Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަރިދަފުސް ރޯގާއާއި ކޮވިޑް އިތުރުވުން

އަރިދަފުސް ރޯގާއާއި ކޮވިޑް އިތުރުވަނީ، ދަތުރުކުރާއިރު ސަމާލުވޭ!

އަރިދަފުސް ރޯގާއާއި ކޮވިޑް-19ގެ އަލާމަތްތައް ހުންނަ މީހުން ދަތުރުފަތުރުކުރާއިރު އެހެން މީހުންގެ ސަލާމަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 އެޕްރީލު 2023 | އަންގާރަ 14:12
މަގުމަތީގައި މީހުން އުޅުން

މަގުމަތީގައި މީހުން އުޅުން

އަނެއްކާވެސް ކޮވިޑް-19އާއި އަރިދަފުސް ރޯގާ މިވަނީ އިތުރުވާން ފަށާފައެވެ. މިގޮތުން ދުވަސްތަކަކަށްފަހު، މި އަހަރުގެ މާޗް މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑްގެ ކޭސްތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. މިއާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމާއެކު ގިނަ ބަޔަކު ދަނީ އެއްތަނުން އަނެއްތަނަށް ދަތުރުކުރަމުންނެވެ. އެހެންކަމުން އަރިދަފުސް ރޯގާއާއި ކޮވިޑް-19ގެ އަލާމަތްތައް ހުންނަ މީހުން ދަތުރުފަތުރުކުރާއިރު އެހެން މީހުން ސަލާމަތަށް ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. ރައްކާތެރިކަމުގެ ގޮތުން، ބަލީގެ އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމަށާއި، އަދި ދަތުރުކުރުމަށްފަހު ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ދަތުރުފަތުރުކުރާ ފަރާތްތަކުގެ އިތުރުން ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތަކުންވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އެގޮތުން އަތް ސާފުކުރެވޭނެހެން ސެނިޓައިޒަރ ބެހެއްޓުމަށާއި، ފަސިންޖަރުން ފޭބުމުން، އަތްލާ ތަންތަން ސާފުކުރުމަށާއި، އަމިއްލަ ރައްކާތެރިކަމަށްޓަކައި ޑްރައިވަރުން މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އަރިދަފުސް ރޯގާއާއި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް، އާންމުކޮށް އަތްލާ ތަންތަން ޑިސްއިންފެކްޓްކޮށް ސާފުކޮށް ބަލަހައްޓަންވެސްޖެހެއެވެ.

ކޮވިޑް-19ން ދިފާއުވުމުގެ ގޮތުން ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށްވާއިރު، ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ވަނީ، ރޯގާ ޖެހި ދިގުލާނަމަ އަދި ބަލީގެ ހާލަތު ގޯސްވެދާނެ ފަރާތްތަކުން ވީހާވެސް އަވަހަށް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައެވެ. އަދި އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނޭފަތާއި އަނގަ ނިވާވާނެހެން ރަނގަޅަށް މާސް އެޅުމަށާއި، އާއްމު ތަންތަނުގައި އުޅޭއިރު ގައިދުރުކަން ބެހެއްޓުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޗުއްޓީ ދުވަސްވަރުކަމަށް ވުމާއެކު، ތިމާއާއި އަނެކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބަލި ޖެހުމުން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ. އެހެން ނޫންކަމަށްވާނަމަ ގިނަ ބަޔަކަށް ބަލި ފެތުރި، ބަލި ކޮންޓްރޯލްކުރުމަށް ދަތިވާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19: ކޮރޯނާގެ އައުޓްބްރޭކުން ޗައިނާ ސަލާމަތްވީ ކިހިނެއް؟

ކޮވިޑް-19: ކޮރޯނާގެ އައުޓްބްރޭކުން ޗައިނާ ސަލާމަތްވީ ކިހިނެއް؟

10 މާރިޗު 2020
ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

ކޮވިޑް-19: މިއުޅެނީ ތިން ވަނަ ބޮޑު ހަނގުރާމަ ފެށިގެންތޯ އެވެ!

10 މާރިޗު 2020
ކޮވިޑް-19: ގައުމު އޮތީ ތައްޔާރަށް، މިއީ ދިވެހިންގެ އެއްބައިވަންތަން ދައްކަންވީ ވަގުތު!

ކޮވިޑް-19: ގައުމު އޮތީ ތައްޔާރަށް، މިއީ ދިވެހިންގެ އެއްބައިވަންތަން ދައްކަންވީ ވަގުތު!

10 މާރިޗު 2020
ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!

ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!

09 މާރިޗު 2020
ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

ކޮވިޑް-19 ކުޑަކުދިންނަށް ކިޔައިދޭނީ ކިހިނެއް؟

08 މާރިޗު 2020

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު