Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ބާޔާނާ ދެކޮޅަށް ސިޓީ، ގާޑިއޯލާ ބުނީ ކޮންމެހެން ވެސް މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށް

11 އެޕްރީލު 2023 | އަންގާރަ 07:09

އޭނާ ބުނީ ސިޓީން ކުރާނީ މަސައްކަތް ކަމަށާއި، ބަޔާން ކަހަލަ ވަރުގަދަ ލީގެއްގެ ޓީމަކާ ދެކޮޅަށް ކުޅުމަކީ ވެސް ލިބޭ ޝަރަފެއް ކަމަށާއި، ސިޓީން އޮތީ އެ މެޗަށް އުފަލާއެކު ތައްޔާރަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 އެޕްރީލު 2023 | އަންގާރަ 07:09
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބަޔާން މިއުނިކާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، ކޮންމެހެން ވެސް އެ މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ކުޅުން އޮތީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ. އެ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ، ހަ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ނުކުންނައިރު، ސިޓީއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައި ނުވުމަކީ އޭނާގެ ފެއިލްވުމެކޭ ވެސް ބުނެވިދާނެ ކަމަށެވެ. ނަމަވެސް ކޮންމެހެން ވެސް އެ މުބާރާތް ސިޓީއާއެކު ކާމިޔާބު ކުރަން ބޭނުންވާ ކަމަށެވެ. އޭނާ ބުނީ ސިޓީން ކުރާނީ މަސައްކަތް ކަމަށާއި، ބަޔާން ކަހަލަ ވަރުގަދަ ލީގެއްގެ ޓީމަކާ ދެކޮޅަށް ކުޅުމަކީ ވެސް ލިބޭ ޝަރަފެއް ކަމަށާއި، ސިޓީން އޮތީ އެ މެޗަށް އުފަލާއެކު ތައްޔާރަށް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޔަގީންކަމާއެކު މުބާރާތް ހައްގޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށާއި، ނަމަވެސް ރަނގަޅު ދެ މެޗު ކުޅެގެން ކުރިއަށް ދެވޭނެ ކަމަށެވެ. އެހެންކަމުން އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗަކީ އެކަމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އޭނާ ބުނީ މިދިޔަ ސީޒަންގައި ވެސް، އޭގެ ކުރިން ދެ ސީޒަންގައި ވެސް ތިން ސީޒަން ކުރިން ވެސް ސިޓީން މަސައްކަތް ކުރީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ކަމަށެވެ. ނަމަވެސް މުބާރާތް ކާމިޔާބު ކުރަން ބޭނުންވާ އެހެން ޓީމުތަކެއް ވެސް އޮތް ކަމަށާއި، އެ ޓީމުތަކުން ވެސް ކުޅެނީ ވަރަށް މޮޅު ކުޅުމެއް ކަމަށެވެ. ގާޑިއޯލާ ބުނީ އެހެން މީހުންގެ އަމިއްލަ ދިރިއުޅުމުގައި ހުރި އުންމީދުތަކެއް ނޭންގޭނެ ކަމަށެވެ. ނަމަވެސް ކޮންމެ މީހަކު ވެސް ހުރިހާ ގޮތަކުން ކާމިޔާބު އަދި ފުރިހަމަ މީހަކަށްވުމަށް އުންމީދު ކުރާނެ ކަމަށެވެ. ގާޑިއޯލާ ބުނީ ސިޓީއާއެކު ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ކަމަށާއި، ޗެމްޕިއަންސް ލީގު މެޗަށްފަހު ކުރިމަތީ އޮތީ އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗު ކަމަށެވެ. އެހެންކަމުން ކުރިން ވެސް މަސައްކަތް ކުރި ފަދައިން މިފަހަރު ވެސް މަސައްކަތް ކުރާނެކަން ފާހަގަކޮށް ގާޑިއޯލާ ބުނީ، އެއީ އަދި ސިޓީ އަށް ކާމިޔާބުވާނެ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ މެޗުގައި ކުޅޭ ދެ ޓީމަކީ ވެސް ވަރަށް ވާދަވެރި ދެ ޓީމު ކަމަށެވެ. އަދި އައު ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާނުން ކުޅުނު ދެ ތިން މެޗެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް ކުއާޓާ މެޗުގައި ޓުޗެލް އައު ގޮތްތަކެއް ރާވާފާނެ ކަމަށާއި ބާޔާންގެ ކޯޗުކަމުގައި ކުރިން ހުރި ހޫލިއަން ނާގަލްސްމަން އާއި މިހާރުގެ ކޯޗު ޓުޗެލް އަކީ ވެސް ވަރަށް ކްރިއޭޓިވް ދެ މީހުން ކަމަށެވެ. އޭނާ ބުނީ ނާގަލްސްމަންއާ މެދު ކަންތައްވީ ގޮތުން ކަންތައް ބޮޑުވި ކަމަށާއި، ނަމަވެސް އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށެވެ. ސަބަބަކީ އޭނާގެ ފޯކަސް ސިޓީއާއެކު އޮތުން ކަމަށް ގާޑިއޯލާ ބުންޏެވެ.

ކުއާޓާ ފައިނަލްގައި ސިޓީން ބަޔާނާ ދެކޮޅަށް ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

އެންމެ ހިނގާ

1

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

2

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

3

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

4

ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކާއެކު އާންމުންގެ ނުރުހުން ދެގުނަ އަށް، ސަރުކާރުގެ ޖަވާބެއް ނެތް!

5

ވޮޝިންގޓަނަށް އީރާނުގެ ފަހުގެ އިންޒާރު، އެމެރިކާގެ މަނަވަރުތައް ތައްޔާރީ ހާލަތުގައި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް