Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ހިޔާނަތް

ފުއްގިރި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަނީ

ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުގައި ވަގުތީ އަމުރަކަށް އެދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2023 | އަންގާރަ 05:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ޔާމީނުގެ އިތުރުން، އަހުމަދު ކްރިކް ރިޒާ އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތް ނިންމާފައިވަނީ 21 ފެބްރުއަރީ 2023 ގައެވެ. ނަމަވެސް ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާމެދު ނިންމި ނިންމުންތައް ދައުވާލިބޭ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަތައް ނިމިފައިވަނީ ދައުލަތާއެއްކޮޅަށެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާއާ ގުޅޭ އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ހުށައެޅި 7 ލިޔުމާއި 2 ސީޑީ ދައުވާ ލިބޭ ފަރާތްތަކަށް ލިބިފައިވޭތޯ ގާޒީ ވަނީ ސާފު ކުރައްވާފައެވެ.

އޭގެ އިތުރުން، ޔާމީނުގެ ފަރާތުން ހެއްކާ ބެހޭ ޤާނޫނުގެ ދަށުން ހުށައެޅި ހުށައެޅުމަކާއި، ދިފާއީ ބައެއް އިތުރު ލިއުންތައް ދައުލަތަށް ލިިބިފައިވޭތޯވެސް ގާޒީ ވަނީ ސާފު ކުރައްވާފައެވެ.

ގާޒީ ވިދާޅުވީ، ޔާމީނުގެ ފަރާތުން ހެއްކާ ބެހޭ ޤާނޫނުގެ ދަށުން ހުށައެޅި ހުށައެޅުމާއި ގުޅޭގޮތުން ޝަރީއަތުގެ މަރުޙަލާގައި ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އެއީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ދަށު ކޯޓުގައި ކުރިން ނިންމި ނިންމުން ބާތިލުކޮށް، ހެއްކާ ބެހޭ ޤާނޫނުގެ ދަށުން އަލުން ހުށައެޅުންތައް ހުށައެޅުމަށް ޔާމީނަށް ފުރުސަތު ލިބިދޭން ޖެހޭކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން ޔާމީނުގެ ފަރާތުން ހުށައެޅި ހުށައެޅުމެކެވެ.

އޭގެ އިތުރުން ރައީސް ޔާމީނުގެ ފަރާތުން ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާމެދު ދިފާއަށް ވާހަކަ ދެއްކުމަށް އަލުން ފުރުސަތެއް ދެއްވުމަށް އެެދިލައްވާފައެވެ. ނަމަވެސް ގާޒީ ވިދާޅުވީ، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމަށް އެ ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ޝަކީލު ނިންމެވި ނިންމެވުމަށް ބަދަލެއް ގެންނަންޖެހޭކަމަށް ދެކިނުލައްވާ ކަމަށެވެ.

ޔާމީނާއި ކްރިކް ރިޒާގެ ވަކީލުން އިތުރަށް ވިދާޅުވީ، ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެކަމަށެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅުއްވާއިރު، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތް މަޑުޖައްސާލުމަށް ވަގުތީ އަމުރަކަށް އެދެން ގަސްދުކުރާކަމަށްވެސް ދިފާއީ ވަކީލުން ފާހަގަ ކުރެއްވިއެވެ.

ގާޒީ އަލީ ނަދީމް ވަނީ މި މައްސަލައިގެ ޝަރީއަތުގެ ކުރީގެ މަރުޙަލާ ނިމުނުކަން އިއުލާނު ކުރައްވައި، ދެން އޮންނާނީ ޝަރީއަތް ފެށުންކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން ދައުވާލިބޭ ފަރާތްތައް ބޭނުންނަމަ، އޮންލައިންކޮށް ބައިވެރިވެވިދާނެކަމަށް ގާޒީ ވިދާޅުވިއެވެ.

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، ހެކިބަސް ނެގުމުގެ ބައެއް އަޑުއެހުންތަކަށް ކޯޓަށް ހާޒިރުވާން ބޭނުންފުޅު ނުވާ ކަމަށާއި، އެ އަޑުއެހުންތަކުގައި ބައިވެރިވާން ބޭނުންވަނީ އޮންލައިންކޮށް ކަމަށެވެ. އެގޮތުން ހާޒިރުވާން ބޭނުންވާ އަޑުއެހުންތަކަކީ ކޮބައިކަން ވަކީލުންނާ ވާހަކަ ދެއްކެވުމަށްފަހު ކޯޓަށް އަންގަވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު