Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މަލްޑިނީ

"އަހަރެންގެ ކެރިއަރުގައި ފެނުނު އެންމެ މޮޅު ތިން ކުޅުންތެރިންނަކީ މެސީ، މަރަޑޯނާ އަދި ރޮނާލްޑޯ"

މަލްޑިނީ ބުނީ ފުޓުބޯޅަ ކުޅޭ މޮޅެތި އެހެން ކުޅުންތެރިން ވެސް ތިބޭނެ ކަމަށާއި، ނަމަވެސް އެ ތިން ކުޅުންތެރިންނާ އެއް ފެންވަރެއްގެ ކުޅުންތެރިޔަކު އޭނާ ނުދެކޭ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 އެޕްރީލު 2023 | އަންގާރަ 23:48
މަރަޑޯނާ، މެސީ އަދި ރޮނާލްޑޯ

މަރަޑޯނާ، މެސީ އަދި ރޮނާލްޑޯ

ކެރިއަރުގައި ފެނުނު އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޑިއޭގޯ މަރަޑޯނާ އަދި ބްރެޒިލްގެ ރޮނާލްޑޯ ކަމަށް އިޓަލީގެ ލެޖެންޑްރީ ޑިފެންޑަރު ޕައޮލޯ މަލްޑިނީ ބުނެފި އެވެ.

މަލްޑިނީ މިހެން ބުނީ އޭނާ ފިން އިންޓަވިޔުއެއްގަ އެވެ. އޭނާ ބުނީ ކެރިއަރުގައި ފެނުނު އެންމެ މޮޅު ތިން ކުޅުންތެރިންނަކީ އެއީ ކަމަށާއި އެ ކުޅުންތެރިންނަކީ އެކި ހުނަރުތައް ދައްކާފައިވާ ކުޅުންތެރިން ކަމަށް އަދި އަބަދު ވެސް އޭނާ އަށް އެންމެ ފާހަގަ ވަނީ އެ ތިން ކުޅުންތެރިން ކަމަށެވެ. މަލްޑިނީ ބުނީ ފުޓުބޯޅަ ކުޅޭ މޮޅެތި އެހެން ކުޅުންތެރިން ވެސް ތިބޭނެ ކަމަށެވެ. ނަމަވެސް އެ ތިން ކުޅުންތެރިންނާ އެއް ފެންވަރެއްގެ ކުޅުންތެރިޔަކު އޭނާ ނުދެކޭ ކަމަށެވެ. މީގެ އިތުރުން، ފުޓުބޯޅަ އަކީ އަމިއްލަ ކުޅިވަރަކަށް ވުރެ ބޮޑަށް، ޓީމު ކުޅިވަރެއް ކަމަށެވެ.

އުމުރުން 53 އަހަރުގެ މަލްޑިނީ ފުޓުބޯޅަ ކުޅުން ހުއްޓާލީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާރު އޭނާ އަދާކުރަމުން އަންނަނީ އިޓާލިއަން ލީގުގެ އޭސީ މިލާންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމެވެ. އޭސީ މިލާނަކީ މަލްޑިނީ އޭނާގެ ކެރިއަރު ފެށި އަދި ނިންމާލި ވެސް ކުލަބެވެ. އެ މަގާމަށް މަލްޑިނީ ހަމަޖެއްސީ 2019 ވަނަ އަހަރު އެވެ. ތިން އަހަރުގެ އެއްބަސްވުން ހަމަވީ މިދިޔަ އަހަރު އެވެ. އެއާއެކު މަލްޑިނީ ވަނީ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން ދެ އަހަރަށް އިތުރުކޮށްފަ އެވެ.

މަލްޑިނީ އޭސީ މިލާނުގެ ސީނިއާ ޓީމަށް ގުޅުނީ 1984 ވަނަ އަހަރު އެވެ. އޭގެ ފަހުން އެ ކުލަބުގައި ހޭދަކުރި 25 އަހަރުގެ ތެރޭގައި މަލްޑިނީ ވަނީ 902 މެޗު ކުޅެދީ، 33 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އޭސީ މިލާނާއެކު 23 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގު ހަތް ފަހަރު، އިޓާލިއަން ކަޕް އެއް ފަހަރު، އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ހަތަރު ފަހަރު، އިންޓަކޮންޓިނެންޓަލް ކަޕް ދެ ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަަހަރު ހިމެނެ އެވެ. މަލްޑިނީ ވަނީ 1988 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް އިޓަލީގެ ޤައުމީ ޓީމަށް 126 މެޗު ކުޅެދީ ހަތް ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ފީފާ ވޯލްޑް ކަޕްގެ ދެ ވަނަ އަދި ތިން ވަނަ ހޯދައިފަ އެވެ. މީގެ އިތުރުން ޔޫރޯ މުބާރާތެއްގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު