަމަވެސް އަންޗެލޮޓީ ބުނީ، ކުރިން ވެސް އުންމީދު ކުރި ގޮތަށް ޗެލްސީގެ ދަނޑުގައި ކުޅުނީ ވަރަށް ވާދަވެރި، އުނދަގޫ މެޗެއް ކަމަށެވެ. އޭނާ ބުނީ މެޗުގައި ޗެލްސީން ވަނީ ނަތީޖާ އަނބުރާލުމަށް އެތައް މަސައްކަތެއް ކޮށްފައި ކަމަށާއި، ފުރަތަމަ ހާފު ނިމުނުއިރު އެއްވެސް ލަނޑެއް ނުޖެހި ނަތީޖާ އެއްވަރުވެފައި އޮތީ ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާގެ މޮޅު ސޭވްތަކުން ކަމަށެވެ. ނަމަވެސް އޭނާ ބުނީ، ދެ ވަނަ ހާފަށް ނިކުމެ ރެއާލުން ރަނގަޅަށް ކުޅެފައިވާ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގަައި ޗެލްސީން ފުރަތަމަ ހާފާ ޚިލާފަށް ދެ ވަނަ ހާފުގައި ކުޅުން ދަށްވުމުގެ ފައިދާ ރެއާލުން ނެގީ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ ސީޒަންގެ މިހާ ހިސާބަށް އައިއިރު، ޓީމެއްގެ ގޮތުގައި ރެއާލް އޮތީ ވަރަށް ވަރުގަދަޔަށް ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އޭނާ ބުނީ މިހާލަތަށް އައިއިރު ވެސް ރެއާލުން ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ޑިފެންސްގައި ދެއްކި މޮޅު ކުޅުމާއި، ބައި ކޮޅަށް ލަނޑު ވަންނަ އަދަދު މަދު ކުރުމާއެކު ސެމީ ފައިނަލަށް ދެވުމަކީ ބޮޑު ކާމިޔާބެއް ކަމަށެވެ. އެހެންކަމުން އަނެއްކާ ވެސް ޗެމްޕިއަންސް ލީގެއްގެ ފައިނަލްގައި ކުޅެ، މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު މިހާރު ބޮޑު ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، އޭނާ ޤަބޫލު ކުރާ ގޮތުގައި މުޅި ޓީމު ޑިފެންސްގައި މޮޅު ކުޅުމެއް ދައްކައި، އެކުވެގެން ކުޅޭކަމުގައި ވަނީނަމަ ރެއާލް އަބަދު ވެސް ތަފާތު ވާނެ ކަމަށެވެ.

ރެއާލާއެކު މިދިޔަ ސީޒަންގައި ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޯޗު ބުނީ، ރެއާލްގެ ސްކޮޑުގައި ހުނަރުވެރި، މޮޅު އެތައް ކުޅުންތެރިންތަކެއް ތިބި ކަމަށާއި ކުޅުންތެރިން ޓީމަކަށްޓަކައި ވާ ޤުރުބާނީ ފެންނާނީ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކަމަށެވެ. އޭނާ ލިވަޕޫލާއި ޗެލްސީއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ރެއާލް ކޮޅަށް ވަނީ ދެ ލަނޑު ކަމަށާއި، އެއީ ވެސް ލިވަޕޫލް މެޗުގެ ފުރަތަމަ ދިހަ ވަރަކަށް މިނެޓުގައި ވަން ދެ ލަނޑު ކަމަށެވެ. އަންޗެލޮޓީ ބުނީ ރެއާލުން ދެން ތައްޔާރުވާނީ މުބާރާތުގެ ސެމީ ފައިނަލަށް ކަމަށާއި، ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނު ކަމަށްވީ ނަމަވެސް، ރެއާލަށް ޕްރެޝަރެއް ނޯންނާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު