Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފިތުރު އީދު ދުވަސް

އީދު ފާހަގަކުރުމުގައި ސަމާލުކަން ދެވިދާނެ ތިންކަމެއް!

16 އެޕްރީލު 2023 | އާދީއްތަ 11:05

ދިވެހިން އީދު ފާހަގަކުރަނީ ވަރަށް ފޯރިއާއެކު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އެޕްރީލު 2023 | އާދީއްތަ 11:05
ކ. ދިއްފުށީ އީދު ސައި

ކ. ދިއްފުށީ އީދު ސައި

ފިތުރު އީދު އަންނަން ކައިރިވެއްޖެއެވެ. ދިވެހިން އީދު ފާހަގަކުރަނީ ވަރަށް ފޯރިއާއެކުގައެވެ. އީދު ފާހަގަކުރުމަށް ތަފާތު އެކި ކަންތައްތައް ކޮށް ހަރަކާތްތައް ބާއްވައެވެ. މިފަހަރު ވެސް އީދު ފާހަގަކުރާއިރު ވިސްނާލަންވީ ތިންކަމެއް އެބައޮތެވެ. އެއީ އެކި ފަންތީގެ މީހުން އުޅޭއިރު، އެމީހުންވެސް ބައިވެރިކޮށްގެން އީދު ފާހަގަކުރުމެވެ. ވަކި ފަގީރަކަށް ވީތީ ނުވަތަ ނިކަމެއްޗަކީ ވީތީ އެމީހަކު ބާކީ ނުކޮށް، އީދުގެ އުފާވެރިކަން އެންމެންނަށްވެސް ލިބޭނެފަދަ ގޮތަކަށް ކަންތައްތައް ބައްޓަންކުރުމަކީ މުހިންމު ކަމެކެވެ.

އީދާ އެންމެ ބޮޑަށް ގުޅިފައިވާ ކަމަކީ ހަމަ ޔަގީނުންވެސް ކެއުމެވެ. ބައެއް ރަށްރަށުގައި އީދު ނަމާދުން ފައިބައިގެން މީހުން ގޭގެއަށް ސައިބޯން ދެއެވެ. އެއަށްފަހު މެންދުރު ކެއުންވެސް އޮވެއެވެ. މިގޮތަށް ކެއުންތައް ކައްކާ، ގުޅުންތައް ބަދަހިކޮށް ކުރުމަށް މަސައްކަތް ކުރުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ބައެއްފަހަރު ކާއެއްޗެހި އިސްރާފުވާވަރަށް ކެއްކޭތަން އެބަ އާދެއެވެ. މިހެންވުމުން ޖެހެނީ އެ އެއްޗެހި އުކާލާށެވެ. އިސްރާފު ކުޑަވާނެގޮތަކަށް، އެންމެ ގުޅިގެން ޕްލޭންތައް ރޭވިދާނެއެވެ. އީދު ފާހަގަކުރުމަށް ކުލަ ޖެހުމާއި، މިއުޒިކް ޝޯތައް ބާއްވާ ހަދައެވެ. ވިސްނަންވީ ކަމަކީ އީދު ފާހަގަކުރާއިރު އިސްލާމް ދީނުގެ އިންތަކުގެ ތެރޭގައި އެކަން ކުރުމަށެވެ.

އީދު ދުވަހަށް ތައްޔާރުވުމަކީ ކުރަންޖެހޭ ކަމެކެވެ. ރީތި އަންނައުނު ގަނެ، ފެންވަރައި ނަލަވާންޖެހެއެވެ. އެންމެ މުހިންމު ކަމަކަށް ފިތުރު ޒަކާތް ދައްކަން ޖެހެއެވެ. ނަމާދުކުރާ މައިދާން ހުރީ ގެ ކައިރީގައި ކަމަށްވާނަމަ އެންމެ ސުންނަތްވެގެންވާ ގޮތަކީ ހިނގާފައި އީދު ނަމާދަށް ދިޔުމެވެ. އަދި ދާ މަގު ނޫން އެހެން މަގަކުން އައުމަށް އިސްކަންދިނުމެވެ.

އީދު ނަމާދަށް ދިޔުމުގެ ކުރިން ފޮނި އެއްޗެއް ކެއުމަކީވެސް ސުންނަތެކެވެ. އެންމެ ރަނގަޅީ ކަދުރެވެ. ވީހާވެސް ގިނައިން އާއިލާގެ ކުދިން ގޮވައިގެން އެކުގައި އީދު ނަމާދަށް ދިޔުމަށްވެސް އިސްކަންދޭންޖެހޭނެއެވެ. އަންހެނުންވެސް އީދު ނަމާދުކުރާ ތަނަށް ގޮސް އެ ނަމާދުގައި ބައިވެރިވުމަކީ ސުންނަތެކެވެ. ނަމާދުގައި ބައިވެރިނުވެވޭ އުޒުރުވެރި އަންހެނުން ނަމާދުކުރާ ތަނުގެ ކައިރީގައި ހުތުބާ އަޑުއަހާލަން ތިބުމުން ފުދޭނެއެވެ. މިއަހަރު ފިތުރު އީދު ދުވަސް ފާހަގަކުރާއިރު މިކަންތައްތަކަށް ސަމާލުކަން ދީގެން، މިފަހަރުގެ އީދަކީވެސް އާއިލީ ގުޅުންތައް ބަދަހިވާނެ އުފާވެރި އީދަކަށް ހަދަމާތޯއެވެ!

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު

24 އޮކްޓޯބަރު 2017
ގަދަކަމުން ހޯދާ "ތާއީދު"ގެ ބޮޑު މަންޒަރު
20 އޮކްޓޯބަރު 2017

ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް

20 އޮކްޓޯބަރު 2017
ކެނެޑާގެ ބޮޑުވަޒީރަށް މުސްލިމުން ތާއީދުކުރާ ހަ ސަބަބެއް
03 އޮކްޓޯބަރު 2017

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް
26 އޯގަސްޓު 2017

ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު

26 އޯގަސްޓު 2017
ކޭ ކަޕް ފުޓްސަލް މުބާރާތަކީ ކުރަމަތި ރިސޯޓަށް އަންނަ އެންމެ ބޮޑު އީދު
19 އޯގަސްޓު 2017

މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ

19 އޯގަސްޓު 2017
މިނިސްޓަރ ސައީދުއާއި އަަވަހަށް މޯޅިވާ ފިނިފެންމާ
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
26 ޖޫން 2017

ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު

26 ޖޫން 2017
ދެ އީދު ދޭތެރެއިން އިދިކޮޅު މީހުން ގެންނަ ބޮޑު އީދު
24 ޖޫން 2017

މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!

24 ޖޫން 2017
މާލޭގެ ބަނދަރު ހުސްވެފައި، އީދު ބަންދަށް ގިނަ ބަޔަކު ރަށްރަށަށް!
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
17 ޖެނުއަރީ 2017

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް