Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 އިތުރުވުން

ކޮވިޑް އިތުރުވެ، ތުއްތު ތިން ކުއްޖަކަށް އެޑްމިޓްކޮށްގެން ފަރުވާދެނީ

15 އެޕްރީލު 2023 | ހޮނިހިރު 05:10

1 އަހަރުގެ ކުއްޖާއަށް ކޮވިޑްގެ ސަބަބުން ފިޓް ޖެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 15 އެޕްރީލު 2023 | ހޮނިހިރު 05:10
ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް

ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް

ކޮވިޑް-19ށް ޕޮޒިޓިވްވި ތުއްތު ތިން ކުއްޖަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް, އެހޮސްޕިޓަލްގެ ކުޑަކުދިންގެ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް ޖެހިގެން ފަރުވާ ދެމުންދާ ތިން ކުދިންގެ ތެރެއިން ދެ ކުދިންނަކީ 2 މަހުގެ ދެ ކުދިން ކަމަށާއި، ތިން ވަނަ ކުއްޖާއަކީ އެއް އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެއް އަހަރުގެ ކުއްޖާއަށް ކޮވިޑްގެ ސަބަބުން ފިޓް ޖެހިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19ގެ ވެކްސިންގެ ސަބަބުން ވަރަށް ބޮޑަށް ރައްކާތެރިކަން ލިބިފައިވާކަން ފާހަގަކުރައްވައި ޑރ. ފައިސަލް ވިދާޅުވީ، ކޮވިޑް-19ށް ޕޮޒިޓިވްވިނަމަވެސް ވެކްސިން ޖަހާފައި ހުރުމުން ބަލީގެ ހާލަތު ސީރިއަސް ނުވާކަމަށެވެ. ކުޑަކުދިންނަށް އިޝާރާތް ކުރައްވައި ޑރ. ފައިސަލް ވިދާޅުވީ ބައެއް ކުދިން ބައްޔަށް ޕޮޒިޓިވްވުމުން އިތުރު ބަލިތަކަށްވެސް ހުށަހެޅިގެންދާކަމަށާއި، ފިޓް ޖެހުމާއި، ނިއުމޯނިޔާފަދަ ބަލިތައް ޖެހިގެން އެޑްމިޓް ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން ޑރ. ފައިސަލް ވަނީ ކުޑަކުދިން ބަލިން ރައްކާތެރިކުރުމަށް ކޮވިޑް-19ގެ ވެކްސިން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތަކުގެ އަދަދު ވަރަށް ދަށްވިއެވެ. ނަމަވެސް މާޗް މަހުގެ ފަހުކޮޅުން ފެށިގެން މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި؛ އޭޕްރީލް މަހުގެ 2ން 8ށް މާލެ ސަރަހައްދުން 73 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އެ ހަފުތާތެރޭގައި މުޅި ރާއްޖެއިން މި ބައްޔަށް 84 މީހަކު ޕޮޒިޓިވްވި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 185،894 މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެތެރެއިން 311 މީހުން ވަނީ ބަލީގައި މަރުވެފައެވެ.

މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން އިތުރުވެފައިވާކަމަށްވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް