Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެލްސީ އޮތީ އޮންނަން ބޭނުންވާ ހިސާބުގައެއް ނޫން: ލަމްޕާޑު

އޭނާ ބުނީ ޗެލްސީ އަކީ ނަތީޖާ އަނބުރާލެވޭނެ ފެންވަރުގެ ޓީމެއް ކަަމަށާއި، ޗެލްސީ އަށް އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 08:40
ކުއާޓާ ފައިނަލްގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލަމްޕާޑު

ކުއާޓާ ފައިނަލްގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ލަމްޕާޑު

ޗެލްސީ އޮތީ ކުލަބު އޮންނަން ބޭނުންވާ ހިސާބުގައި ނޫން ކަމަށް އެ ޓީމުގެ ވަގުތީ ކޯޗު ފްރޭންކް ލަމްޕާޑު ބުނެފި އެވެ.

ލަމްޕާޑު މިހެން ބުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައެވެ. އޭނާ ބުނީ، ޗެލްސީ އޮތީ އެމީހުން އޮންނަން ބޭނުންވާ ހިސާބުގައި ނޫން ކަމަށެވެ. އެގޮތުން ޗެލްސީ އޮތީ "ފުނޑިފަ" އޭ ބުނާތީ ވެސް ކަންބޮޑުވާ ކަމަށާއި، ކުލަބު އޮތް ހިސާބަކީ އެއްވެސް ވަރަކަށް ބޭނުންވާ ހިސާބެއް ނޫން ކަމަށެވެ. އޭނާ ބުނީ މިއަދު ޕްރިމިއާ ލީގުގައި ޗެލްސީ އޮތީ މި ހާލަތުގައި އޮންނަން ޖެހުނު ހިސާބުގައި ކަމަށާއި، އެ ހަގީގަތާ ދުރަށް ނުދެވޭނެ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގައި ދެ ލަނޑުން ބަލިވެފައި އޮތުމަކީ އެ ހުރިހާ ކަމަކާ ދެކޮޅަށް މަސައްކަތް ކުރަން ޖެހޭ ސަބަބު ކަމަށެވެ. އޭނާ ބުނީ އެ މަސައްކަތްކޮށް، ޗެލްސީ އަށް ކޮންމެ ޙާލަތަކުން ވެސް އަރައިގަނެވޭނެކަން ދައްކައިދޭން ޖެހޭ ކަމަށާއި، މިހާރު އޮތީ އެ ހިސާބުގައި ކަމަށެވެ.

މީގެ އިތުރުން ލަމްޕާޑު ބުނީ މިވަގުތު ފޯކަސް ކުރަންވީ ކުރިއަށް އޮތް މެޗަށް އެކަނި ކަމަށެވެ. އެ މެޗުގައި ރަނގަޅު ކަންތައްތަކެއްކޮށް، ބުރަ މަސައްކަތްކޮށްފި ނަމަ ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީގެ ދަނޑުގައި އެ މެޗަށް ނުކުންނައިރު، މާހައުލު ރަނގަޅުވާނެ ކަން ވެސް އެނގޭ ކަމަށެވެ. ލަމްޕާޑު ބުނީ މީގެ ކުރިން ވެސް އޭނާ ވާނީ ޗެލްސީގައި އެކަހަލަ މެޗުތަކާ ކުރިމަތިލާފައި ކަމަށެވެ. އަދި ޗެލްސީ އަކީ ނަތީޖާ އަނބުރާލެވޭނެ ފެންވަރުގެ ޓީމެއް ކަަމަށާއި، ޗެލްސީ އަށް އެކަން ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މީގެ އިތުރުން ލަމްޕާޑު ބުނީ، މެޗުތަކަށް ފަހު ކުލަބުގެ ވެރިން އައިސް ކުޅުންތެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ބުނީ މެޗަށްފަހު އޭނާ ވެސް ދައްކަން ބޭނުންވާ ބައިވަރު ވާހަކަ ހުންނާނެ ކަމަށެވެ. ނަމަވެސް އެއާ ޚިލާފަށް ކުލަބުގެ ވެރިން އައިސް ކުޅުންތެރިންނާ ވާހަކަ ދެއްކުމަކީ، އެމީހުންނަށް ވެސް ކުރެވޭނެ ކަމެއް ކަމަށެވެ. އޭނާ ބުނީ ޗެލްސީގެ ވެރިން އެކަން ކުރަނީ ޕޮޒިޓިވް ގޮތެއްގައި ކަމަށެވެ.

ސްޓެމްފޯޑް ބްރިޖުގައި ޗެލްސީން ރެއާލާ ދެކޮޅަށް ކުޅޭނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު