Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސް ރައްކާކޮށް ބެލެހެއްޓުން

"މަހުގެ ސްޓޯރޭޖް ރަނގަޅުކުރަން މި ސަރުކާރުން 50 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ފަށައިފި"

12 އެޕްރީލު 2023 | ބުދަ 08:45

މަސްވެރިކަމަށް އިންވެސްމެންޓްތައް ކުރުމަށް މަސައްކަތް ކުރި ސަރުކާރަކީ ހަމައެކަނި މި ސަރުކާރު ކަމަށް އީސަ ފާހަގަކުރެއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 12 އެޕްރީލު 2023 | ބުދަ 08:45
މެންބަރު އީސަ

މެންބަރު އީސަ

ފެލިވަރު ތަރައްޤީކޮށް، މަހުގެ ސްޓޯރޭޖް ރަނގަޅުކުރަން 50 ވަރަކަށް މިލިއަން ޑޮލަރު އިންވެސްޓް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އީސަ ވަނީ ބުދަ ދުވަހު މަޖިލީހުގައި ކުރީގެ ސަރުކާރުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އީސަ ވިދާޅުވީ ރާއްޖޭގައި އޮތީ މޫސުމީ މަސްވެރިކަމެއް ކަމަށާއި، މަސްވެރިކަން ރަނގަޅީ ވަކި ދުވަސްވަރެއްގައި ކަމަށެވެ. ރާއްޖޭގައި ޒަމާނީ ވަސީލަތްތަކާއެކު މަސް ޕްރޮސެސްކުރަން ފެށީއްސުރެ މިހާ ހިސާބަށް މަސް ޕްރޮސެސްކުރާ ވަސީލަތްތައް ތަރައްޤީކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތްކޮށްފައި ނުވާ ކަމަށް އީސަ ވިދާޅުވިއެވެ. އެގޮތުން ފެލިވަރު މަސް ފެކްޓްރީގައި ހުރި މެޝިނަރީތަކުގެ ސްޕެއަރ ޕާޓްސް އުފެއްދުން ހުއްޓާލިތާ 10-20 އަހަރު ވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވަސީލަތްތައް ތަރައްޤީކުރަން ބައި ރުފިޔާ އެއްވެސް ހޭދަކޮށްފައި ނުވާ ކަމަށް އީސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މަސްވެރިކަން ތަރައްޤީކުރުމުގެ ނަމުގައި ކުރީގެ ސަރުކާރުތަކުންކުރި ކަމަކީ ވެނުމަސް ވެނަށް ކާންދިނުން ކަމަށާއި އެކަން ހުއްޓާލީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ޓެކްސް ފައިސާ ވަކި ސިނާއަތަކަށް ސަބްސިޑީގެ ގޮތުގައި ދޫކޮށްލާ ކަމަށް ވެސް އީސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަސާސީ ޚިދުމަތްތައް ސަބްސިޑައިސްކުރުމަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ކޮށް އުޅޭ ކަމެއް ކަަމަށެވެ. އެހެންނަމަވެސް އިގްތިސާދީ ހަރަކާތްތަކަށް ސަބްސިޑައިސްކުރުމަކީ ދާއިމީ ގޮތުން ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ފެލިވަރު މަސް ފެކްޓްރީގައި 25 ޓަނުގެ މަސް ވެސް ދުވާލެއްގެ މައްޗަށް ޕްރޮސެސް ނުކުރެވޭ ކަމަށާއި 100 ޓަނުގެ މަސް ވެސް ރައްކާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ މަޝްރޫޢުތައް ނިމުމުން އެތައް ހާސް ޓަނުގެ މަސް ރައްކާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަސް ގަނެ ރައްކާކުރުމަށް ބޯޓުތައް ގަނެ، ކުރަން ޖެހޭ އިންވެސްމެންޓްތައް ކުރުމަށް މަސައްކަތް ކުރި ސަރުކާރަކީ ހަމައެކަނި މި ސަރުކާރު ކަމަށް އީސަ ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް